ޚަބަރު

ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައި ގިރި، ބުރިކޮށްލަން ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ

ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނާގެ ފައިން ތަންގަނޑެއް ގިރިފައި.

ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އުފެދިއްޖެ އެވެ.

ވޭމަންޑޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން ތިމަރަފުށީ އުމުރުން 25 އަހަރުގެ އަލަމް އައްބާސްގެ ފައިގައި ޕްލާސްޓަރު އެޅީ ކުޑަ ހުޅުގައި ރެނދެއް ލާފައިވާ ކަމަށް ފެނިގެންނެވެ. އެކަމަކު އޭނާގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ޕްލާސްޓަރު އެޅިތާ ދެ ދުވަސް ތެރޭގައި އެ ހިސާބުގަނޑު ފާރުވާން ފެށީ އެވެ.

އޭނާ ބުނީ އޭޑީކޭ އަށް ގެނެސް ދެއްކުމުން ފައި ބުރިކޮށްލަން ޖެހިދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

"ދެ ދުވަސް ފަހުން މާ ބޮޑަށް ތަދުވާތީ [ވޭމަންޑުއަށް އަނެއްކާ] ދައްކަން ދިޔައިމާ ބުނީ މައްސަލައެއް ނެތޭ،" އާއިލާގެ މީހާ ކިޔައިދިނެވެ.

އެކަމަކު އޭނާ ބުނި ގޮތުގައި އޭގެ ފަހުން ތިމަރަފުއްޓަށް ގޮސް ހުއްޓާ ޕްލާސްޓަރު ތެރެއިން ދިޔަތަކެއް ނުކުތީ އެވެ.

"ދެން ދިޔައީ ތިމަރަފުށީ ސިއްހީ މަރުކަޒަށް. އެތަނަށް ގޮސް ޕްލާސްޓަރު ފަޅާލިއިރު ފައި ޗިސްވެފައި ވަނީ،" އޭނާ ބުންޏެވެ.

އެކްސްރޭ ނަގައިގެން ބެލުމަށް ފަހު އޭޑީކޭގެ ޑޮކްޓަރުން ދިން މައުލޫމާތުތަކަށް ބިނާކޮށް އާއިލާ އިން ބުނީ އަލަމްގެ ފައިގައި ރެނދެއް ވެސް ލާފައި ނުވާ ކަމަށެވެ.

"އޭޑީކޭ ޑޮކްޓަރު ބުނީ ޕްލާސްޓަރު އަޅާކަށް ވެސް ނުޖެހެއޭ،" އާއިލާގެ މެމްބަރު ބުންޏެވެ.

އަލަމްގެ ފައި ސަލާމަތްކުރެވޭތޯ އާއިލާ އިން މިހާރު މަސައްކަތްކުރަނީ ވީހާވެސް އަވަހަކަށް ބޭރަށް ގެންދެވޭތޯ އެވެ.

މި މައްސަލާގައި ބަހެއް ހޯދަން ތ. އަތޮޅު ހޮސްޕިޓަލަށް ގުޅުމުން އެތަނުގެ އިސް އޮފިޝަލަކު ވިދާޅުވީ އަލަމްއަށް އެ ހޮސްޕިޓަލުން ފަރުވާ ދިން ކަމަށެވެ. އެކަމަކު އޭގެ އިތުރު ތަފްސީލު މިވަގުތު ހާމަކުރެއްވެން ނެތް ކަމަށް ވިދާޅުވި އެވެ.

60 ކޮމެންޓް, 468 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 87%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

16 September 2017

ހާދަ ޑޮކްޓްރުން ގިނައޭދޯ މިތްރެޑްގަ. ވ.ވެދުން

The name is already taken The name is available. Register?

ސިޑް

16 September 2017

އަތޮޅު ހޮސްޕިޓަލަށް ވަރަށް ވެދުމާއި ސަލާން ... ހޮސްޕިޓާ ބަންދުކުރަން ވ ފެނޭ

The name is already taken The name is available. Register?

ޫުުބގޖތ

16 September 2017

ސަރުކާރުން ހިލޭ ބޭސްކޮށް ދީފި. ދެން އާއިލާއޢަި ރައްޓެހިން ފަންޑު ފޮށި ހުޅުވައިގެން އިތުރަށް ފަރުވާ ހޯދާ.

