ނަދީމަށް ދިން ހަމަލާއަށްފަހު ޓާމިނަލް ކެފޭގައި ފުލުހުން ހަރަކާތްތެރިވަނީ
28 ޖުލައި 2017 - 13:56
އިއްޔެ ހަވީރު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.
އެ މާރާމާރީގައި، ހއ. ތަކަންދޫ އިބްރާހީމީހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ވަޅިން ހަމަލާދީފައިވަނީ ލޮނުޒިޔާރަތްމަގުގައި ހުންނަ ޓާމިނަލް ކެފޭ ތެރޭގަ އެވެ. އެ ހަމަލާއާ ގުޅިގެން އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ފުރާނަ ސަލާމަތްވާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިން ވަނީ ބުނެފަ އެވެ.
ޓާމިނަލް ކެފޭގެ އެތެރެ: ނަދީމަށް ހަމަލާދީފައިވަނީ ރައްޓެހިންތަކަކާއެކު ކޮފީ ބޯން ހުއްޓައި
ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ މާރާމާރީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ. އެކަމަކު މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށް ވިދާޅުވި އެވެ.
މާލޭގައި މި ދުވަސްވަރު މާރާމާރީތައް އިތުުރުވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު ވެސް ދެ މާރާމާރީއެއް ހިނގާފައިވެ އެވެ. އަދި މިދިޔަ ހަފުތާގައި ވެސް ދެ މާރާމާރީ ހިންގި އެވެ. އެލްސިއޯން ބޭކަރީ ކައިރީގައި މިދިޔަ ހަފުތާގައި ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުން ވަނީ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީފް
29 July 2017
ފުލުހުންގެ ވަގުތު ބޭކާރުކޮށް ސިޔާސީ މީހުންގެ ފަހަތުން ދުވާހާ ދުވަހަކު ރަގަޅަށް ކަމެއް ކުރެވޭތަނެއް ނާންނާނެ.
ޕޮލިސް މީހާ
29 July 2017
ފުލުހުން ވަރަށް މަސައްކަތް އެބަ ކުރޭ! ނަތީޖާ ނުފެނޭތަ؟؟ ސިޔާސީ މީހުން ނުފެނިގެން އެބަ އިއުލާން ކުރެއެއް ނު.. ސިޔާސީ މީހުން ހިފާ ހައްޔަރު ކުރީމަ ރައީސައް އެ ނިމުނީ.. ގައުމު ކޮންމެ ގޮތަށް ހިގިޔަސް ވެރި މީހާ އަށް އޯކޭ.. ދެޓުސް އޯލް..
ކަމަނަ
29 July 2017
ތިޔަޕޮލިހުން އިންސާނާގެ ދަރަޖައޮޅުވާލައިފ
ނަމޫނާ ދާއިރާގެ ނަމޫނާ މެންބަރ މައުރޫފް
29 July 2017
މުޒާހަރާގައި ބައިވެރިވާ މީހުން ހައްޔަރުކުރެވެއެއްނު އެބަ! އެ ނިމުނީ
ޙުސޭނުބޭ
29 July 2017
ވެއްޓެނީ ވެއްޓެނީ. ސިޔާސީ ފަރާތްތަށް ހައްޔަރު ކޮށް 15 ދުވަސް އެބަޖެހޭ. ގޯހެއްނޫން. ޥެއްޓެނީ
ހަނު ހުންނަ މީހާ
28 July 2017
ރައްޔިތުންނަށް ރައްކާތެރިކަން ހޯދަދޭން މާރާމާރީއާއި ގުޅިގެން ސައުދު އާއި އަމީތު ހައްޔަރު ކުރީކަމަށް ބުނުމުން އެ އޮތީ މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރު ކުރެވިފަ
ފަރީ
28 July 2017
ކާކު ތިކަމުގެ ފަހަތުގައި ހުރީ އަނެއްކާ ؟
ޢަލީ
28 July 2017
ކުނޫޒް ކައިރީ ފޯރިމަރަން ހުރިހާ ފުލުހުން.
ދޮންކަމަނަ
28 July 2017
މިދެން ކިހާ ދެރަކަމެއް. ރައްޔިތުންގެ ފައިސާއިން މުސާރަދީގެން ރައްޔިތުންގެ ރައްކަލަށް މަސައްކަތްކުރުމަށް ލާޒިމުކޮށްފައި ތިބި މީހުން މިތިބެނީ ވަކިބައެއްގެ ޕޮލިޓިކަލް އެޖެންޑާ ކުރިއަރުވަން އެމީހުންގެ މަސައްކަތުގަ. އެހެންވީމަ އެންމެ ނުރައްކާތެރި މަގުމަތީގައި ނުބޭތިއްބޭ މީހުންނަށް ވެފައި މިތިބެނީ ކޮންމެވެސް އިދިކޮޅު ސިޔާސީ ފިކުރެއްގެ މީހުން. މިކަންމިހެން ވާއިރު ދިވެހި ދަރިން އެއްބަޔަކު ރޯމާދުވާލު ވަޅި ކަތިވަޅި ހިފައިގެންގޮސް މިކަތިލަނީ. މިކަހަލަ ކަންކަމަށް ފުލުހުންގެ އަހައްމިއްޔަތު ސިޔާސީ ކަންކަމަށްދެވޭ ވަރަށް ނުދެވެނީ ކީއްވެބާ؟ މިހެން މި ވާހަކަ ދެއްކީމަ ބުނާނެ އިދިކޮޅު ސިޔާސީ ފިކުރުގެ މީހުން ފުލުހުން ބަދުނާމުކުރަނީއޭ. ތެދު ވާނީ ތެދަށް. ހަޤީޤަތަކީ މުޖުތަމައުގެ ރައްކަލަށް ފުލުހުން މަސައްކަތްކުރަން ލާޒިމުކޮށްފައި އޮތް މިންވަރުގެ ފުކެއްވެސް ނުކުރާކަން. މިހިސާބަށް މިފަދަކަންކަން ދާނެޖެހުނީ އެހެންވެ.
ބުރުގާ
28 July 2017
އެމްޑީޕީގެ ކިތައް މީހުންތަ މިހާރުތިބީ ހައްޔަރުނުކޮއް؟ ޕޮލިހުންނައް އެވަރު ބުނެދެވިދާނެތަ.....