25 ޖުލައި 2017 - 10:03
އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓާފައިވާ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އޭނާގެ ކުރީގެ ކްލަބް ނިއު ރޭޑިއަންޓަށް ބަދަލުވެއްޖެ އެވެ.
ރިލޭ އަކީ މިހާރު ހުޅުވިފައިވާ ޓްރާންސްފާ މުއްދަތުގެ ތެރޭގައި ނިއުއާ ގުޅުނު ފަސް ވަނަ ކުޅުންތެރިއާ އެވެ. އަނެއް ހަތަރު ކުޅުންތެރިންނަކީ އަލީ އަޝްފާގް (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ އަދި ލުބްނާން ޑިފެންޑަރު ހުސެއިން އެލް ޑޯ އެވެ. މީގެ ތެރެއިން އޮއްޕޮ އާއި ކަންޑޭލާ ވަނީ މާލޭ ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެފަ އެވެ.
އެނގިފައިވާ ގޮތުގައި އިތުރު ކުޅުންތެރިއަކު ނިއުއާ އަދި ގުޅޭނެ އެވެ.
މާލޭ ލީގު ކޮލިފިކޭޝަން ކެންސަލްވެފައިވާތީ އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން ވިކްޓަރީ އަށް ވަނީ ޖާގަ ކަށަވަރުވެފަ އެވެ. އެއާ އެކު އެ ޓީމުގެ ކެޕްޓަން އިސްމާއިލް އީސާ އާއި ކްރޮއޭޝިއާ ފޯވާޑް ކެރިޗް އަންދްރޭ އަދި ސީރިއާ ގޯލްކީޕަރު މަހްމޫދު އަލް ޔޫސުފް ވަނީ މާޒިޔާ އަށް ބަދަލުވެފަ އެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފެށި ރިލޭ ވަނީ ނިއު އާއި ވިކްޓަރީގެ އިތުރުން މާޒިޔާ އަށް ވެސް ކުޅެފަ އެވެ. އޭނާ މިދިޔަ އަހަރުގެ ޖުލައި މަހު ވިކްޓަރީ އަށް ބަދަލުވީ ވެސް ނިއު އިންނެވެ.
ފަޅިން ޑިފެންސަށް ކުޅެން ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ކުޅުންތެރިއާ އަކީ 2012 ވަނަ އަހަރުގެ މަހިންދަ ރާޖަޕަކްސްތަ މުބާރާތް ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުން ނެގިއިރު ކެޕްޓަނެވެ. ސީނިއާ ގައުމީ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރި ނަމަވެސް ފަހަކަށް އައިސް ގައުމީ ޓީމުން ޖާގަ ނުލިބޭ ސަބަބެއް ވަނީ ނޭގުމެއްގެ ތެރޭގަ އެވެ.
މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ އާއި ގްރީންސްޓްރީޓްސް އާއި ނިއު އަދި ޓީސީ ސްޕޯޓްސް ކްލަބުން މި ވަގުތު އަންނަނީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގަށް ތައްޔާރުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވީއަރ ބުލޫސް
25 July 2017
ސަފޯޓަރުންގެ ފުރިހަމަ އެއްބާރުލުން ރިލޭއަށް އަބަދުވެސް ލިބޭނެ. ރިލޭ ނިއު ހިޔާރުކުރީ ކޮންމެންވެސް ވަރެއްގެ ލޯތްބެއް އޮތީމަތާ. އެހެންޓީމް ތަކުންވެސް އޮފާލިބިފަ އޮންވަ..
އާރިފް
25 July 2017
ރިލޭއަކީ ޓީމް ލޯބީގަ ކުޅޭ ކުޅުންތެރިއެއްކަން ފާހަގަ ކުރެވޭ. މަސައްކަތު ރޭޓް ރަގަޅުވާނެ. ރިލޭގެ ޑިސިފްލިން ކުރިޔަން އޮތްތާ ރަގަޅު ވާނެ ކަމަށް އުއްމީދުކޮށް ރިލޭއަށް ސަފޯޓްދީ. ނިއުއަށް ބޭނުންވަނި ރިލޭމެންކަހަލަ ކުޅުންތެރިން. ރިލޭއަކީ މޮޅު ކުޅުންތެރިއެއް މިކަމަންދެބަސް ވެވޭކަންނެތް..