The name is already taken The name is available. Register?

ދޮންތަ

16 September 2017

ކުރުމުއްދަތެއްގައި ފަޔަށްތިހެންވުމުން ސިއްހަތާމެދު އަދި ދުޅަހެޔޮކަމާމެދު ވަރަށް ސީރިއަސްވާންޖެހޭ އިތުރު ޓެސްޓުތަކެއްހަދާލާ ކުރިމަތީގައި ބޮޑުކަމެއްވެސް އޮވެދާނެ

The name is already taken The name is available. Register?

ބާލާބާލާ

16 September 2017

ޒުވާނެއްގެ ފައިގައި އެޅި ޕްލާސްޓަރު ގަނޑު ނުބައި ކޮށް އެޅުމުގެ ސަބަބުން ފައި ބުރި ކުރަން ޖެހޭ މިންގަނޑަށް ކަން ކަން މިދަނީ އެއީ ރާއްޖޭގެ އެކި ރަށް ތައް މުޅި ރާއްޖެ އަށް ފެތުރިގެން ތިބެ ދިރިއުޅޭތީއެވެ. އެކަން އެބަޖެހޭ ބަދަލު ކުރަން ސަރުކާރުން އެގްރެސިވް ކޮށް. އެގޮތުން ފުރަތަމަ ވެސް މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ މީހުން އެރަށްރަށުން ބާލާ އެރަށް ތަކުގެ މީހުން މާލެ ސަރަހައްދަށް ބަދަލު ކުރުމަށް ފަހު އެރަށް ތައް ވިއްކާލަންވީ ސައުދީ ކިންގްޑަމް ހޯލްޑިންގް ފަދަ މުއްސަނދި ކުންފުނި ތަކަށް ރިސޯރޓްސް ތައް ހަދަން. އެގޮތުން މާލެ އަތޮޅު މާފުށިން ވެސް މީހުން ބާލަންވީ ހަމަ މިހާރު. މާފުށިން ޖަލު ބަދަލު ކޮށްލަންވީ ކާށިދޫ އަށް. ކާށިދޫ އެއީ ރާއްޖޭގެ ސެންޓްރަލް ޖެއިލް ކަމަށް ހަދާ ކާށިދޫ މީހުން ވެސް މާލެ ސަރަހައްދަށް ބަދަލު ކޮށްލަންވީ އެވެ. މިތިއަރީ އިތުރަށް ފުޅާ ކުރުމުން ދެން މިފަދަ ހާދިސާ ތައް ނުހިނގާނެއެވެ. ދަރާއްޖެތެރެ. ދަ ރާއްޖެތެރެ. ތަމެން އެބަޖެހޭ ފައިބަން މިހާރު ތިއުޅޭ ރަށުން.

The name is already taken The name is available. Register?

ކުނި

16 September 2017

ސިއްހީ ހިދުމަޠް އޮތީދުނިޔޭގެފެންވަރުގަ ދެންއަޠްޖަހާ

The name is already taken The name is available. Register?

އިބްރާހިމް

16 September 2017

ރައްޔިތުން ކެތްތެރިވުމަށް އަޅުގަނޑު ގޮވާލަން. އަޅުގަނޑުމެންނަކީ އިންސާނުން. އިންސާނުންގެ ތެރޭގައި ތަފާތު ވައްތަރުގެ މީހުންތިބޭނެ. ވީމާ ޙާލަތާއި ގުޅޭގޮތުން ކެތްތެރިވުން އެންމެ ރަނގަޅީ. މިހުންނަނީ ދެރަކަންތަށް ކޮންމެ މީހަކާއިދިމާވީކަމުގައިވީނަމަވެސް. ދެން ވަކި މީހެއްގެ ބޮލަށް ކަނޑާލާފައި ފިތުނަ އުފެއްދުމަކީ މިދިމާވި ހިތާމަވެރި ހާދިޘާއަށްވުރެ ނުބައިކަމަކަށްވެސް ވެދާނެއެވެ. އަނެއްކާ ފިތުނަ އުފައްދައިގެން ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. ވީމާ ކޮމެންޓް ކުރައްވާ ބޭފުޅުންވެސް މިކަމަށް ވިސްނަވާނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ޢަހުމަދު

16 September 2017

ތަންތަން ހަލާކު ނުކޮށް އެތިބެނީ ކެއްތެރި ކަމާއެކު. ދައުލަތުގެ މުދާ ވަކިމީހަކު ބޭނުންގޮތަކަށް އެހުސްކުރާއިރު.

