30 އޯގަސްޓް 2017 - 11:26
ޔޫތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ގެ މަގާމަށް މި މަހުގެ ކުރީކޮޅު އައްޔަން ކުރި ފާތުމަތު މުނާ ގޭގައި މަޑުކުރަން އެ މިނިސްޓްރީން އެންގި މައްސަލަ އަދިވެސް ބަލައި ނުނިމޭ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ބުނެފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ޑިރެކްޓަރެއްގެ މަގާމުގައި ކުރިން ހުންނެވި މުނާ، ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމަށް ހަމަޖެއްސީ މި މަހުގެ އެއްވަނަ ދުވަހު އެވެ. އެކަމަކު އޭނާ އަށް މަގާމުގެ ލިޔުން ދިން ދުވަހުން ފެށިގެން، ވަކި އެއްޗެއް އަންގަންދެން ގޭގައި މަޑުކުރަން ޔޫތު މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މުނާ މިއަދު "މިހާރު" އަށް ވިދާޅުވީ އޭނާ ވަޒީފާ އަށް ނުކުމެވަޑައިގަތުމަށް މިހާތަނަކަށް ނާންގާ ކަމަށާއި އެކަމާ ގުޅޭ އިތުރު ތަފްސީލް ދެއްވަން ބޭނުން ނުވާ ކަމަށެވެ.
ޔޫތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވަކި އެއްޗެއް މީޑިއާގައި ވިދާޅުވާން ބޭނުން ނުވާ ކަމަށެވެ.
ސިވިލް ސާވިސްގެ ގާނޫނުގައި ކުރިން އޮތް ގޮތުން، ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސީއެސްސީންނެވެ. އެކަމަކު މިދިޔަ އަހަރު އެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން، މިހާރު ޕީއެސް އިން އައްޔަން ކުރަން ޖެހޭނީ ކޮންމެ މިނިސްޓްރީއެއްގެ ވެސް މިނިސްޓަރުގެ ލަފައާ އެކު އެވެ. އެކަމަކު ޕީއެސް ގޭގައި މަޑުކުރަން އެންގުމުގެ ބާރު މިނިސްޓަރަށް ނުވަތަ މިނިސްޓްރީއަށް ވެސް ދީފައެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ޔޫތު މިނިސްޓްރީގެ ޕީއެސްގެ މަގާމު ސީއެސްސީން މުނާ އަށް ދިނީ ގިނަ ބަޔަކާ އިންޓަވިއުކޮށް، އިމްތިހާނެއް ވެސް ހެދުމަށް ފަހު އެވެ. އެ މަގާމު ހަމަޖެހުމާ އެކު އޭނާ ވަނީ އެމްއެމްސީގެ ޑިރެކްޓަރުގެ މަގާމުން ވަކިވެވަޑައިގެންފަ އެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ނަންގަވާފައިވާ މުނާ ވަނީ ހައުސިން މިނިސްޓްރީގެ ޑިރެކްޓަރުކަމާއި ހެލްތު މިނިސްޓްރީގެ ހިއުމަން ރިސޯސަސް އޮފިސަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. ޕީއެސް އަކީ ސަރުކާރުގެ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލް ސާވިސް މުވައްޒަފުންގެ އެންމެ އިސް ވެރިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮގާބޭ
30 August 2017
ގޮތް ހުސްވެ މަރަށްތެޅޭ ސަރުކާރު މަގޭ ސަރުކާރު މިރައީސްގެ މި ސަރުކާރު.
ހުއް
30 August 2017
މިސަރުކާރުގެ ކޮންމެ ކަމެއްވެސް ހުންނަނީ ތިހެން. ގާނޫނެއް ގަވާއިދަކަށް ބަލާ ބައެއް ނޫން. ހިތުހުރި ގޮތަކަށް ކަންކޮށްލާފަ އަނގަފުޅާ ކޮށްފަ ގޮވާނެ މިއީ ތަރައްޔީއޭ. ފަޅޮލޭ. ކޮންކްރީޓޭ
އުފާ
30 August 2017
ދެންގޭގައި އިންނަން ފޫހިވަންޏާ ހިނގާބަަލަ ހިނގާލަންދާން އަތުގުޅުވާލައިގެން.
