އަޑުއެހުމަކަށް ފަހު ގާސިމް ކޯޓުން ނިކުންނަވަނީ: މިއަދު ހެނދުނު ވެސް ވަނީ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައި --ފޮޓޯ/މިހާރު
24 އޯގަސްޓް 2017 - 13:29
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ވެސް ކުރިއަށް ގެންގޮސް، އެ މައްސަލާގެ އެންމެ ފަހު އަޑުއެހުން މިއަދު މެންދުރު ބާއްވަން ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ އަޑުއެހުމެއް އިއްޔެ ކުރިއަށް ގެންދިޔައިރު ދެން އަޑުއެހުމެއް އޮންނާނީ އަންނަ ހަފުތާގައި ކަމަށް ގާސިމް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އެކަމަކު މިއަދު ހެނދުނު ވެސް އެ މައްސަލާގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ފަހު މިހާރު ނިންމާފައިވަނީ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުން މެންދުރު ފަހު 2:30 ގައި ބޭއްވުމަށެވެ.
އެ ޝަރީއަތް ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާ ނުލައި، ސިއްރުކޮށްގެން ކަމަށްވާތީ އެ އަޑުއެހުމުގެ ތަފްސީލެއް ނުލިބެ އެވެ.
ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުމަކީ ކޮންމެ މައްސަލައެއްގައި ވެސް އެންމެ ފަހު އަޑުއެހުމެވެ. އެ އަޑުއެހުމަށް ފަހު އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް ކުރުމެވެ.
އިއްޔެގެ އަޑުއެހުމުގައި ފޮރެންސިކް ދެ ފުލުހަކު ހާޒިރުކޮށް ވަނި ހެކިބަސް ނަގައިފަ އެވެ.
ގާސިމްގެ މައްޗަށް އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާ އަށް އަންނާނެ އެވެ. އޭރުން މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ައާދަމް އަރީފް ސޮރު
24 August 2017
ކުޑަ ކުޑަ ހިންޏެއް ފަދަ ސޮރެއް ބޮޑު ފަރުބަދައެއް ތަޅާ ފުޑުފުޑު ކުރާ އިރު ކުރާނެ ހަމަ އެއްކަމެއް ވެސް ނެތީ ތޯއެވެ؟
އަނިޔާލިބެމީހާ
24 August 2017
ހައްޖަށް ފުރުމުގެ ކުރިން ޖެހޭނެތާ ރާއްޖޭގެ ރައްޔިތުންގެ ހިތްހަލާލު ހޯދަން، ދުވާލަކު 12 ފަހަރު އަދި ކީއްކުރަން ރޭގަޑު ދަންވަރު ތިތަން ހުޅުވައިގެންވެސް، އިރާދަކުރެއްވިޔާ މި އަނިޔާވެރިކަން ވަރަށް އަވަހަށް ނިންމަވާދެއްވާށި އާމީން...
ރޯޒް
24 August 2017
އަލްހާއީދަށް އުލްހިޔާކަތިލާގޮތައް ގާސިމް ކަތިލަން ތައްޔާރުވަނީ،އަލްހާއީދަށް.