The name is already taken The name is available. Register?

އށދ

15 September 2017

ހަމަ ތެދެއްމިބުނަނީ ތެލެސީމިއާ ސެންޓަރަށް ބަންގާޅުން ގެނެސްގެން އުޅޭ ޑޮކްޓަރަށް ތެލެސީމިއާ އަޑުއިވުނީވެސް ރާއްޖެއައިފަހުން ތޯއްޗެ. ފުރަތަމަކޮޅު ހަމަ ގޫގަލް ސާރޗްކޮށްގެން މަޢުލޫމާތު ހޯދާފާޑަށް އުޅުނީ. މަ ވަރަށްދެރަވޭ. ފެންވަރުނެތް ޑްކޮޓްރުން ގެބްނާތީ.

The name is already taken The name is available. Register?

ބޯފޮޅި

16 September 2017

އަޖައިބެއް މިތާގެ ޑރ ކިޔަވަނީ ގައމު ބަންގާޅުން

The name is already taken The name is available. Register?

falaku ain

15 September 2017

ތިމަކުގައި އަނެއްހެން އޮތް މައްސަލައެއް ނުފެނޭ. މިހާރު ޑޮކްޓަރުންނަށް އާދެވެނީ ކަމާބެހޭ މިނިސްޓްރީގައި ވަޒީފާގެ ކަންކަން ބަލަހައްޓާ ބަޔަކަށް ގިނަފައިސާ ތަކެއް ދެއްވައިގެން. އެހެންވީމާ ކޮންމެހެން ދޭންޖެހޭ ފަރުވާ އެމީހުންނަށް އެނގޭކަށް ނުޖެހޭ. ދޭނެ ފައިސާ އެމީހުން ހޯދަންޖެހޭނީ މިރާއްޖޭގައި ޑޮކްޓަރުންގެ ވަޒީފާއަށް އަންނަން.

The name is already taken The name is available. Register?

ފޫހި

15 September 2017

ރައްޔިތުންނޭ ވިސްނާތި މިހާރު އަތޮޅުތެރެއަށް ގެންނަ ގިނަމީހުންނަކީ ވަގު ސެޓްފިކެޓްގައި ރިޝްވަތު ދީގެން އެޖެންޓުން މެދުވެރިވެގެން ގެންނަ މީހުން. ޓީޗަރުން ވެސް ހަމަ މިފަދަ. އެކަމަކު އިންސާނާއަށް ގެއްލުންވާނީ ޑޮކްޓަރުންގެ ފަރާތުން. އެ ޒުވާނާއަށް އަވަސް ޝިފާއަކަށް އެދެން. އަދި މި ފެންވަރުގެ ގޫގަލް ޑޮކްޓަރުންތަށް ފޮނުވާލުމަށް ގޮވާލަން. ތަރައްޤީވެފައިވާރު އެ ޒުވާނާ ފަރުވާހޯދަން ކުރި ދަތުރުތަކުން ހާމަވޭ. މިއީ އަޔޮޅުތެރޭގެ މީހުން ބަދަރު އޭސީ މަގު ހެދުމަށް ވޯޓް އަޅާތީ ވާގޮތް.

The name is already taken The name is available. Register?

ޢަލީމާ

16 September 2017

ޢަތޮޅުތެރޭ މީހުން ހާއްސަކޮށް ކޮޅުމަޑުލު މީހުން ވޯޓުލާއިރު އެބަޖެހޭ އަތޮޅުގެ ތަރައްގީއަށް ވިސްނަން. ޟިހާރުވެސް ދަތުރު ފަތުރެއްނެތް ހޮސްޕިޓަލެއްނެތް. ޢެއަރޕޯޓު އެހާދުރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454