ހުޅުމާލޭގެ ނިރޮޅުމަގުގައި ހަދާ ވޯޓާ ތީމްޕާކުގެ ކުރެހުމެއް: އެތަނުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭ.
30 ޖުލައި 2017 - 12:11
ހުޅުމާލޭގައި 25 މިލިއަން ޑޮލަރު (385.5 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހޮޓަލަކާ އެކު ވޯޓާ ތީމް ޕާކެއް ތަރައްގީކުރަން މެލޭޝިއާ ކުންފުންޏަކާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހަވާލުކޮށްފި އެވެ.
އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން މިއަދު ވިދާޅުވީ މެލޭޝިއާ މިރީ ހައުސިން ޑިވެލޮޕްމަންޓް ކިޔާ ކުންފުންޏަކަށް ހުޅުމާލޭގައި ވޯޓާ ތީމް ޕާކަކާ އެކު ހޮޓަލެއް ހަދަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ހަވާލުކުރީ 35 އަހަރުގެ މުއްދަތަކަށް ކަމަށެވެ.
ހުޅުމާލޭގެ ދެކުނު ކޮޅުން އިިރުމަތީ ފަރާތުގައި އޮންނަ ކުނިކޮށި ސަރަހައްދުގައި އަތިރިމައްޗަށް ވާ ގޮތަށް ހަދާ ވޯޓަ ތީމް ޕާކުގައި ފެނުގެ އެތައް ކުޅިވަރެއް ހިމެނޭނެ ކަމަށް އެޗުޑީސީން ބުނެ އެވެ. އޭގެ ތެރޭގައި ވޯޓާ ސްލައިޑްސް، ކުޑަކުދިންގެ ޕޫލް، ބަމްޕަ ބޯޓްސް، ވޯޓާ ހައުސް، ވޯޓާ ރޯލާޒް، ވޯޓާ ގައިރޯ، އަކުއާ ލޫޕްސް، ފައުންޓަން ސްކޮއާ އަދި ފެން ކޯރުތައް ހިމެނެ އެވެ.
"އަޅުގަނޑުމެންނަށް އަދި އެތަނުގެ ހޮޓަލުގެ ޑީޓެއިލްތަކާއި ފުޑް ކޯޓުގެ ތަފުސީލްތަކެއް ނުލިބޭ. އޭގެ ފަހުން އެނގޭނީ ކިތައް އެނދުގެ ހޮޓަލެއްކަން އެތަނުގައި ހުންނާނީ،" ސައިމަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ހަދާ ތީމް ޕާކުގެ އަންނަ އަހަރު ނިމުމުގެ ކުރިން ހުޅުވަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕެޓްރޮނާސް ޓްވިން ޓަވަރ
30 July 2017
ތިކަހަލަ ވަރަށް ބައިވަރު ފޮޓޯ މިދުވަސް ކޮލު ފެންނާނެ، އައިލޭންޑް އޭވިއޭޝަނުން އަދި އޭ380 ޖަންބޯ ޖެޓް ވެސް ގެންނާނެ
ފައިސަލް
30 July 2017
ދެން ތިޔަ ފޮޓޯ މުޅި ސޯޝަލް މީޑިއާގައި އެނބުރޭނީ ތަރައްޤީއޭ ކިޔާފައި
އުމަރު
30 July 2017
