ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ހިންގާ ޔޫތު ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޝަނެއް ނަގައިދެނީ: ފޮޓޯ: ޔޫއެންޑީޕީ
15 ޖުލައި 2017 - 18:25
ޔޫއެންޑީޕީގެ ފުރަތަމަ ރީޖަނަލް ޔޫތު ލީޑާޝިޕް ޕްރޮގްރާމް ދިރާގާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ބާއްވައިފި އެވެ.
އދ. ގެ ތަރައްގީގެ ޕްރޮގްރާމްތައް ހިންގާ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކުޅުދުއްފުށީގައި މިދިޔަ އާދީއްތަދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމްގައި ހދ. އަތޮޅުން 13 މީހަކު ބައިވެރިވި ކަމަށެވެ.
ޔޫއެންޑީޕީން ބުނީ ކުރިން ޑިމޮކްރަސީ ހައުސްއާ ގުޅިގެން އެ ޕްރޮގްރާމް ހިންގީ އަހަރަކު އެއް ފަހަރު ކަމަށެވެ. އަދި ޕްރޮގްރާމްގައި ރާއްޖޭގެ ފަރާތުން ޔޫތު ލީޑަރުންގެ ގޮތުގައި ތަމްރީނުވި ވަރަށް ގިނަ ބަޔަކު ބައިވެރިވި ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.
ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ހިންގާ ޔޫތު ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ބައިވެރިންނަށް ސެޝަނެއް ނަގައިދެނީ: ފޮޓޯ: ޔޫއެންޑީޕީ
ޔޫއެންޑީޕީން ބުނިގޮތުގައި މިފަހަރުގެ ޕްރޮގްރާމް ހާއްސަކުރީ ރަށްރަށުގައި މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އިސްނަގައިގެން ބައިވެރިވުމުގެ މުހިންމު ކަމުގެ މައްޗަށެވެ. އެ ޕްރޮގްރާމްގައި ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ އިތުރުން އަމަލީ ގޮތުން ބައެއް ހަރަކާތްތަކުގައި އެ މީހުން ބައިވެރިކުރި އެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ބައެއް ކަންތައްތައް ކުރިޔަށްގެންދާނެ ގޮތް ދަސްކޮށްދިނުމުގެ ހަރަކާތެއް ދިރާގުން ކުރިޔަށް ގެންދިޔަ އެ ޖަމާއަތުން ބުންޏެވެ.
ޔޫއެންޑީޕީން ބުނީ ޔޫތު ލީޑާޝިޕް ޕްރޮގްރާމް ފެއްޓުމުގެ ބޭނުމަކީ ސަރުކާރުގެ އިދާރީ ހިންގުމުގެ ތެރޭގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
"މިހާރު"ގެ ފަހުރުވެރި ކިޔުންތެރިޔާ/ހދ.ކުޅުދުއްފުށި/ހާލުފޮޅި
15 July 2017
އަތޮޅު އެކިރަށުންވެސް ތޭރަ ކުދިން. މީ ޒުވާނުން ގިނަ ރަށެއް. މިވަރުން ނުވާނެ ދޯ. މިކަހަލަ ވޯކުޝޮޕުތަކުގައިވެސް މަދު ޒުވާނުން މި ބައިވެރި ކުރުވަނީ. ޒުވާނުން ކަމެއް ނެތިފަ ތިބެން ޖެހޭތީ ހިތާމަ ކުރަން. ވަޒީފާއެއް ނެތްތާގަ ރަގަޅު ކަމެއް ކުރުމުގެ ވިސްނުން ތަރައްގީވެ ގޮތް ދަސްވާ މިކަހަލަ ކަންކަމުގައި އަބާދީގެ ގިނަ ޒުވާނުން ބައިވެރި ކުރަން ޖެހޭ. ޣިނަ ޒުވާނުނަށް ފަސޭހައިން މިކަހަލަ ކަންކަން ކުރުމުގެ ޝައުގު އުފެދޭ ގޮތަށް ކަންކަން ކުރަނއ ޖެހޭ. ވޯކުޝޮޕަކުން އެކަނި ނުވާނެ.
ކުކުޅު ފޮޅި
15 July 2017
ބައިވެރިވާން ހުޅުވާލާފަ އޮތް. ބައިވެރި ވީމަތާަ ވާނީ.!