ތަކުރު
30 August 2017
ސަރުކާރުން އެބުނާ ތަރައްގީއަކީ މިއީއެވެ. ތަރައްގީވަމުންދާ ވަރަކަށް މިހެން ވަމުންވަމުން ދާނެއެވެ. ޒުވާނުންނޭވޭ ހޭއަރައިތިބޭށެވެ.
މޫސަ
30 August 2017
މިގޮތަށް ތަންތަނުގައި ސަސްޕެންޑުކޮށް ހަނދާންނެތިފައި ބޮޑު މުސާރަ ލިބިލިބި ވަރަށް ގިނަ މީހުން އެބަތިބި..އޭގެ ތެރޭގައި ގިނަވާނީ ޤާޟީން. އަހަރު ދެއަހަރު ވާއިރުވެސް އެއްޗެއް ބުނެލާނެ މީހެއް ނެތް. ރައްޔިތުންގެ ޖީއެސްޓީ ފައިސާ ތަޅާ ބުރުވަނީ ބޭކާރަށް.
ރިކަޗް
30 August 2017
މި ނުވާނެތަ ޢައިރު ގާނޫނީ އަމުރަކަށް؟ ގޭގަ އިންނަން އެންގި މީހަކާ ދެކޮޅަށް ފިޔަވަޅު އަޅައި ދައުވާ ކުރަން ޖެހޭނެ
ބައިރޯ
30 August 2017
ތިކަހަލަ މަގާމަކަށް މިކުއްޖާ މާޅައެއްނޫން
ރިކަޗް
30 August 2017
ބަލަ ޒުވާނުންގެ ވުޒާރާއޭ.
ދެރައޭ
30 August 2017
ކޮމެންޓުގެ ޒަރީއާއިން ވިޔަސް މިބޮޑު އަރަތް ސާފުކޮށްދޭނެ މީހަކު ނެތީތަ، އަޅެފަހެ މިއީ ގައުމެއްތަ، ކިއްލާއެއްތަ. ރައްޔިތުން ޓެކްސް ފެލައިގެން ދޭ ފައިސާއިން ހަދާނަހަދާއެއް ނޭންގޭ
ރެޓޭ
30 August 2017
ސިވިލް ސަރވިސް ކޮމިޝަނީ މިހާރު ނަމަކަށް ހުންނަތަނެއް! އެއްވެސް ބާރެއް އޮންނަތަނެއްނޫން. ސިޔާސީ މީހުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ ޙައްޤުތައް ރޯމާދުވާލު ނިގުޅަމުންދާއިރު ތިޔަ ކޮމިޝަނުގައި ޙައްގުތައް ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ ހިއްވަރެއްހުރި ބޭފުޅަކުވެސް ނެތީތޯ؟ ކިތައްމެ މޮޅު ފާސްތަކެއް އެބައެއްގެައަތުގައިއއޮވަމެްާހައްޤާއ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކޮށް، ތިބުމަކީ ކިހާ ޖާހިލު ކަމެއްތޯ އެއްވެސް ބޭޅަކު ވިސްނާލެއްވީމުތޯ؟ރައްޔަތުން ދާއޮހުރުވައިގެން ދައްކާ ޓެކްސްއިން ބޮޑުމުސާރައާއި ލިވިންގް އެލަވަންސައި ދެންވެސް ހުރިނަމަ ހުރި ޢިނާޔަތެއް ނަންގަވައިގެން ކޮންމެދުވަހަކު އޮފީހަށް ވަޑައިގެންނެވުނީމާ ނިމުނީތޯ؟އެބަޔަކާ ޙަވާލުކުރެވިފައިވާ މަސްއުލިއްޔަތެއް އަދާނުކުރެވޭނަމަ އެކަމުގެ ލަދުވެތިކަން ތިޔަބޭފުޅުންނަށް އިޙްސާސް ނުކުރެވޭތޯ؟
ޕީއެސް
30 August 2017
ޕީއެސް 4 އެއްތަ؟