ލައިފްސްޓައިލް / މައިންގެ ސިއްހަތު

ބަނޑަށް ދެ މަހުގައި ކުއްޖާގެ ބައްޕަ ދެނެގަނެވިދާނެ

އަލްފާ ލެބް: ބައްޕައަކީ ކާކުކަން ޔަގީންކުރެވޭ ޓެސްޓް ވަރަށް ކުޑަ ދުވަސްކޮޅެއް ތެރޭގައި ވަރަށް އަގުހެޔޮކޮށް ކުރެވޭނެ ކަމަށް މި ލެބޯޓްރީން ބުނޭ

މި ޓެސްޓް ހަދާތަން ފުރަތަމަ ފެންނަން ފެށީ ޓީވީ ޝޯއެއް ކަމަށްވާ ޖެރެމީ ކައިލީންނެވެ. އެ ޝޯއިން މަޝްހޫރުވެގެން ދިޔަ ޑީއެންއޭ ލެބުން، ކުއްޖާ އުފަން ވުމުގެ ކުރިން އެ ކުއްޖާގެ ބައްޕައަކީ ކާކުތޯ ދެނެގަންނަ ޓެސްޓް ހަދާތަން ފެނެ އެވެ.

މި ޝޯގައި ދައްކަނީ ޝީޝެއާގެ ވޮރިންޓަންގައި ހުންނަ އަލްފާބައޯލެބްސް އެވެ. މަކަރު ހަދާ ބައިވެރިން ދެނެގަންނަ މި ޓީވީ ޝޯގައި މިފަދަ ޑީއެންއޭ ޓެސްޓްތައް ހަދައިދީގެން އެމީހުންގެ މަކަރު ފަޅާ އަރުވާލުމުގައި އެހީތެރިވެދޭތަން ދައްކަ އެވެ.

މިއީ މި ލެބޯޓްރީން ވަރަށް ފަހުން އީޖާދުކުރި ޓެސްޓެކެވެ. ބަލިވެ އިންނަތާ އެންމެ ދެ މަހުގެ ތެރޭގައި ހަދާ މި ޓެސްޓުން ކުއްޖާގެ ބައްޕައަކީ ކާކު ކަމާއި ޖިންސު ވެސް ދެނެގަނެވޭނެ ކަމަށްވެ އެވެ.

ބަނޑުގައި ގަރުބަގަންނަމުންދާ ކުއްޖާގެ އަސްލު ބައްޕައަކީ އަންހެންމީހާގެ ފިރިމީހާ ނުވަތަ އޭނާ އެ ބުނާ މީހާކަން ސައިންސްވެރިން ޔަގީންކޮށްދޭނީ ފިރިހެން މީހާގެ އަނގައިން ނަގާ ސްވޯބް ސާމްޕަލްއަކާއި އަންހެންމީހާގެ ވަރަށް އާދައިގެ ލޭގެ ޓެސްޓަކުންނެވެ.

މި ޓެސްޓު ކުރެވޭނީ ބަލިވެ އިންނަތާ އަށް ހަފުތާ ފަހުންނެވެ. ދަރިފަނީގެ ޑީއެންއޭ މައިމީހާގެ ލޭގައި ހުންނަން ފަށާނީ މިހާ ދުވަހުން ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.

އެމެރިކާގައި ވެސް މި ޓެސްޓް މިހާރު ބައެއް ލެބޯޓްރީތަކުން 900 ޑޮލަރަށް ހަދަ އެވެ. ނަމަވެސް މިކަން އަދި އެހާ ރަނގަޅަށް ނުކުރެވޭ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ.

ނަމަވެސް އަލްފާބައޮލެބްސް އިން، ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އެކަށީގެންވާ ގޮތެއްގައި ދޭން ފަށާނެކަމަށް ވަނީ ބުނެފަ އެވެ.

މިހާރު ޕްރިނެޓަލް ޓެސްޓެއް އިނގިރޭސި ވިލާތުގައި ހަދައިދެނީ 1،170 ޕައުންޑަށެވެ. ނަމަވެސް ލެބޯޓްރީތަކުގައި މި ޓެސްޓް އާއްމުކޮށް ކުރެވެން ފެށުމުން 300 ޕައުންޑަށް އަގު ތިރިވެގެން ދާނެ ކަމަށްވެ އެވެ.