ނިއު ސަޕޯޓާސް ޔޫނިއަން
25 July 2017
ބަކާ ވެސް ކުޅޭނީ ނިއު އައް އެއީ މި ޓްރާންސްފާ ގަ ގެންނަ ފަހު ކުޅުން ތެރިޔާ މީ ވަރަންޔަގީން ކަމެއް ސުކުރިންޔާ ޒިޔާދުސޯ !!
ޒަހީން
25 July 2017
އަހަރުމެން ތިޔަ ރިލުވާނަކަށް ސަޕޯޓެއް ނުކުރާނަން. އަޚްލާގީ މައްސަލަތަކާ ގުޅިގެން އެތައް ފަހަރަކު ޓީމުން ބޭރުކޮށްފައިވަނީ. ނިއުގެ މެނޭޖްމެންޓް ހަމަ ކޮހީ
ހުންގާނު
25 July 2017
ފަހަކަށް އައިސް ގައުމީ ޓީމުން ޖާގަ ނުލިބޭ ސަބަބެއް ވަނީ ނޭގުމެއްގެ ތެރޭގައެއްނޫން، ސަބަބު ވަރަށްސާފް، ސަބަބަކީ ބައެއްގެ ވަކިތަކުގެ ދަށުގައި ގައުމީޓީމު ތާށިވެފަ އޮތުން، ކިތަމެ މޮޅު ކުޅުންތެރިޔަކު ޕާފޯމެންސް ކިތަމެ ރަނގަޅަށް ދެއްކިއަސް އެމީހުން ހިތާވާ ކުޅުންތެރިއަކަށް ނޫނީ ގައުމީޓީމަކަށް ނުކުޅެވޭނެ. އަސަދުﷲ މެން ނާޝިދުމެނަށް ނުކުޅެވުނަސް ގައުމީޓީމަށް ނަގަންޖެހޭ. އެކަމު ރިލޭ، ބަކާ ހޮކޭމެން ކިތަމެ މޮޅަށް ކުޅުނަސް ޗާންސެއް ނުދޭ
ގައުމީ ޓީމްއިން ޖާގަ ނުލިބޭ ކުޅުން ތެރިޔެއް
25 July 2017
ގައުމީ ޓީމްގަ އޮންނަނީ ދަގޭ، އިއްމަ، ސެންޓޭ މެންގެ ވަކިތަން ކިތަން މެ މޮޅައް ކުޅުނަސް ތި 3 މީހުން ގެ ބުލެސިން ނެތީ އާ ނުވާ ނެ! މީ ހަގީގަތަކީ.
ހޯރަ
25 July 2017
ދޮންކަލޯ ދިވެހި ފުޓްބޯޅަ ބަލަނީ މޫނުބަލާ ލޯގަނޑަކުންކަން މިހާރު ޔަޤީންވެއްޖެ
އަސްލުމީހާ
25 July 2017
ރިލޭ އަށް ގައުމީ ޓީމުން ފުރުސަތު ގެއްލި ހަގީގަތުގަ ރިލޭ ހުންނަންޖެހޭ ފެންވަރުގަ ނެތީ މާބޮޑަށްވެސް ޑިސިޕްލިން ދަށްވީމަ، ކުރިއަށްވުރެ ރިލޭ މިހާރު ތަސައްރަފު ފުދިފައިވާ ކަމަށް އުއްމީދުކުރަން، އަދި މީގެ 2 ހަފްތާ ފަހުން މިނޫހުގެ ސުރުހީއިން "ނިއު އިން ރިލޭ ގެ އެގްރިމަންޓް ބާތިލުކޮށް ޓީމުން ބޭރުކޮށްފި" މިފަދަ ސުރުހީއެއް ނުފެންނާނެކަމަށް އުއްމީދުކުރަން