ބީލަމަށްލިތޯ؟ ހުޅުމާލެއަކީ މާލެ ތޮތްޖެހި ނޭވާނުލެވިގެން އުޅޭތީ މާލޭގައި ދިރިއުޅޭ އަދި ގެދޮރުނެއް ރައްޔިތުންނަށް ގެދޮރު އަޅައިދިނުމަށް ދައުލަތުގެ ޓެކުސްގެ ފައިސާއިން ހިއްކާފައިވާތަނެއް، އެހެންކަމުން އެތަނުގެ ބިންތަށް ތިޔަހެން ޕްލޭނުގައި ނެއްގޮތަކަށް އަދި ބީލަމަކާއި ނުލައި ދެފުއް ނުފެންނަ ގޮތަކަށް ދިނުމަކީ ދިވެހިން ގަބޫލުކުރާނެ ގޮތެއްނޫން، އެހެންކަމުން ބިމުގެ ބޮޑުމިނާއި، ބިން ކުއްޔަށް ދިން އަގުތަކާއި، ތިބަބުނާ ކުންފުނީގެ ނަމާއި އަދި އެތަން ހެދުމަށް އެތަން ނެގުމަށް ދިން އެޑްވާންސް ފައިސާގެ އަދަދާއި، މިހުރިހައި މައުލޫމާތެއް އެބަ ބޭނުންވޭ،
ހުރިގޮތް
30 July 2017
ކޮބާހޭ ބޯހިޔާވަހިކަމަށް އެދުނު 15 ހާސް އާއިލާއަށް ތިޔަކަމުން ލިބުނު އުފަލެއް. ފައިސާ ވެރިންނަށާއި އެމީހުންގެ އާއިލާތަައް ނޫން ބައެއް މިރާއްޖޭގައި ނެތީތޯއެވެ. ތިޔަ ތަނުންވެސް ނިކަމެއްޗެއްގެ ދަރިއަކަށް އުފަލެއް ހާސިލް ކުރެވޭނީ އަތްފޯރާފަށުގެ ބޯހިޔާވަހިކަމެއް ލިބިގެނެއެވެ.
ދީދީ
30 July 2017
ރައްޔިތުންނައް ގެދޮރު ނުދީ ތިކަން ކުރާނެކަމެއް ނެތް.
ޙުސެން
30 July 2017
ޓިތާނެތް ފޮރޮގު ޖަންޕް އަދި ރޯލާކޯސްޓާ ކަހަލަ މުހިންމު އެއްޗެހި... ވަރައް ހަރަދު ކުޑަ ޕާކެއްތީ
Hi
30 July 2017
މިކަމަށް އިދިކޮޅު ބޮޑޭމެން ކޮރަޕްޝަނޭނުކިޔާތަ.
1234
30 July 2017
ކޮރަޕްޝަން ހުސްވެސް ކޮރަޕްޝަން. މިކަންކަން ބެލޭނޭ ދުވަހެއް އަންނާނެ.
އަހުމަދު
30 July 2017
https://www.google.com.pk/search?q=miri+housing+developments+malaysia&ie=UTF-8&oe=UTF-8&hl=en-pk&client=safari#istate=lrl:iv&rlimm=13526274788251872477 ކަޑަ ކުންފުއްޏެއް
ވަރަށް ދެރަވޭ
30 July 2017
ތީމު ޕާކޭ ކިޔައިގެން ބޭނުންވާ މީހުންނަށް ހުޅުމާލޭން ކަޓް ލިބޭގޮތަށް ބިންތައްދީ ހުސްކޮށްފި. ތިޔަގޮތަށް މެދުފަންތީގެ ފްލެޓް އަޅަންށޭ ކިޔައިގެން 2000 އަކަފޫޓްގެ ބިން ދިނީ ހަމަ އެމީހުންގެ އަމިއްލަ ތަރިކަމުދަލަށް ހަދާލެވޭގޮތަށް އަރިހުގައި އުޅޭ ކުދިންނަށް. މިތަންތަން އެހެން ވެރިކަމަކުން ނުނަގައިފިނަމަ މި ސިލްސިލާ ދެމިގެންދާނެ މިވާނީ ސަޤާފީކަމަކަށް. ނުގައިވައިދުން ދީފައިވާނަމަ ފަންސާސް ބުރިއަށް ހެދިއަސް އަތުލެވެންޖެހޭނެ. ދިވެހިންގެ މުދާ. އިންވެސްޓް މުރާ މީހާއަށް ވެސް އެނގެންވާނެ. ތިމަންނާއަށް މިތަން ދިނީ ނުޤަވާއިދުންކަން އެހެންވީމާ ފަހުން އަތުލާނެކަން.