ސުއޫދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ؛ ހުސެން ވަހީދު/ މިހާރު
20 ޖުލައި 2017 - 16:40
ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައިދިނުމަށް ނާޒިމްގެ ވަކީލުން ވެސް ކަމާ ބެހޭ ފަރާތްތަކުގައި އެދެން ނިންމައިފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމްގެ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ އެންމެ ފުރަތަމަ ދިން ބަޔާނުގައި ވެސް އެކަން ކުރި ކަމަށް ބެލެވެނީ އަދީބު ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާތަނަށް އައި އިރު، އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ އަދީބަށް ކަމަށް ވެފައި ކަން ހިނގައި ދިޔަ ގޮތް އޭނާ އަށް އެނގޭ ކަމަށް ވިދާޅުވާތީ މި މައްސަލަ އަލުން ބެލުމަށް ސުޕްރީމު ކޯޓާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް ހުށަހަޅާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
އަދީބު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއާ ގުޅިގެން އެ މައްސަލަ އަލުން ބަލައިދިނުމަށް ނާޒިމްގެ އާއިލާ އިން ވެސް ވަނީ އެ އިދާރާތަކުގައި އެދިފަ އެވެ. އެކަމަކު މިހާތަނަށް އަދި އޭގެ ޖަވާބެއް ނުލިބެ އެވެ.
ފިސްތޯލަ ފެނުނު މައްސަލައިގައި ނާޒިމް 11 އަހަރަށް ޖަލަށްލައި، ހުކުމް ތަންފީޒު ކުރަމުން އަންނަ އިރު، އަދީބު މިދިޔަ މަހު ސުޕްރީމް ކޯޓަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ފިސްތޯލައާ ނާޒިމާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭގެ ހަގީގަތް އޭނާ އަށް ރަނގަޅަށް އެނގޭ ކަމަށެވެ.
ސުއޫދު ވިދާޅުވީ ފިސްތޯލައިގެ ހަގީގަތް އެނގޭ ކަމަށް ވިދާޅުވެ އަދީބު ސިޓީ ފޮނުއްވީ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށް ކަމަށް ނުދެންނެވޭނެ ކަމަށާއި ނާޒިމް ހައްޔަރު ކުރި ހިސާބުން، އެ މައްސަލަ އަދީބާ ގުޅިއްޖެ ކަމަށެވެ. އަދި އެކަމުގެ ތަފްސީލު ލީގަލް ޓީމުން ދަށު ކޯޓަށް ވެސް ހުށަހަޅައި، ހެއްކެއްގެ ގޮތުގައި އެ މަނިކުފާނު ކޯޓަށް ހާޒިރުކޮށްދިނުމަށް އޭރު ވެސް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ފަހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިނާފުކޮށް، މައްސަލަ ބަލަމުން ދަނިކޮށް، އެމްއެންޑީއެފުން ކޯޓަށް ފޮނުވި ސިއްރު ބަޔާނެއްގައި ވެސް ބުނެފައިވޭ އެއީ އަދީބާ ގުޅޭ ހަތިޔާރެއް ކަމަށް. އެހާ ހިސާބުން ވެސް އަދީބު ކޯޓަށް ހާޒިރު ކޮށްދިނުމަށް ގާނޫނީ ޓީމުން ވާނީ އެދިފައި" ސުއޫދު ވިދާޅުވި އެވެ.
އެކަމަކު އެ ދެ ފަހަރު ވެސް ކޯޓުން އަންގާފައިވަނީ ކޯޓަށް އަދީބު ހާޒިރު ނުކުރެވޭނެ ކަމަށެވެ.
މި މައްސަލަ ސުޕްރީމު ކޯޓުގައި އިސްތިއުނާފް ކުރި ފަހުން، ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުނު ކަމަށް ފުލުހުން ވެސް ބުނެފައި ވެ އެވެ.
"އެހެންވެ މި މައްސަލައާ އަދީބާ އޮތް ގުޅުން މި ފާހަގަ ކުރެވުނީ އަލަކަށް ނޫން. އެކަން އެންމެ ކުރިއްސުރެ ވެސް އެކަން ލީގަލް ޓީމަށް އެނގޭ،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފަދަ ތުހުމަތުތަކެއް އަދީބުގެ މައްޗަށް ކުރަނިކޮށް، އެކަން ހިނގައިދިޔަ ގޮތް އެ މަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށް އަދީބު ވިދާޅުވުމުން އެ މައްސަލަ ފުލުހުންނާއި ޕީޖީން ވެސް ބަލަން ޖެހޭނެ ކަމަށެވެ.
