ދުނިޔެ / ފިލިޕީންސް

ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެއްރެއިން 32 މީހުން މަރާލައިފި

ފިލިޕީންސް ފުލުހުން ޑްރަގާ ދެކޮޅަށް އޮޕަރޭޝަނެއް ހިންގަނީ. --ފޮޓޯ:ސީއެންއެން

މެނީލާ (އޮގަސްޓް 17) - ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި އެއް ޕްރޮވިންސްއަކުން އެއްރޭ މަތިން ދިން ހަމަލާގައި 32 މީހުން މަރާލައިފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވެރިރަށް މެނީލާގެ އުތުރުން އޮންނަ ބަލުކަން ޕްރޮވިންސްގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގީ ޑްރަގު ޑީލަރުން އަތުލައި ގަތުމަށެވެ.

ފިލިޕީންސްގެ ވެރިކަމަށް މިދިޔަ އަހަރުގެ ޖޫން މަހު ވަޑައިގަތުމަށް ފަހު ރައީސް ރޮޑްރިގޯ ޑުޓާޓެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ކެމްޕޭނެއް ފައްޓަވައިފަ އެވެ. ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ޑުޓާޓެ ވަނީ ޑްރަގު ޑީލަރުން ގަޔަށް ބަޑިޖަހާ މަރަން އަމުރުކޮށްފަ އެވެ. މި އޮޕަރޭޝަނުގައި މިހާތަނަށް ވަނީ 3،400 މީހުން މަރައިފަ އެވެ.

ޑްރަގާ ދެކޮޅަށް ހިންގި އޮޕަރޭޝަނުގައި 32 މީހުން މަރާލުމުން ޑުޓާޓެ ވަނީ ފުލުހުންނަށް ތައުރީފް ކުރައްވައިފަ އެވެ.

"ކޮންމެ ދުވަހަކު ވެސް 32 ޑްރަގު ޑީލަރުން މަރާ ނަމަ މި ވަބާއިން ގައުމު ސަލާމަތް ކުރެވޭނެ،" ޑުޓާޓެ ވިދާޅުވި އެވެ.

ފުލުހުންގެ އޮޕަރޭޝަނުގައި މަރާލި މީހުންގެ އިތުރުން 107 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

3 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 87%
icon sad icon sad 8%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

Nazeemccr

17 August 2017

ދިވެހިން މިވަބާއިން މި ގައުމު ސަލާމައް ކުރަން ބޭނުން ކަމައް ވާނަމަ އުމަރު ކަހަލަ ބޭފުޅަކު މި ގައުމުގެ ވެރިކަމައްގެނެސްބަލަ!

The name is already taken The name is available. Register?

ސޯޓް

17 August 2017

ތީޔަޑްރަގްއަކީ މިގައުމުގައި ސެކެންޑަރީ..... ޕޮލިޓިކްސްވެއްޖެނަމަ ޓެރެރިސްޓްއަކަށްވެ ލައިފްސެންޓެންސް....

The name is already taken The name is available. Register?

ރަދީފް

17 August 2017

ސާބަހޭ ޑުޓަޓޭ. ތިޔަކަހަލަ ވެރިން ހުރިހާ ގައުމަކަށް ވެސް ބޭނުންވަނީ. ތާއީދުކުރަން މަނިކްފާނުގެ ސިޔާސަތުތަކަށް.ނަމަވެސް ''އެކްސްޓްރާ ޖުޑީޝަލް ކިލިންގް'' އާމެދު ވިސްނަވާ އެނޫންގޮތަކަށް އެބައި ކުރިއަށް ގެންދެވުން އެއީ އިންސާނީ ހައްގުތަކަށް ރިޔާޢަތްކުރާއިރު ރަނގަޅު ގޮތްކަމުގަ ދެކެން. ވ.ވެދުން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454