ދުނިޔޭގެ ކުޅިވަރު / ވޯލްޑް ކަޕް ކޮލިފައިން

އިޓަލީ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕާ ދިމާލަށް

އިސްކޯ (ވ-2) އަތުން ބޯޅަ ހޯދަން އިޓަލީގެ ޑި ރޮސީ (ކ) އާއި އިންސީނޭ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ސެޕްޓެމްބަރު 3) – އިސްކޯގެ ދެ ލަނޑާ އެކު އިޓަލީ އަތުން 3-0 އިން މޮޅުވެ ވޯލްޑް ކަޕަށް ކޮލިފައިވުމާ ގާތަށް ސްޕެއިން ޖެހުނުއިރު ޕްލޭއޮފުގައި ވާދަކުރަން ޖެހުމުގެ ފުރުސަތު އިޓަލީ އަށް ބޮޑުވެއްޖެ އެވެ.

ގްރޫޕް ޖީ ގެ އެއް ވަނައިގައި 19 ޕޮއިންޓާ އެކު ސްޕެއިން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު އިޓަލީ ދެ ވަނައިގައި އޮތީ 16 ޕޮއިންޓެވެ. އަންނަ އަހަރު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕުން ސީދާ ޖާގައެއް ލިބޭނީ އެއް ވަނަ ޓީމަށެވެ. ނުވަ ގްރޫޕުގެ ދެ ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު އަށް ޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށޭވެ. މި ގްރޫޕުގެ ތިން ވަނައިގައި 12 ޕޮއިންޓާ އެކު އޮތީ އަލްބޭނިއާ އެވެ.

އިޓަލީ 2006 ގެ ފަހުން ފުރަތަމަ ފަހަރަށް ކޮލިފައިން މެޗަކުން ބަލިވިއިރު އެ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ރަނގަޅު ކުޅުމެއް ނުދެއްކުނެވެ.

މެޑްރިޑުގެ ސެންޓިއާގޯ ބެރްނެބުއޭ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ސްޕެއިނުން ވަނީ އެ ޓީމުގެ ކުރީގެ މޮޅު ކުޅުން ތަކުރާރުކޮށްފަ އެވެ.

ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި އިސްކޯ ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުންނެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް އޭނާ ދެ ވަނަ ލަނޑު ޖެހީ އަންދްރޭ އިނިއެސްޓާ ދިން ބޯޅައަކުންނެވެ. ސްޕެއިނުގެ ތިން ވަނަ ލަނޑު 77 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޒުވާން ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.

މި މެޗުގެ ފަހުކޮޅު ސްޕެއިނުގެ ތަޖުރިބާކާރު ފޯވާޑް ޑޭވިޑް ވިޔާ ވަނީ ކުޅެން އަރައިފަ އެވެ. މިއީ ސްޕެއިނާ އެކު ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށް އަދި މިހާރު އެމެރިކާގެ މޭޖާ ލީގުގައި ކުޅޭ ވިޔާ ތިން އަހަރަށް ފަހު ގައުމީ ޓީމަށް ކުޅުނު ފުރަތަމަ ފަހަރެވެ.

މި މެޗުގައި އިޓަލީން ބޭނުންކުރީ 4-2-4 ސިސްޓަމެވެ. އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ ބުނީ ކޮންމެ ސިސްޓަމެއް ބޭނުންކުރި ނަމަވެސް ފާޑުކިއުން އަންނާނެކަން އެނގޭ ކަމަށެވެ.

ވެންޗޫރާ ބުނީ ފުރަތަމަ ހާފުގައި ރަނގަޅު ކަންތައްތަކެއް ދިޔަ ކަމަށާއި އޯޕަން ކުޅުމުގެ ތެރެއިން ސްޕެއިނަށް ގޯލަށް އަމާޒުކުރެވުނީ އެންމެ ބޯޅައެއް ކަމަށެވެ. އަދި އަންދްރޭ ބެލޮއްޓީ ފޮނުވާލި ނުރައްކާތެރި ހަމަލާ ވެސް އޭނާ ފާހަގަކުރި އެވެ.

