ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ. --ފޮޓޯ:ރޮއިޓާސް
20 އޯގަސްޓް 2017 - 15:10
ޑާކާ (އޮގަސްޓް 20) - ބަންގްލަދޭޝްގެ މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ އަވަހާރަކޮށްލަން 2000 ވަނަ އަހަރުގެ ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ކުށުގައި 10 މީހެއްގެ މައްޗަށް މަރުގެ ހުކުމް ޚާއްސަ ޓްރައިބިއުނަލަކުން މިއަދު އިއްވައިފި އެވެ.
ޑާކާގެ ސްޕެޝަލް ޓްރަޔަލް ޓްރިބިއުނަލްގެ ފަނޑިޔާރު މުމްތާޒް ބޭގަމް އިއްވި ހުކުމްގައި 76 ކިލޯގެ ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ ކުށުގައި އެކަކަށް އުމުރު ދުވަހުގެ ޖަލު ހުކުމް އަދި ނުވަ މީހަކަށް ވަނީ 20 އަހަރުގެ ޖަލު ހުކުމް އިއްވައިފަ އެވެ. ބޮމުގެ ހަމަލާ ދޭން އުޅުނު އިރު ހަސީނާ އަކީ ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރެވެ.
ބޮމުގެ ހަމަލާ ދޭން އުޅުނީ އިންތިޚާބުގެ ކެމްޕޭން އެއްވުމެއްގައި ހަސީނާ ތަގްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ސްޓޭޖުގަ އެވެ. ޖުލައި 21، 2000 ގައި ދޭން އުޅުނު މި ހަމަލާގައި ހަސީނާ ސްޓޭޖަށް ވަޑައިގަތުމުގެ ކުރިން ބޮން ވަނީ ހޯދައިފަ އެވެ.
ހަސީނާ އަވަހާރަކޮށްލަން ރޭވުމުގެ އެންމެ އިސް މީހަކަށް ހުރި މުފްތީ ހަންނާނަށް ވަނީ މަރުގެ އަދަބު ދީފަ އެވެ. އޭނާ އަށް މަރުގެ އަދަބު ދިނީ 2004 ވަނަ އަހަރު އިނގިރޭސި ހައި ކޮމިޝަނާ އަވަހަރާކޮށްލަން އަތު ބޮމުގެ ހަމަލާއެއް ދޭން އުޅުނުކަމުގެ ކުށުގަ އެވެ. ހަންނާން ހައްޔަރުކުރީ އޮގަސްޓް 2005 ގަ އެވެ. އޭނާ ދަންޖެއްސީ މި އަހަރުގެ އެޕްރީލް މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭބޭ
21 August 2017
ހަސީނާ އިޒް ބެސްޓް... ހުރިހާ މީހުން ލައިކުތިބޭ ހަސީނާ
ޒާމް
21 August 2017
ތީ އިންޑިއާ މީހެއް ސިފައިންގެ އެންމެ މަތީގަވެސް ތިބީ އިންޑިއާ މީހުން !
ވަގު
20 August 2017
ތިއީ މުޅި ބަނގްލަދޭޝްގެ ހަލާކް. ޝޭހުގެ ނަންބޯޑު އަޅުވައިގެން ގައުމެއް އެއްކޮށް ސެކިއުލާރކޮށް ފަގީރުން ގިނަކޮށް ހަށިވިއްކުން ހުއްދަކޮށް މުޅި ގައުމަށް ވަންނަ ލާރި މަދުމީސް ކޮޅަކަށް ބައި އަޅައި ސުންނާފަތި ކޮށް، ވޯޓުން ތާއިދު ނުލިބުމުން އިންތިހާބު ބާތިލްކޮށް ކޯޓުން ވެރިކަންކުރާ ނުބައި މީހެއްތީ.