ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން، ހޯމް މިނިސްޓަރު އަޒްލީނާ (މ) މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ހޯމް މިނިސްޓްރީ
29 އޯގަސްޓް 2017 - 14:44
އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ އިންތިޒާމުތައް އަވަހަށް ހަމަޖައްސައިދިނުމަށް އެދި ހޯމް މިނިސްޓަރުު އަޒްލީން އަހުމަދާ، އެ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.
ގާސިމް މިދިޔަ ބުރާސްފަތި ދުވަހު އައިޖީއެމްއެޗުގައި އެޑްމިޓްކުރީ، އެ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ ފަހު އަޑުއެހުމުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓުމުންނެވެ. ރިޝްވަތުގެ ކުށުގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ، އެޑްމިޓްކޮށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެެވެ.
އެ މިނިސްޓްރީގައި ބޭއްވި ބައްދަލުވަށްފަހު ނޫސްވެރިންނާ ވާހަަކަދައްކަވަމުން ޖުމްހޫރީ ޕާޓިގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ފަރުވާ އަށް ގާސިިމް ބޭރަށް ވަޑައިގަތުމުގެ ހުރިހާ އިންތިޒާމެއް ވީހާ ވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށެވެ. އަދި އެކަމުގައި ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވި ކަމަށް ސަމީރު ފާހަގަކުރެއްވި އެވެ.
ސަމީރު ވިދާޅުވީ ވީހާ ވެސް އަވަހަކަށް ގާސިމް ބޭރަށް ވަޑައިގެންނެވޭކަމުގެ އުއްމީދު، އެ ދެ ގަޑިއިރުގެ ބައްދަލުވުމުން ލިބިފައިވާ ކަމަށެވެ.
އެހެން ގައިދީންނާ އެއް ހަމައެއްގައި ގާސިމްގެ ބޭސްފަރުވާގެ ކަންތައްތައް ހަަަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އަޒްލީން ދެއްވާފައިވާ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"ހޯމް މިނިސްޓަރުގެ ސީދާ ބެއްލެވުމުގެ ދަށުން މިކަން ކުރިއަށް ގެންދަވާއިރު އިތުރަށް ލަހެއް ނުވާނެ ކަމަށް ދެކެނީ... އެކަމަކު އެ ބޭފުޅުން އެ އުއްމީދު ދެއްވީމަ ދަންނަވާލަން ބޭނުންވަނީ ގާސިމްގެ ބޭސްފަރުވާ އަށް އާ އުއްމީދަކާ އެކު ކުރިއަށް ދިއުމުގެ ހިތްވަރު ލިބިގެންދާނެ ކަމަށް،" ސަމީރު ވިދާޅުވި އެެވެ.
ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން ހޯމް މިނިސްޓަރު އަޒްލީނާއި ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވެސް ވަނީ ރޭ ގާސިމާ ބައްދަލުކުރައްވައިފަ އެެވެ. އަދި އެ ބައްދަލުވުމުގައި ރައީސަށް ހާއްސަ މެސެޖެއް ދެއްވުމަށް ގާސިމް އެދިވަޑައިގެންނެވި ކަމަށް އަޒްލީން ވިދާޅުވި އެވެ.
