ގްރީން ސްޓްރީޓްސް އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ޖުލައި 2017 - 17:03
އެސްޓީއޯ މާލޭ ލީގުގައި ވާދަކުރާ ކްލަބް ގްރީން ސްޓްރީޓްސްގެ އޮފިޝަލަކު ސަސްޕެންޑްކޮށް ކުޅިވަރުގެ ރޫހާ އެއްގޮތަށް އަމަލުކުރުމަށް އަންގައި އެފްއޭއެމުން އެ ޓީމަށް އިންޒާރުދީފި އެވެ.
އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މިއަދު ނިންމާފައިވަނީ މި މަހު ހަތަރު ވަނަ ދުވަހު ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް ކުޅުނު މެޗަށް ފަހު އެ ޓީމުގެ އޮފިޝަލް މުހައްމަދު މީކާއީލް ނައުފަލް ދަނޑަށް އަރައި ރެފްރީ އަށް މަރުގެ އިންޒާރު ދިނުމުގެ އިތުރުން ބޯޅައިން ރެފްރީގެ ހައްޓަށް ހަމަލާދީފައިވާތީ އޭނާ ޖުމްލަ ހަ މެޗަށް ސަސްޕެންޑްކުރުމުގެ އިތުރުން 6000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށެވެ.
ވިކްޓަރީ މެޗު ނިމުމުން ގްރީން ސްޓްރީޓްސްގެ އޮފިޝަލް އިބްރާހިމް އާޒިމް ވެސް ރެފްރީންނަށް ބަހުގެ ހަމަލާ ދީފައިވާތީ އޭނާ އަށް އިންޒާރު ދިނުމަށް ޑިސިޕްލިނަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.
މީގެ އިތުރުން ގްރީން ސްޓްރީޓްސްގެ ސަޕޯޓަރުން ވިކްޓަރީގެ ކޯޗު އަލީ ސުޒޭނަށް ބަހުގެ ހަމަލާދީފައިވާތީ އެ ކްލަބަށް އެފްއޭއެމުން ވަނީ އެ ފަދަ ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތައް ތަކުރާރު ނުކުރުމަށް ބުނެ އިންޒާރުދީފަ އެވެ.
މިއީ މި ފަހަރުގެ ސީޒަނުގައި އެފްއޭއެމުން އަދަބު ދިން ހަތަރު ވަަނަ ކްލަބެވެ. މީގެ ކުރިން ވަނީ ނިއު ރޭޑިއަންޓާއި އީގަލްސް އަދި މާޒިޔާ އަށް ވެސް އަދަބު ދީފަ އެވެ. އެގޮތުން ނިއުގެ ހަތަރު ކުޅުންތެރިންނަށް އަދަބު ދިންއިރު، އީގަލްސްގެ އޮފިޝަލަކާއި ކުޅުންތެރިއަކަށް އަދަބު ދިނެވެ. އަދި މާޒިޔާގެ ދެ އެސިސްޓަންޓް ކޯޗުންގެ އިތުރުން ކްލަބްގެ ވައިސް ޗެއާމަނަށް ވެސް ވަނީ ބޮޑު އަދަބެއް ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢީސްލާހު
18 July 2017
ދަނޑުގައި ހިނގާ ކޮންމެކަމަކީ އެޕްއޭ އަށް ހުށަހަޅަން ޖެހޭ ކަންކަމެއްނޫނެވެ. ބޯދާޚިޔާލު ދޫކޮއްލާށެވެ. ދުނިޔޭ ގެ އެހެންހިސާބުތަކުގައި ވެސް ސަޕޯޓަރުން ގެ އަމަލުތަކަށް ހަރުކަށިފިޔަވަޅު ކްލަބްތަކަށް އަޅަނީ ބަޔަކު މައްސަލަ ހުށަހަޅައިގެނެއް ނޫނެވެ،
އިސްލާހުކުރުމަށްއެދޭނަމަ
17 July 2017
އެމީހުން އަވުގުރާނަ ގޮވާއޭ ބުނަނީ. އަޅެ ވީޑިޔޯ ކޮއްފަ އާންމު މީހުން ވެއްޖެއެންނު އެ އެއްޗެއް އެފް.އޭ.އެމް އަށް ހުށަހަޅަން. އޭރުން ތި އަވުގުރާނަވެސް ހުއްޓީދާނެ ކަމަށްފެނޭ.
ދާދު
17 July 2017
ވަރަށް ރަގަޅު ފިލާވަޅެއް. ސުކުރިއްޔާ އެފްއޭއެމް
ައަލީ
17 July 2017
ސިނާން އާއި ޓީމްގެ އޮފިޝަލުން އަތުގަ ލާރި އޮތީމަ ޓީމެއް ހެދީމަވީ... އަހްލާޤް ކަންފުޅެއް ނެތަސް
Abbas Umar Fulhu
17 July 2017
ވާންޗޯ މީ ޝިނާން ހެދި ޓީމެއް ނޫން
އިސްލާހު
17 July 2017
ގްރީން ގެ ސަޕޯޓަރުންނޭ ކިޔާބަޔަކު ދަނޑުގައި ގޮވާ އަވަގުރާނަ އާހެދި ދަނޑަށް ވަދެވޭ ވަރެއް ނޫނެވެ. އެކަމާވެސް ފިޔަވަޅު އަޅަން ޖެހޭނެއެވެ.
ާޔާޙު
17 July 2017
ތެދު ވަާހަކަ
Abbas Umar Fulhu
17 July 2017
ވަރަށް ދަޑަށް ދާމީހެއްތީ