ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެތަނުގެ ކާގޯ ޓާމިނަލްއިން ދޭ ހިދުމަތުގެ އަގު ބޮޑުކުރަން ވަނީ ނިންމާފައި.
09 އޯގަސްޓް 2017 - 15:50
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުން ދޭ ހިދުމަތުގެ އަގު ބޮޑުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) މިއަދު ބުނެފި އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ އަލަށް ކަނޑައެޅި އަގުތަކަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އަލަށް ގެނައި ބަދަލާ ގުޅިގެން ގާތްގަނޑަކަށް 10- 15 ޕަސެންޓް އަގުތައް ބޮޑުވެގެންދާނެ ކަމަށެވެ. ނަމަވެސް އެ އަގުތައް ހުންނާނީ އެކަށީގެންވާ ހެޔޮ މިންގަނޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކާގޯ އިން ދެމުން އަންނަ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެނައީ މާކެޓްގެ އަގުތަކަށް އަންނަ ބަދަލާއި އެހެން ބައެއް ފަރާތްތަކުން ދެމުން އަންނަ އެއްކަހަލަ ހިދުމަތްތަކުގެ އަގުތަކަށް ބަލާފައި. އެކަމަކު މިއަގުތައް އަޅުގަނޑުމެން އަބަދުވެސް ރިވައިސްކޮށް ހަދަމުން ގެންދަން،" އާދިލް ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެމުން އަންނަ އެއާ ކާގޯގެ ހިދުމަތްތައް ފުޅާކޮށް ކުރިއަރުވަން ވަރަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މިގޮތުން ޒަމާނާ އެއްގޮތަށް ހިދުމަތްތައް ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކާއި މި ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތްތަކުގެ ފެންވަރާއި މިންވަރު އިތުރުކޮށް، ދެމެހެއްޓެނިވި ގޮތުގައި މި ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިދުމަތްތަކަށް ނަގަމުންދާ އަގުތައް ވަނީ މުރާޖާކޮށްފައި،" އެ ކުންފުނިން ބުންޏެވެ.
އެމްއޭސީއެލް އިން ނެރުނު ސާކިއުލާއެއްގައިވާ ގޮތުން ހޭންޑްލިން ފީގެ ގޮތުގައި ކިލޯއަކަށް ނެގުމަށް ހަމަޖެހިފައި ވަނީ 1.15ރ. އެވެ. އަދި 25 ކިލޯއަށް ވުރެ ދަށުގެ ޝިޕްމަންޓްތަކަށް ނަގާނީ 28.75ރ. އެވެ. ސްޓޯރޭޖް ފީގެ ގޮތުގައި ކިލޯއަކަށް 1.15ރ. ނަގާއިރު 25 ކިލޯއަށް ވުރެ މަދު ނަމަ ނަގާނީ 28.75ރ. އެވެ. ޑެމަރޭޖް ސްޓޯރޭޖް ފީގެ ގޮތުގައި ފުރަތަމަ ތިން ދުވަސް ހިލޭ އޮންނައިރު ހަތަރު ދުވަހާއި ދިހަ ދުވަހާ ދެމެދު ނެގުމަށް ހަމަޖެހިފައި ވަނީ ދުވާލު ކިލޯއަކަށް 2.30ރ. އެވެ. އަދި 11 ދުވަހާއި 20 ދުވަހާ ދެމެދު ކޮންމެ ދުވަހަކަށް ކިލޯއަކަށް 3.45ރ. އަދި 21- 30 ދުވަހާ ދެމެދު ކޮންމެ ދުވަހަކު ކިލޯއަކަށް 5.75ރ. އަދި މަދުވެގެން ނެގުމަށް ހަމަޖެހިފައި ވަނީ 30ރ. އެވެ.
ސާކިއުލާގައިވާ ގޮތުން، ފިނިކުރާ ސްޓޯރޭޖް ފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ ކިލޯއަކަށް 1.15ރ. އެވެ.
މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހާއި މެއި 15ގައި ވެސް އަގުތަކަށް ބަދަލު ގެނެސް ސާކިއުލާއެއް ނެރެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދުން
09 August 2017
ހުރިހާ ދިމާލަކުން ރައްޔިތުން ނޮޅާފަ ބަހައްޓާ
ޑީޑީ
09 August 2017
މަގޭ ކުޑަ ސުވާލު ސީޕުލޭން ޓާރމި ނަލުން ނަގަނީ ކިހާ ވަރެއްހޭ ؟ ނޫސްވެރިން މިކަން ސަމާލު
ާހާސަރު
09 August 2017
ޢަހަރަކު 4 ފަހަރު އަގު ބޮޑުކޮށްގެންވެސް ނުފުދޭ! ސްތޫރޭޖް ފީއޭ ކިޔާފަ ފްލައިޓުން ބާލާގޮތަށް ދޯނިތަކަށް އަރުވާމުދަލުންވެސް ކިލޯއަކަށް 1.15 ނަގަނީ!އ މާކުޑައަގެއްކަން ދައްކަން ކިލޯއަކަށް ނަގާވަރު ކިޔާއިރު ކޮންމެ ޝިޕްމަންޓަކީ އެތައްހާސް ކިލޯ! ހަމަ ފެލަނީ! ސްޓޯރޭޖް ގެ އިތުރަށް ހަމަ އެވަރު ހެންޑްލިންގ އަށްވެސް ނަގާ!
ބީތާމިސްޓް
09 August 2017
ސިންގަޕޯރ ގަ އަގުބޮޑުވާނެ
ކަލޯ
09 August 2017
ކާގޯ ހޭންޑްލިން ޗާޖާއި ޓާމިނަލް ޗާޖެގެ އަގުބޮޑުކުރީ ވަރަށްފަހުން. 2 ދުވަހުން 1 ދުވަހު އަގު ބޮޑުކުރަން ޖެހޭތަ. ރައްޔިތުން ފެލުން ނޫން ކަމެއްނޭގެނީތަ
ސަރކިއުލަރ
09 August 2017
ސަރކިއުލަރ އެއް ހޯދާ ހޯދާ ވެސް ނުފެނުނު. ސައިޓްގަވެސް ނެތް.
ހަބޭސް13
09 August 2017
ބޯގޮވާވަރުވެއްޖެމިހާރު ކޮންމެކަމެއްކުރަންވިޔަސް ރައްޔިތުންނައްބާރުބޮވަނީ ބޯގޮވާވަރުކަމެއް
ެއެމްއޭސީއެލް
09 August 2017
https://mihaaru.com/business/20039 އެމްއޭސީއެލް އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި
ހެޔޮ
09 August 2017
އެއްކޮޅުން ކުޑަކޮށްފަ އަނެއްކޮޅުން ބޮޑު.... ވަރަށް ތާހިރެއްނު
އަލީ
09 August 2017
ދިހަ ލާރި ބޮޑުކޮށްފަ ފަސް ލާރި އަގުހެޔޮ ކުރީމަ އެއީ އަގު ހެޔޮ ކުރުމަކަށް ނުވާނެ ހަނދާންނެތޭ ބަލިޖެހިފަ ހުރިމީހަކަށް ނޫނީ.
ފެނޭދޯ
09 August 2017
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކާގޯ ޓާމިނަލުން ދޭ ހިދުމަތުގެ އަގު ބޮޑުކުރަނީ ވަރަށް ކުޑަ މިންވަރެެކެވެ. އެއީ މާ ބޮޑު މައްސަލަ އެއް ނޫނެވެ. އެއަށް ވުރެން މާ ރަނގަޅު ވާނެ ދޯ ކުޑަ ކޮށް އަގު ބޮޑު ކުރި ނަމަވެސް ޚިދްމަތުގެ ސްޕީޑް އަވަސް ވަނި ކޮށް ދޯ.
މޮޔަ
09 August 2017
ވަރަށް ކުޑަވާނެ، ކިލޯ ކީމަ، އެނގިލައްވާ ކިތައް ޓަނުގެ މުދަލުގެ މުޢާމަލާތްކަން އެތަނުގަ ދުވާލެއްގެ މައްޗަން ހިނގަނީ..... ޖީ.އެސް.ޓީ ވެސް ކޮންމެ ސަތޭކަ ލާރި އަކުން ހަ ލާރި ނަގަމޭ ބުނީމަ ކުޑަހެން ހީވާނެ. އެކަމަކު އެއްހާސް ރުފިޔާ އަކުން 60 ރުފިޔާ ނަގަމާ ބުނީމާ ބޮޑު ހެން ހީވާނެ
ހާޖީ
09 August 2017
ޥެގެން އުޅޭގޮތަކީ ޖީއެމްއާރުއަށް ދެއްކި ފައިސާ ރައްޔިތުން އަތުން ފެލާލާނެ މޮޅުގޮތެއް ތިޔަހޯދަނީ ތިޔަހެންގޮސް އަދި ކުރިން ހުޅުލެއައް އަރާ ކޮންމެ މީހަކުއަތުން ނެގި ދެރުފިޔާ ވެސް ނަގަން ފަހަކައް ނުޖެހޭނެ