އަބްދުﷲ ޖާބިރު: އޭނާގެ ޕާސްޕޯޓް ކެންސަލްކުރީ ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް --ފޮޓޯ/ މަޖިލިސް
22 އޯގަސްޓް 2017 - 11:11
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
މިހާރު ރާއްޖެ އިން ބޭރުގައި އުޅުއްވާ ޖާބިރުގެ ޕާސްޕޯޓް މިދިޔަ ޖޫން މަހު ކެންސަލް ކުރިކަން އެނގިވަޑައިގަތީ އިޓަލީގައި ހުންނެވުމަށް ފަހު އިނގިރޭސި ވިލާތަށް ވަޑައިގެންނެވި މަގުމަތީގަ އެވެ. ޕާސްޕޯޓް ކެންސަލް ކުރިޔަސް ޖާބިރު ވަނީ އިނގިރޭސި ވިލާތަށް އެތެރެވެފަ އެވެ. އޭގެ ފަހުން އޭނާ އަދިވެސް ހުންނެވީ އެ ގައުމުގަ އެވެ.
އެކަމާ ގުޅިގެން ޖާބިރުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނާ ދެކޮޅަށް ދައުވާކޮށް، ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ މިހާރު ދަނީ ކުރިއަށެވެ.
ޖާބިރުގެެ ޕާސްޕޯޓް ކެންސަލްކުރީ ކީއްވެގެން ކަން އިމިގްރޭޝަނުން ހާމަ ނުކުރިޔަސް ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެކަން ކުރުމަށް އިމިގްރޭޝަންގައި ފުލުހުން ވާނީ އެދިފަ އެވެ. އެއީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ފުލުހުން ހާމައެއް ނުކުރެ އެވެ.
ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާޒް ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ ކަމަށް ބުނެ އެ ފައިސާ ހޯދަން އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ކޯޓުގައި އަންނަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިކަލޯ
22 August 2017
މީރާއަށް ފައިސާދައްކަން އޮއްވާ މީހަކު ހާރޓް އެޓޭކެއް ޖެހިގެންވެސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ މީރާއައް ފައިސާ ދައްކާ ނިންމުމެވެ. މީހާގެ ފުރާނަ އެހާ މުހިންމެއް ނޫންނެވެ. ޖާބިރައްވެސް ހީވަނީ މިކަހަލަ ކަމެއް ދިމާވިހެންނެވެ. ޑޮކްޓަރައް ދައްކާލަން ބޭރު ޤައުމެއްގަ ހުއްޓާ މިކަހަލަގެ ކަމެއް ސަރުކާރުން ރާވައިގެން ކުރީމަ ، ކޮބާތޯ ދިވެހިންނައް ބޭރު ޤައުމުތަކުގައި އޮތް ރައްކާތެރިކަމެއް..ކޮބާތޯ ބޮޑެތި ޙުކުމް ތައްކޮށް ރާއްޖޭން ފިލާގެން ދިޔަމީހުން ކީތްވެ މިމީހުސމީހުް ހޯދައިގެން ނުގެނެވިގެން ތި އުޅެނީ ، އޭގެތެރޭގަ އެބަތިބި ނުރައްކާތެރި މީހުންވެސް އެތައްބަޔަކު މަރާފަ ފިލައިގެން ގޮސްތިބި މީހުންވެސް ވީމާ ، ކުޑަކޮށް ވިސްނައިގެން ކަން ކުރުމައް ނަސޭޙަތް ތެރިވަން...
ޙުއްބުލްވަޠަން
22 August 2017
ސާބަހޭ ޖާބިރު. މިފަހަރު އެގޮތެއްގައި އެބަ ހިފަހައްޓާ. ތި ގޮތުގައި ހުންނާނެ ކަމަށް އުއްމީދު ކުރަން.
ރެފިއުޖީ
22 August 2017
ކީއްކުރަން ކޯޓަށް މައްސަލަ ހުށައެޅީ. ދެން އިނގިރޭސިވިލާތުގަ އުޅެގަ. ތިއޮތީ އެތެރެވެވިފަ އެއްނު.