ދިވެހި ހައްޖުވެރިންގެ ބަޔަކު ޖަމްރާތައް ކައިރީގައި: ސައޫދީ އަރަބިއްޔާ އިން ވިސާ ފީ އަށް ގެނައި ބަދަލު ތަންފީޒުކުރަން ވަނީ ފަށާފައި. -- ފޮޓޯ ހައްޖު ކޯޕަރޭޝަން
30 ޖުލައި 2017 - 12:19
ސައޫދީ އަރަބިއާ އިން ވިސާ ފީ އަށް ގެނައި ބަދަލަށް އަމަލުކުރަން ފަށާފައިވާތީ، ރާއްޖެ އިން ވެސް މި އަހަރު އަލަށް ދާ މީހުން ފިޔަވައި އެންމެންގެ އަތުން ވިސާ ފީގެ ގޮތުގައި 8،000ރ. ނަގާނެ އެވެ.
ސައުދީ ސަރުކާރުން މިދިޔަ އަހަރު ނިންމި ނިންމުމުގައި އޮތީ، މިހާރު ވެސް އޮންނަ އުސޫލުން، ހައްޖާއި އުމްރާ އަށް އަލަށް އެތެރެވާ މީހުންގެ ވިސާ ފީ ހިލޭކޮށްފަ އެވެ. އެކަމަކު، ދެ ވަނަ ފަހަރަށް ނުވަތަ އެއަށް ވުރެ ގިނައިން ހައްޖަށް ނުވަތަ އުމުރާ އަށް ދާ މީހުންގެ އަތުން ފީގެ ގޮތުގައި 2،000 ރިޔާލް (ގާތްގަނޑަކަށް 8217ރ.) ނަގާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
މި ނިންމުން ތަންފީޒު ކުރަން ފަށާފައިވާތީ ރާއްޖޭގެ ކުންފުނިތަކާއި ހައްޖު ކޯޕަރޭޝަނުން އަލަށް ހައްޖަށް ދާ އެންމެން ފިޔަވައި ވިސާ ފީ ދައްކަން ޖެހެ އެވެ.
ހައްޖު ކޯޕަރޭޝަނުގެ އޮފިޝަލަކު ވިދާޅުވީ އެ ކޯޕަރޭޝަނުން ހައްޖަށް ދާ މީހުންގެ ތެރެއިން ވިސާ ފީ ދައްކަން ޖެހޭ މީހުން އެނގޭނީ، ހައްޖަށް ދާ އެންމެންގެ މައުލޫމާތު ސައޫދީގެ ހައްޖު ސިސްޓަމްގައި ރަޖިސްޓްރީކުރުމުންނެވެ.
"އެ ހިސާބުން އަޅުގަނޑުމެން އަންގާނަން ވިސާ ފީ ދައްކަން ޖެހޭ މީހުން،" އޮފިޝަލް ވިދާޅުވި އެވެ.
ސައޫދީ ސަރުކާރުން ރަސްމީކޮށް ރާއްޖެ އަށް ދެނީ އަހަރަކަށް 1،000 މީހުންގެ ކޯޓާ އެވެ. އެކަމަކު ސައުދީ ރަސްގެފާނުގެ ހާއްސަ އިނާޔަތުގެ ދަށުން ދެއްވާ އިތުރު 1،000 ކޯޓާ އާ އެކު އަހަރަކު ޖުމްލަ 2،000 ކޯޓާ ރާއްޖެ އަށް ދެމުން އަންނަތާ ހަތަރު އަހަރު ވެއްޖެ އެވެ.
މި އަހަރު އިތުރު 1،000 ޖާގަ ނުދޭ ގޮތަށް ސައޫދީ ސަރުކާރުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައަޕްރަައިޓް
30 July 2017
ޖީއެސްޓީ ނުނަގާބާ؟
ހިތަދޫ ސީދި ބިޑާ
30 July 2017
އެބުނަނީ ތަކުރާކުކޮށް ދާމީހުންންއަތުން އެކަންޏޭ ވިސާނަގަނީ. ހައްޖައް ދާން އޮންނަނީ އުމުރުން 1 ފަހަރު. ނުޖެހޭ ކޮންމެހެން 3 ނުވަތަ 5 ފަހަރު ދާކަށް. މީހުންގެ އަދަދު ކޮންޓްރޯލް ކުރަން މިފަދަ މިންގަނޑެއްއޮތުން ކޮންމެހެންވެސް ބޭނުން. ވިސާ ފީ 15000 ރުފިޔާ އަށް ހަދާލިނަމަ އަދި ފުރިހަމަވީސް.
