ވިޔަފާރި / މޯލްޑިވިއަން އެއާލައިން

އީދަށް ޑިމާންޑް ބޮޑުވެ، ފްލައިޓްތައް އިތުރު ކުރަން މޯލްޑިވިއަން އިން ވިސްނަނީ

މޯލްޑިވިއަންގެ ފްލައިޓެއް އުދުހެނީ: އީދު ބަންދާ ދިމާކޮށް ޑިމާންޑު ބޮޑުވެ، ފްލައިޓް އިތުރު ކުރަން ވިސްނާ ކަމަށް މޯލްޑިވިއަނުން ބުނޭ. -- ފޮޓޯ: މޯލްޑިވިއަން

އަންނަ ފިތުރު އީދާ ދިމާކޮށް އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުު ކަމަށާއި މަތިންދާބޯޓު އިތުރު ކުރަން ޖެހިއްޖެ ނަމަ، އެކަން ކުރާނެ ކަމަށް މޯލްޑިވިއަން އިން މިއަދު ބުނެފި އެވެ.

ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު "މިހާރު" އަށް ވިދާޅުވި ގޮތުގައި އީދު ކައިރިވާ ވަރަކަށް އެތެރޭގެ އުދުހުންތަކުގެ ޑިމާޑަށް ބަލާފައި މަތިންދާބޯޓު އިތުރު ކުރުމަށް އަންނަނީ ވިސްނަމުންނެވެ.

"އެންމެ ޑިމާންޑު ބޮޑީ އާބާދީ ގިނަ ރަށްތަކަށް. އައްޑޫ، ގދ. އަދި ގއ. ފަދަ ރަށްތަކަށް ދަތުރުކުރާ ފްލައިޓްތައް ގާތްގަނޑަކަށް ފުލް ވެފައި ހުރީ،" ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުވައްމުލައް ފަދަ މީހުން މަދުން ދަތުރު ކުރާ ސަރަހައްދުތަކުގެ ފްލައިޓްތަކަށް ވެސް ވަރަށް ބާރު ބޮޑުކަމަށެވެ. ނަމަވެސް، އެކި މަންޒިލްތަކަށް އަދި ވެސް ޖާގަ އެބައޮތް ކަމަށް ނަޝާތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އީދު ބަންދާ ދިމާކޮށް ހާއްސަ ފެއާ އަގުތަކެއް ކަނޑައެއް ނާޅަ އެވެ. އެގޮތުން، ޓިކެޓުގެ އަގު ހުންނާނީ މިއަހަރު ފެށުނު އިރު އެ އެއާލައިނުން ކަނޑައާޅާފައި ވާ އަގުތަކުގައި ކަމަށް ނަޝާތު ވިދާޅުވި އެވެ.

8 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 11%
icon angry icon angry 66%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމޯ

03 July 2016

ފްލައިޓް އިތުރުކުރާނެކަމެއް ނެތެވެ. ކަމެއް ކުރާނެންޔާ ޑިމާންޑް ބޮޑުކަމުންނޭ ކިޔާފަ ދިވެހިރުފިޔާއިން ތިކިޔާ އަގުގެބަދަލުގައި ކުރިޔަށް ޑޮލަރ އިތުރު ކޮއްލާށެވެ. އަދި އެއަގުތަކަށް ފެއަރގެނަންދޭށެވެ.

The name is already taken The name is available. Register?

މަނިކު

30 June 2016

ތެޔޮ އަގުހެޔޮވުމުން ޓިކެޓް އަގުހެޔޮ ކުރަން ވިސްނާކަމަށް ބުނިފަހުން 5 މަސްވީ. މިފަހަރު ތިވިސްނާ ކަންތަށް ފައިނަލް ވާނީ އަންނަ އަހަރު އީދަށްތޯއްޗެ..

The name is already taken The name is available. Register?

ހޫން

30 June 2016

މުޅިދުނިޔޭގައިސް އޮތް އެންމެ ފައިދާބޮޑު އެއާލައިން. ޓިކެޓް ހެޔޮނުކުރާތި.

The name is already taken The name is available. Register?

ޠރތ

30 June 2016

2018 ވެރިކަން ބަދަލުވުމުން ޓިކެޓް އަގުހެޔޮކުރާނަން އަދި މުޅި މެނޭޖުމެންޓް ބަދަލުކުރާނަން

The name is already taken The name is available. Register?

ބަކުރުބެ

29 June 2016

ތިތަނުން ވިއްކާ ޓިކެޓުގެ އަގުހެޔޮކުރަންވެގެންނޭ ކިޔާފަ، ކުރަންފެށި "ދިރާސާ" ކޮބާބާ؟ އެކަން ނިމޭނެބާ؟

The name is already taken The name is available. Register?

ފޯކްލޭނޑް މީހާ

29 June 2016

"އޭނާ ވިދާޅުވި ގޮތުގައި އީދު ބަންދާ ދިމާކޮށް ހާއްސަ ފެއާ އަގުތަކެއް ކަނޑައެއް ނާޅަ އެވެ." މި ޖެހެނީ ބޮޑު އަގުގަ ޓިކެޓް ނަގަން. ކީއްކުރާނީ ބިއުޓިފުލް ސަރުކާރުން ވިލާ އެއާރ ވެސް ބަނގުޜޫޓް ކޮށްފި. އިތުރު ގޮެތެްއް ނެތް

The name is already taken The name is available. Register?

ޒައްގާ

29 June 2016

ނޫނޭ ކަމަކު ނުދާނެ ތިހެން ހަދާކަށް! ޓިކެޓް އަގު ބޮޑު ކުރަންވާނެ

The name is already taken The name is available. Register?

ރަށިމީހާ

29 June 2016

ފުވައްމުލަކަށް ދުވަހަކުވެސް ޓިކެޓެއް ލިބޭކަށް ނޯވޭ އެއް މަސް ދެމަސް ކުރިން ބުކިން ނަހައްދާފިއްޔާ. މީހުން މަދުން ދަތުރު ކުރަނީތަ ނޫނިއްޔާ ކަލޭމެން ފްލައިޓް މަދުން ބާއްވަނީތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454