ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން: މިއަދު ބާއްވަން ހަމަޖެއްސީ ޚުލާސާ ބަޔާން ހުށަހަޅާ އަޑުއެހުން --ފޮޓޯ/މިހާރު
24 އޯގަސްޓް 2017 - 18:35
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި ވަނިކޮށް، ގާސިމްގެ ޣައިރު ހާޒިރުގައި އަޑުއެހުން ބާއްވަން ކްރިމިނަލް ކޯޓުން މަސައްކަތް ކުރި ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުމުގެ ދައުވާގެ އަޑުއެހުމުގައި ފަހު އަޑުއެހުމަށް ގާސިމް މިއަދު މެންދުރު ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުގެ ސަބަބުން ގާސިމް ހޮސްޕިޓަލަށް ގެންގޮސް ވަނީ އެޑްމިޓްކޮށްފަ އެވެ. މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުމަކީ ޚުލާސާ ބަޔާން ހުށަހަޅަން ބޭއްވި އަޑުއެހުން ކަމަށްވިޔަސް މިހާރު ވަނީ އެ އަޑުއެހުން ކެންސަލްކޮށްފަ އެވެ.
ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ހިސާން ހުސައިން ވިދާޅުވީ ގާސިމް ނެތަސް، ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ކުރިއަށް ގެންދަން ކޯޓުން މަސައްކަތް ކުރި ކަމަށާއި އެކަމަކު ވަކީލުން އެކަމަށް އިންކާރުކުރީ ކަމަށެވެ. ގާސިމް ނެތީސް ޚުލާސާ ބަޔާން ހުށަހަޅަން ބޭނުންނުވާ ކަމަށް ބުނެ އެކަމަށް ގާސިމްގެ ވަކީލުން ދެކޮޅު ހަދަން ފެށުމުން އެ އަޑުއެހުން މިއަދު ނުބާއްްވާ ގޮތަށް ކޯޓުން ނިންމީ ކަމަށް ހިސާން ވިދާޅުވި އެވެ.
ދެން އެ މައްސަލާގެ އަޑުއެހުން ބާއްވާނެ ދުވަހެއް ސާފެއް ނުވެ އެވެ.
ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު އޭނާ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދަން ޑޮކްޓަރުން ވަނީ ލަފާ ދީފަ އެވެ. ނޫން ނަމަ ގާސިމްގެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ވެސް ޑޮކްޓަރުގެ ލިޔުމުގައިވެ އެވެ.
މީގެކުރިން ވެސް ގާސިމްގެ ހާލު ގޯސްވެގެން ދެ ފަހަރަކު ހޮސްޕިޓަލްގައި އެޑްމިޓްކުރި އެވެ. އިތުރު ފަރުވާ އަށް ގާސިމް ރާއްޖެއިން ބޭރަށް ގެންދަން އުޅުނަސް ކޯޓުގައި މައްސަލަ އޮތުމުން، ގާސިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާތީ ގާސިމް ބޭރަށް ގެންދެވޭ ގޮތެއް ވަނީ ނުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލު ގޮޅި
25 August 2017
ދެން މަޖްލީސް ފަށާނީ ޕީޕީއެމްގެ މެޖޯރިޓީ އާއެކު ތާއެވެ؟ ޖަލަށް ލާނެ މީހުން އެބަ ތިބި ތާއެވެ؟
އަސަދު
24 August 2017
ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ. އަނިޔާލިބޭ ފަރާތްތަަކަށް އަނިޔާވެރިވާ އެންމެހާ މީހުންގެ ކިބައިން މި ޤައުމާއި، ޤައުމުގެ އެންމެހާ ރައްޔިތުން ސަލާމަތް ކުރައްވާނދޭވެ. އާމީން!
ޑަކުޓަރު
24 August 2017
ޥަކީލު ކަމައްވުރެ ކިއްލި ތެޅިޔަސް މާރަނގަޅުވަނެ މިރާއްޖޭގައި.
މިތުރު
24 August 2017
ބައެއްފަހަރު ހިތަށްއަރަތެވެ. ކޯޓްތަކަކީ އެއްބާރު ކަމަށް ވާއިރު މިބާރު ދެންހުންނަ އަނެއްބާރު ދެކެ ޖެހިލުންވެ އެބާރު ހިތާވާހާ ގޮތަކަށް ކަންކުރަމުން މިދަނީ ކީއްވެ ބާއެވެ. އެބާރަކީ ހައުދަހައި ބާރުގަދަ ބާރަކީ ތާއެވެ. މިބާރުގެ މީ ތިންވަނަ ކަށްޕިތާނު ވިއްޔަ މިވޭތުވެ ދިޔަ މަދު ދުވަސް ކޮޅު ތެރޭގަ. އަޅެ ފަސްއެބުރި ބަލައިލާ ކުރިން ކަންތަށް ވެފައިވާ ގޮތް ވެސް. ކުޑައިކޮން ދިރާސާ ކޮށްލަބަލަ.
މޮގާބޭ
24 August 2017
ޙަޤީގަތުގައިވެސް މި ފެންނަނީ ބަޤާވާތުގެހިތްޗެވެ.އާޙިރުގައި ބޮނޑި ބޯނީ ޔާމިނެވެ.
ހަމަހޭ
24 August 2017
ކީއްކުރާ އަޑުއެހުމެއްތަ، ހައްޔަރުކުރީ ޕޮލިސް، ހެކިން ޕޮލިސް،، ޔާނު ބޭނުންވަނީ ހުކުމްކުރަން ހުކުމްކުރީމަ ނިމުނީނު.
އިންސާނާ
24 August 2017
މި ވެރިން މިތިބީ ހައްދުފަހަނައަޅާފަ, ފުރާނަ ހަށިގަނޑުން ނުކުމެ ނުކުމެ މަރަށް ޙާޒިރުވާ ހިނދު ކޯޓަށް ހާޒިރިވާން ކިޔާފާނެ, މި އަނިޔާ ވެރިކަން ނިކަމެތިކުރައްވާ މި ވެރިކަން ނިމުމަކަށް ގެންނަވާފާނދޭވެ!
ވިޔަޒޯރު
24 August 2017
މިހާ އަވަސް އަރުވާލައިގެން މިއުޅެނީ ހައްޖުދުވަސް އަންނާތީބާ؟