އަހުމަދު
30 July 2017
އަލަތު ހައްޖަށް ޖާގަ ނުލިބިގެން އުޅޭއިރު 2 ފަހަރަށް 3 ފަހަރަށް ބައެއް މީހުންނަށް ހައްޖަށް ދެވުމަކީ އިންސާފެއްނޫނޭވެ. ދިވެހި ރައްޔިތުންނަށް ލިބޭ މަދު ޖާގަ ތަކުގެ ބޭނުން އެންމެ އެކަށީގެންވާގޮތުގަ ނުހިފި އަދި އޭގެ ހައްގުވެރިންނަށް އެފުރުސަތުތައް ފަހިކޮށްނުދެވުމެވެ. ދެރަކަމެކެވެ.
ވަތަނަބޭ
30 July 2017
އެމީހުންނަށް މާތް ﷲ އެ މުސަނދިކަމާއި ތަނަވަސް ކަން ދެއްވީމަވެސް ނިކަމެތި ޙައްޖާޖީންގެ އަތުން މިހާބޮޑު ޢަދަދެއްގެ ވިސާފީ ނަގާތީ ވަރަށް ފޫހިވޭ!
އަހުމަދު
30 July 2017
މެޑަމްއަށްދެއްވި 50 ކޯޓާއާއިއެކު 1050 ހަމަނުޖެހޭތަ. ކޯޓާ ހަމަނުވެގެން ކުންފުނިތަކުންއުޅޭއިރު ވަކިފަރުދެއްގެ ޖަމާއަތަކަށް މިހާރު ކޮންމެ އަހަރަކު 50ކޯޓާ ހަމަޖައްސަނީ ކޮންއުސޫލެއްގެ ދަށުންތޯ މިކަން ސާފުކޮށްލަދީބަލަ.
އަހުމަދުބެ
30 July 2017
ސައޫދީން ހައްޖުވެސް ފައިދާވާ ވިޔަފާރި އަކަށް ހަދަނީއެވެ. 40 އަހަރު ތެޔޮ ވިއްކައިގެން ލިބުނު ޑޮލަރުތައް ވީ ކޮންތާކު ހެއްޔެވެ.؟
ސަލީފް
30 July 2017
އަދިވެސް މިވެރިންނަށް ޤައުމު ވިއްކާލެވޭތޯ ބަލާ!
ނަކސް
30 July 2017
ކޮބައި ތިޔަބުނާ ކެނެރީގޭ ނަސީދު ؟؟ ކޮބައި ތިޔަ ކިޔާ އިއް ތިހާދު؟ ކޮބައި ގާސިމް?ކޮބައި ހުދުމުހުތާރު މައްމޫނު؟ އިހްލާސްތެރި މެންބަރުން އަވަހައް ސައުދީ ރަސްގެފާނާ ބައްދަލްކުރުމަންވި؟؟ މިއުޅެނީ ވެރިކަމުގެ ދަހިވެތިކަމުގާ ރައްޔަތަކައްފައިދާ ހުރިކަމަކައް މީއެކަކުވެސްނޫލޭނެ އަމިއްލަޖީބު ބަރުކުރަނީ؟/
ލެވެންޑަރ
30 July 2017
މިކަމާ ނަޝީދާ ނޫނީ އިދިކޮޅު މީހުންނާއި ހުރީ ކޮންގުޅުމެއް....ފައިސާހުރީމާ ފަސް ހަފަހަރު ދިޔުމުގެ ބަދަލުގައި ހައްޖަށް ފޮނުވުމަށް އެހެން މީހަކަށް އެހީތެރިވުން ކީއްތޯ..ނޫނީ އަލަށް ހައްޖަށްދާ މީހުންނަށް ލިބިފައިއޮތް ފުރުސަތު ދިނުން ކީއްތޯ...ހައްޖަށް ދިޔުން އޮންނަނީ އުމުރުން 1 ފަހަރު..ތިމާގެ ހުރި މުއްސަނދިކަން ދައްކަން ދިހަ ބާރަފަހަރު ދާކަށް ނުޖެހޭ...ތި ވިސާ ފީ އަދިވެސް ބޮޑުކުރިއްޔާ ރަގަޅީ.
އަލީ
30 July 2017
އެއްބަޔަކު ޖާގަ ނުލިބިގެންއުޅޭއިރު ތަނަވަސް މީހުން ތިންހަތަރުފަހަރު ހައްޖައްދިއުމުން، އެތައްބަޔަކަށް ފުރުޞަތުގެއްލޭ. މިހެންވީމާ ހައްޖައްދާ ފަހަރު އިތުރުވިވަރަކަށް ފީ ބޮޑުވާގޮތަށް ހަދަންވީ. ހައްޖަކީ ކުޅަދާނަވެގެންވާ މީހާ އުމުރުން އެއްފަހަރު އަދާކުރަން ފަރުލެއް.
ޙަސަން
30 July 2017
ޙައްޖަކީ ސައުދީ ރަސްގެފާނު ކުރާ ވިޔާފާރިއަކަށް ވެއްޖެ .. ސައުދީ އަށް ޙައްޖުވެރިން ވައްދާ ފައިސާ އާ ބަލާ ޚިދުމަތްތައް ހަމަ ސުމެއް ..