އަލްފާބައޮލެބްސް އަކީ މުޅި ޔޫރަޕްގައި ވެސް ހުރި، ޑީއެންއޭ ޓެސްޓްކުރާ މިނިވަން ހަމައެކަނި ލެބޯޓްރީ އެވެ. ލަންޑަން، ބާމިންހަމް، މެންޗެސްޓާ އަދި ލިވަޕޫލްގައި މި ލެބޯޓްރީގެ ސެންޓަރުތައް ހުރެ އެވެ. ޓެސްޓް ހަދާ ދުވަސް ނޫން އަނެއް ދުވަހު ނަތީޖާ ލިބޭ މި ލެބޯޓްރީގެ ނަތީޖާ އެ ގައުމުގެ މިނިސްޓްރީ އޮފް ޖަސްޓިސް، ފެމެލީ ލޯ ކޯޓްތައް އަދި ޗައިލްޑް ސަޕޯޓް އެޖެންސީން ވެސް ގަބޫލު ކުރެ އެވެ.

އިނގިރޭސި ވިލާތުގައި މީގެ ކުރިން ވެސް ބައެއް މީހުން ދަރިންގެ ބައްޕަ ޔަގީންކުރަން ކުރަން، އުފަން ވުމުގެ ކުރިން ޓެސްޓް ހަދަ އެވެ. މިފަދަ ޓެސްޓްތައް އޭރު ހަދަނީ ރަހިމަށް ކައްޓެއް ހަރައިގެން ސާމްޕަލް ނަގައިގެންނެވެ. ނަމަވެސް މިގޮތަށް ކަށިހެރުމުން ބައިގެން ދިއުމުގެ ފުރުސަތު ދެ ޕަސެންޓަށް އޮވެ އެވެ.

ޑައުންސްސިންޑްރޯމް ކަހަލަ ޖެނެޓިކް ބަލިތައް ހުރިތޯ ދެނެގަންނަން ކުރާ ޓެސްޓަކީ ވެސް މިކަހަލަ ގޮތަކަށް ކުރާ ޓެސްޓެކެވެ. އަދި މި ޓެސްޓުން ވެސް ކުއްޖާގެ ޖިންސު ދެނެގަނެވޭ ކަމަށް އެ ލެބޯޓްރީން ބުނެފައިވެ އެވެ.

ނަމަވެސް ސައިންސްވެރިން ބުނަނީ މިއާ ޓެސްޓަކީ މުޅީން 100 ޕަސެންޓް ޔަގީން އެއްޗެއް ނޫންކަމަށާއި ޓެސްޓުގެ ޔަގީންކަން ދެވޭނީ 95 ޕަސެންޓް ވަރުކަމަށެވެ. އެހެންކަމުން އެ ލެބޯޓްރީން އިރުޝާދު ދެނީ ކުއްޖާގެ ބައްޕަ ޔަގީންކުރުން ކޮންމެހެން މުހިއްމުވާ ނަމަ ވިހެއުމަށްފަހު އަލުން ޓެސްޓް ހެދުމަށެވެ.

އަދި 100 ޕަސެންޓް ޔަގީންކަން ދެވޭ ވަރުގެ ޓެސްޓެއް ވަރަށް އަވަހަށް އީޖާދު ކުރެވިދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ލެބޯޓްރީން ބުނެ އެވެ.

1 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 22%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚިޔާލް123

25 June 2016

މިޖެހެނީ އަނެއްކާ އަނެއްކަންތަށް، މިހާރުވެސް ބަލިވެ އިނުމުން ހަދައި ޓެސްޓްތަށް މަދީކީ ނޫނެވެ، އަދި މިފަދަ ކޮންމެ ޓެކްނޮލޮޖީ ކުރިއެރުމަކީ މަދުބަޔަކު ކޮންމެހެންވެސް ހޯދައިގަންނާނެ ކަންކަމެވެ. އެގޮތުން އާޚިރުގައި ގޮސްނިމޭނީ އެންމެ ނިކަމެތިމީހައިއަށް އައްވެސް މަޖްބޫރު ކުރުވައި ހިސާބުންނެވެ. ބަލަން ތިބެމައިބަހީ ދާދި އަވަހަށް ވިހެއުމުގެ ކުރިން ބައްޕައާއި ކާފައާއި މާމަ އަދި ނުވިތާކަށް މަންމަވެސް ވިހެއުމުގެ ކުރިން ހޯދައި ރަޖިސްޓްރީކުރާ ހިސައިބަށް ދާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454