ޔޫއެންޑީޕީ އާއި ދިރާގު ގުޅިގެން ހިންގި ޔޫތު ލީޑާޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ޒުވާނުންތަކެއް ބައިވެރިވަނީ: ފޮޓޯ: ޔޫއެންޑީޕީ
21 އޯގަސްޓް 2017 - 19:26
ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމާއި ސުލްހަވެރި މުޖުތަމައެއް ބިނާކުރުން ފަދަ ކަންކަމާ ބެހޭ ގޮތުން އެކި ދާއިރާތަކުން ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގެ ޒުވާނުންގެ ހިޔާލު ހޯދަން ޔޫއެންޑީޕީން ނިންމައިފި އެވެ.
މިއީ ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން، "މިޔަހެލި" ނަމުގައި ޒުވާނުންނަށް ބާއްވާ އިޖްތިމާއީ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅު އަދި ނ. އަތޮޅުގެ ޒުވާނުންނަށް ފަސް ދާއިރާއަކުން ހިޔާލުފާޅުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އެއީ ޒުވާނުންގެ ހަރަކާތްތައް ބިނާކުރުމާއި ދެމެހެއްޓެނިވި އުފެއްދުންތެރި ހައްލުތައް ގެނައުމާއި އަންހެނުން ބާރުވެރިކުރުމާއި ސުލްހަވެރި މުޖުތަމައެއް ބިނާކުރުމުގެ އިތުރުން، ޖިންސީ އަދި ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމާ ގުޅޭގޮތުންނެވެ.
ޔޫއެންޑީޕީން ބުނިގޮތުގައި މިއިން ކޮންމެ ދާއިރާއަކުން ވެސް ކުރެވިދާނެ ކަންކަމާއި ގެނެވިދާނެ ބަދަލުތަކާ ގުޅޭގޮތުން ޒުވާނުންނަށް ހިޔާލުފާޅުކުރުމުގެ ފުރުސަތު ދޭނެ އެވެ. މި ހިޔާލުތައް ޔޫއެންޑީޕީއަށް ހުށަހަޅަނީ، އެކަމަށް ހާއްސަކޮށްގެން ދޭ ފޯމަކުންނެވެ.
އެ ޕްރޮގްރާމްގެ ފަރާތުން ޔޫއެންޑީޕީން ވާހަކަ ދެއްކެވި ނައުފަލް އަމްޖަދު ވިދާޅުވީ ހުށަހަޅާ ފޯމުތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ހިޔާލެއް ހޮވައި، އެ ހުށަހެޅި މީހުންނަށް ވަކި ރަށެއްގައި ދެ ދުވަހުގެ ކޭމްޕެއް ބާއްވާނެ ކަމަށެވެ. އަދި އެ ހިޔާލަކާގުޅޭ ތަޖުރިބާކާރުން ވެސް ކޭމްޕުގައި ބައިވެރިކޮށް، އިތުރަށް އެ ހިޔާލު ތަރައްގީ ކުރުމަށް އެހީވެދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ޖަޖިން ޕެނަލެއް ތުރޫކޮށް އަޅުގަނޑުމެން އަދި އޭގެ ތެރޭން އެންމެ މޮޅު ތިން ހިޔާލެއް ވެސް ހޮވާނަން. އެ ހިޔާލު ހުށަހަޅާ ކޮންމެ ބައިވެރިއަކަށް ވެސް 3،000 ޑޮލަރު ދޭނެ. އެ ފައިސާއިން އޭނާގެ މަސައްކަތަކަށް ވާނީ ހަ މަސްތެރޭގައި އެ ހިޔާލު ހަގީގަތަކަށް ހަދަން މަސައްކަތް ކުރުން،" ނައުފަލް ވިދާޅުވި އެވެ.
ޔޫއެންޑީޕީން ބުނީ އެ ހިޔާލަކަށް އަމަލު ކުރުން މުހިއްމު ނޫން ކަމަށާއި މި ޕްރޮގްރާމްގެ މަގްސަދަކީ އެ ހިޔާލެއް ހަގީގަތަކަށް ހެދޭނެ ގޮތް ހޯދުން ކަމަށެވެ.
ޔޫއެންޑީޕީން ވަނީ މިދިޔަ އަހަރު ވެސް މި ފަދަ ޕްރޮގްރާމެއް ބާއްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
"މިހާރު"ގެ ފަހުރުވެރި ކިޔުންތެ
21 August 2017
ތިތަނުން 13 ވަރަކަށް ކުދިން ބައިވެރިކޮށްގެން ވޯކުށޮޕެއްވެސް ބޭއްވި. ވާކަމެއް ހަރާން. ގިނަ ޒުވާނުންތަކެއް ބިއްޖެހިފަ، ވަޒިފާއެއް، ދިރިއުޅެވޭނެ ގެދޮރެއް، މިނިވަން ކަމެއް ނެތި ކޮންކަމެއްތޯ ވާނީ. ކޮންމެ ކަމެއް ވިޔަސް މާލެ. މާލެ ގޮސްފަ ލާރި ލާރި. ރަށުގައި ހުރެގެން ހުރިހާކަމެއް ވާނެގޮތް ޒުވާނުނަށް ހަދާދީބަލަ. މިއުޅެނީ ކޯސްގަނޑެއް ހަދާނެ ފައިސާ ވެސް ނެތިގެން. ކޯސް ހެދޭންޔާ އޭގެ އެއް މާއްދާ ނުކިޔަވާދޭ. މިހާލެއްގަ މި ތެޅިބާލަން ޖެހެނީ.