މިނިސްޓަރު މިއަދު ވިދާޅުވީ ގާސިމް ފުރުވާލުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ބޯޑުން ނުދީ ލަސްވަނީ ކޯރަމް ހަމަނުވެގެންނެވެ. އެކަމަކު އެ ބޯޑުގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެނގިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާސިމް ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށް ފުރުވާލުމަށް ޑޮކްޓަރުން ލަފާދެއްވައި، އެކަން އެގޮތަށް ކުރުމަށް ކޯޓު ހުކުމުގައި ވެސް ވަނީ އަމުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލިދީދީއައްޑޫސިޓީ
30 August 2017
ކޮބާ އަދިވެސް ގާސިމް އިބްރާހީމް ފުރުވާލަން ބަންނަ މަތިންދާ ބޯޓު ބަނދެ ނުނިމޭތަ؟
އިބްރާހީމް
30 August 2017
ތިޔަ ކޯރަމްގެ މީހުންނެއް ދުވަހަކުވެސް ހަމައެއް މުވާނެ، ކޯޓުގެ އަމުރާއި އެއްގޮތަށް ކަންތައްތަށް ނުދަންޔާ އެމީހުންވެސް ހައްޔަރުކޮށް ކުޑަގޮޅިއަށްލާ ތަޅުވާ އެމީހުން ނަށް 13 އަހަރާއި 11 މަސްދުވަހުގެ ހުކުމްއެއް އިއްވާ އެމީހުންގެ ވަޒީފާއިން ވަކިކުރަންވީނޫ. އަދި އެމީހުންގެގެ ޗެކުކޮށް 15 ދުވަހު ހިސޯރުކޮށްފައި ބާއްވަންވީނޫ (ގެ ޗެކުކުރުމަށް)
ޒެޑްސް 1
29 August 2017
ނުކޮށްދޭން ވީމަ އަބަދުވެސް ބަހަނާ. މިއަދުގެ ޕީޕީއެމް ރާއްޖޭގައި ކޯޓު ހޯމް މިނިސްޓަރަށް ވުރެ ބޯޑު ބޮޑުވެ ބޯޑަށް ވުރެ ކޯރަމް ބޮޑު ކަން މި މީހުން ގެ އަނގައިން ބޭރުވީމަ ދޯ މިއެނގެނީ އަސްލު މުޅި. އޮޑީގަ މިއޮތީ މި މީހުންގެ ހަސަނުގެ ދެ ފައި ކަން
ބަރުދަން
29 August 2017
ބައި އިލެކްޝަނަށް އެތިކޮޅެއް ދިނީމަ މިހާރުވެސް ތިކަން ހަމަޖެހިދާނެ
އާދަމް
29 August 2017
ކޯޓް ހުކުމާއި އެއްގޮތަށް އަމަލްނުކުރެވެންޏާ ތިޔަ ބޯޑްގެ މެމްބަރުން ވަކިކުރަންވީއެއްނު. ހުކުމްތަކަށް ތަބާވަމޭ ހަމަގައިމުވެސް ރައީސް ޔާމީން ވަރަށްގިނައިން ވިދާޅުވާ އަޑު އިވޭ.
އެޑްވައިޒަރ
29 August 2017
ހެޔޮފުޅުކަން މުޅިންވެސް... އަތް ޖަހާ ދެން...
ސާދާސީދާ
29 August 2017
ކޯރަމް ހަމަނުވުން މިއީ މީހަކު ފުރާނަދުއްވާލަން ދެއްކޭނެ ސަބަބެއްނޫން
ބޮން
29 August 2017
އެހެން ގައިދީންނާ އެއް ހަމައެއްގައި ގާސިމްގެ ބޭސްފަރުވާގެ ކަންތައްތައް ހަަަމަޖައްސައިދޭނެ ކަމަށް އަޒުލީން ބުނާއިރު، އެހެން ގައިދީން ބޭސް ފަރުވާއަށް ލަސްކުރުމެއްނެތި ފޮނުވައިދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ މަށްޗަށް ކޯޓް އަމުރުކޮށްފައެއް ނުވެއެވެ. އަޒްލީންގެ ތި ވާހަކައިން ދޭހަވަނީ ކޮންމެހެން ކޯޓުން އެގޮތަށް އަމުރުކުރީމާ ގާސިމް ބޭސްފަރުވާއަށް ފޮނުވަން އުޅެނީ ނޫންކަމެވެ.
އަލިހޮއްކޮ
29 August 2017
ކީކޭ ބުނާނީ، އާދޭސް ދަންނަވައި ދެފައިގަ ހިފާ ސަލާން ޖައްސުވަނީ.
ރަދީފް
29 August 2017
ސިއްދީގު އިން މަޖްލިހަކުން އިދިކޮޅުފަރާތްތަކަށް ރަނގަޅަށް ކަމެއްވާނެކަމަށް އުއްމީދުވެސްކުރަން ހެޔޮނުވާނެ.