ސުއޫދު ވިދާޅުވީ މި މައްސަލަ އެނގި ތިބެ، އެކަން ނުބެލުމަކީ އަދުލު އިންސާފަށް ހުރަސް އެޅުމާއި މީހެއްގެ އިންސާނީ ކަރާމާތަށް އަރައިގަނެ، ހައްގުތަކުން މަހުރޫމު ކުރުވުން ކަމަށެވެ. އެހެންވެ، އާ ގާނޫނުލްއުގޫބާތުގެ ދަށުން ފުލުހުންނާއި ޕީޖީގެ މައްޗަށް މިކަމުގައި ދައުވާ ކުރެވޭނެ ކަމަށާއި މައްސަލަ ނުބަލައިފި ނަމަ ދައުވާ ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅި
21 July 2017
އަވަހައްވައްދާ
ސޯންޕޯލް
20 July 2017
އޭ ތިކަން އޮތީ ނިމިފައި! ތިކަމެއް ހިޔެއްނުވޭވާނެހެނެއް. މަށަށް ފެންނަނީ ޤާނޫނު ހުސްނުއް ސުއޫދު ބޭނުން ގޮތަކަށް ބަދަލުކޮށްލަން ދެއްތޯ
މިޝީ
20 July 2017
ތިހުރިހާ އިޖްރާތައްހަމަކުރަންވާނެ. ބަލިވާނެ.ބަލިވާނެ.ޖެހޭނީ ދޫކުރަން
ހީހީ ހަލާކު:
20 July 2017
ނާޒިމްގެ ކޮޓަރިއަށް ފިސްތޯލަ ވައްދަން ބުނި މީހާއާ މައްސަލަ ތަހުގީގުކުރަން ބުނި މީހާއާ ނާޒިމަށް 11 އަހަރުގެ ޖަލު ހުކުމެއްކުރަން ބުނިމީހާއާ މިއީ އެކަކު. އެހެންވީމަ ނާޒިމްގެ ކުށެއްނެތްކަން އިރުގެ އަލިކަން ފަދައިން އެނގެން އޮތަސް އެއްކަލަ މީހާ ހުއްޓާ ނާޒިމް މިނިވަން ނުކުރާނެ. އަދީބު ޖަލުން ނިކުމެގެން ގޮސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ކުރިމަތީގަ ފިސްތޯލައަކީ ތިމަންނަ ވެއްދި އެއްޗެކޭ ބުންޏަސް ނާޒިމް މިނިވަނެއް ނުކުރާނެ. މިއީ ލައްކަ ވާހަކަ.
ސަހަރޯ
21 July 2017
އެއީ ގަޓްބެ
އަބްދުއްލާ
20 July 2017
މި ވަކީލުންގެ ސިކުނޑި ރަނގަޅުތޯ ޗެކްކުރެވޭ ކަހަލަ ހޮސްޕިޓަލަކަށް ފޮނުވަންވެއްޖެ ހެން ހީވަނި ، އަދީބުގެ އެއްޗެއްކަމުގައިވާނަމަ އަދީބު ވެއްދި އެއްޗެއްކަމުގައިވާނަމަ ބަލަނަވީއަކީ ނާޒިމްގެ މައްސަލައެއް ނޫންދޯ . އަދީބުގެ މައްޗަށްސާބިތު ވުމުން ނާޒިމް މިނިވަންވާނެދޯ. ކޮޓަރީގަ އޭތި އޮތުމުގެ ޒިންމާނަގާނެ މީހަކު ނުވަނީން ނާޒިމް ކިބައިން ޒިންމާ ނުކެނޑޭނެކަން ނޭގުން ހާދަ ދެރަދޯ.
ޖަލީލު
20 July 2017
ތިކަހަލަ ވިސްނޭ މީހުން މި ޤައުމުގަ ގިނަކަމުން މިޤައުމު މިހާ ހިސާބައް މި ދިޔައީ.
އަބްދުއްލާ 69
20 July 2017
ހިޔެއްނުވޭ ރަނގަޅުހެނެއް! ދެން ފެންނާނީ ގެއްލިގެން ރޭޑިއޯތަކުން ގޮވާއަޑު
ސަރުކާނު
20 July 2017
ވަރިހަމް ދުވަހަކު ނުބެލިޔަސް.