"މިހާތަނަށް ކުރެވުނު ހުރިހާ ރަނގަޅު ކަމެއް އެންމެ މެޗަކުން ކެންސަލްވާ ނަމަ އަހަރެން ވެސް މިހާރު ހުއްޓާލަން ޖެހިދާނެ،" ވެންޗޫރާ ބުންޏެވެ.

ސްޕެއިނުގެ ކޯޗު ހުލެން ލޮޕެޓެގުއީ ބުނީ އިސްކޯ ވަރަށް ތަފާތު ކަމަށާއި ސްޕެއިނަށް މެޗު ހުޅުވާލަދިނީ އިސްކޯ ކަމަށެވެ.

"އަހަރެމެން ކުޅުނީ ވަރަށް ބޮޑު އިތުބާރަކާ އެކު. ވަރަށް ރަނގަޅު ރޫހަކާ އެކު،" އޭނާ ބުންޏެވެ.

10 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 35%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފީ

03 September 2017

މަރުހަބާ ރެއާލް މެޑްރިޑް!

The name is already taken The name is available. Register?

ކޮމެންޓޭޓަރު

03 September 2017

ކުރިން ސްޕެއިން ޓީމުން ފެނުނީ ބާސަލޯނާގެ ފެންވަރު. މިހާރު އެފެންނަނީ ރެއާލްގެ ފެންވަރު. ރެއާލް ކާމިޔާބީ އހަރަކަށް ވާނެ ކަމަށް ބެލެވެނީ

The name is already taken The name is available. Register?

ކޮމެންޓު

03 September 2017

ކޮމެންޓޭޓަރު ތިބުނީ ހެޔޮކޮން ބާސާގެ ރަންޒަމާނުގަ ސްޕެއިން ޔޫރޯނެގީ ވޯލްޑްކަޕް ނެގީ އޭރު ބާސާގެ ގިނަކުޅުންތެރިން ސްޕެއިންގެ ފުލްއެގާރާގަ ހިމެނޭ..

The name is already taken The name is available. Register?

ހާމަ333

03 September 2017

ސްޓޭޑިއަމްގެ ނަން ތިއޮތީ ނުބައިކޮށް ލިޔެފައި...ރަނގަޅުގޮތަކީ ސަންޓިއާގޯ ބަރނަބެއު...އެއީ ރިއަލްމެޑްރިޑްގެ ސްޓޭޑިއަމް...

The name is already taken The name is available. Register?

ރަދީފް

03 September 2017

ސްޕެނިޝް ޕްރޮނައުންސިއޭޝަނަށް ބަލާނަމަ ލިޔުމުގަ އޮތްގޮތް ރަނގަޅު. ކުރިން ސީއެންއެން ވޯލްޑް ސްޕޯޓްސް ހޯސްޓްކުރި ޕެޑްރޯ ޕިންޓޯ ވެސް ކިޔަނީ އެގޮތަށް. ވ.ވެދުން

The name is already taken The name is available. Register?

ރަދީފާ

03 September 2017

"ޕްރޮނަންސިއޭޝަން" އިނގޭތޯ!

The name is already taken The name is available. Register?

ސްޕެނިޝް

03 September 2017

ރޭގަ ހަމަ ތަފާތަކީ އިސްކޯ... އިޓަލީން ވެސް އެޓޭކަށް އަރާ ވަރަށް ކުޅުނު މީގެކުރިން ބޮޑުޓީމަކާ ކުޅެންޏާ 38 އެހާވަރުގަ ބޯލްޕޮސިޝަން އިޓަލީގެ ހުންނާނި ރޭގަ 49 އެއް ކޮމްޕްލީޓް ޕާސްވެސް ގިނަ ސްޕެއިނަށްވުރެއް... އެމީހުންގެ ނެތީ ސެންޓަތ ސްޓްރައިކަރެއް ކްރިސްޓިއަން ވިއޭރީ ކަހަލަ..

The name is already taken The name is available. Register?

ރިއަލް

03 September 2017

އިސްކޯ އަަކީ ރިއަލް މެޑްރިޑަށް ލިބިފައި ހުރި ރަންގަނޑެއް!

The name is already taken The name is available. Register?

ރަދީފް

03 September 2017

މަރުހަބާ ސްޕެއިން.

The name is already taken The name is available. Register?

ގާޑިއާބެ

03 September 2017

އިސްކޯ ވަރައް ތަފާތު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454