އދ. އަށް އެމެރިކާ އިން ކަނޑައަޅާފައިވާ ސަފީރު ސަމަންތާ ޕަވާ ކެމެރޫން އަށް ވަޑައިގެންނެވީ ބޯކޯ ހަރާމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުޑަ ކުދިންނަށް ޒިޔާރަތް ކުރުމަށް. --ފޮޓޯ:ބީބީސީ
30 ޖޫން 2016 - 12:26
ވޮޝިންޓަން (ޖޫން 30) - އދ. އަށް ކަނޑައަޅާފައި ހުންނަ އެމެރިކާ ސަފީރު ސަމަންތާ ޕަވާ ކެމަރޫން އަށް ކުރެއްވި ދަތުރުގައި އެކަމަނާގެ މޮޓޯކޭޑުން ޖެހި މަރުވި ކުއްޖާގެ އާއިލާ އަށް ބަދަލެއްގެ ގޮތުން 1،684 ޑޮލަރު ދީފި އެވެ.
އުމުރުން ހަތް އަހަރުގެ ކުއްޖާ މަރުވީ ސަފީރުގެ މޮޓޯކޭޑް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް މިދިޔަ އެޕްރީލް މަހު އެވެ. މި ކުއްޖާގެ އާއިލާ އަށް ބަދަލެއްގެ ގޮތުން އެމެރިކާ އިން ވަނީ 1 މިލިއަން ސެންޓްރަލް އެފްރިކަން ފްރޭންކްސް (1،684 ޑޮލަރު) ދީފަ އެވެ. މީގެ އިތުރުން އެ ކުއްޖާގެ އާއިލާ އަށް ވަނީ ދެ ގެރި އާއި ހުދު ފުށާއި ފިޔާ، ހަނޑޫ، ލޮނު، ހަކުރު، ސައިބޯނި އަދި ތެޔޮ ދީފަ އެވެ.
އެމެރިކާ އިން ބުނީ އެ ކުއްޖާގެ އާއިލާ މީހުން ދިރިއުޅޭ ސަރަހައްދުގެ މީހުން ފެން ހޯދުމަށް ވަޅެއް ވެސް ހަދައިދޭނެ ކަމަށެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޖެފްރޭ ލޮރީ ވިދާޅުވީ އެމެރިކާ އިން ދިން އެހީ އަކީ މަރުވި ކުއްޖާގެ އާއިލާ އަށް ދިން ބަދަލުގެ ޕެކޭޖެއް ކަމަށެވެ.
އެމެރިކާ ސަފީރު ސަމަންތާ ޕަވާ ވަނީ ބޯކޯ ހަރާމުގެ ސަބަބުން ހާލުގައި ޖެހުނު ކެމެރޫންގެ ކުޑަ ކުދިންނަށް ޒިޔާރަތްކޮށްފައި.
"މަރުވި ކުއްޖާގެ އާއިލާ އަށް އެމެރިކާގެ ޑިޕްލޮމެޓުން ވަނީ މީގެ ކުރިން ވަރަށް ގިނަ ފަހަރު ޒިޔާރަތްކޮށްފައި. އަދި ދެވެން ހުރި އެހީތެރިކަމެއް ފޯރުކޮށްދެމުންދާނެ،" ތަރުޖަމާން ވިދާޅުވި އެވެ.
ސަމަންތާ ޕަވާ ހަފުތާއެއްގެ ދަތުރެއްގައި ކެމެރޫން އަށް ވަޑައިގެންނެވީ ބޯކޯ ހަރާމުގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެމެރިކާގެ ތާއީދު އޮތްކަން ހާމަކޮށްދިނުމަށެވެ. މަރުވި ކުއްޖާ އަކީ ސަފީރަށް މަރުހަބާ ކިޔުމަށް މަގުގެ ދެ ފަރާތުގައި އެތުރިގެން ތިބި ކުދިންގެ ތެރޭން ކުއްޖެކެވެ. ސަފީރުގެ މޮޓޯކޭޑް ދުއްވާފައި ދިޔައީ ގަޑިއަކު 60 މޭލު (100 ކިލޯ މީޓަރު) ބާރު މިނުގަ އެވެ.
ކެމަރޫން ސަރުކާރުން ބުނެފައި ވަނީ މަރުވި ކުއްޖާގެ އާއިލާ އަށް އދ. އިން ފަސް މިލިއަން ފްރޭންކްސް (8،400 ޑޮލަރު) ދީފައިވާ ކަމަށެވެ. އެހެންކަމުން އެ ކުއްޖާގެ އާއިލާ އަށް ވަނީ ދިހަ ވަރަކަށް ހާސް ޑޮލަރު ލިބިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އެޑަމް
30 June 2016
ވިސްނަންވީ ތަންކޮޅަކީ މުސްލިމުންނަށްވުރެ ޤައިރު މުސްލިމުންވެސް ރަހުމާ ހަމްދަރުދީ އެބަހުންޓޭ މިކަމުގަ އިބުރަތެއް؟ މީއީ
ފާނަ
01 July 2016
ޤައިރު މުސްލިމުންނޭ؟އެއީ ކޯޗެއް؟ ގައިރު މުސްލިމަށް ވުރެވެސް މޮޅުކޮށްލީ ދޯ؟
ޢަހުމަދު
30 June 2016
ޢެމެރިކާ މީހަކު މަރުވެއްޖެ ނަމަ މިލއަނުން ޑޮލަރުެދެނީ، ކަލޭމެންގެ ތިހުންނަ އަދުލުވރިކަމަކީ ވަލުޖަނަވާރުންގެ އެސޫލަށް ވެސް ނުފެތޭވަރުގެ ދަށުދަރަޖައިގެ ކަމެއް
އަހުމަދު
30 June 2016
ތިޔައީ އެމެރިކާ ގަ ހިނގި ހާދިސާ އެއް ނަމަ ކިތައް މިލިއަން ޑޮލަރު ލިބޭނެ ހެއްޔެވެ؟ ތިޔައީ ޑަބަލްސްޓޭޑަޑް އެވެ.
މިފްތާހް
30 June 2016
ފަޤީރުންނަށް ހަމަ ނިކަމެތިގޮތް، ތިޔަ ތިއްތު ކުއްޖާއަކީ އެމެރިކާ ނޫނީ ޔޫރަޕް ކުއްޖެއްނަމަ މިލިއަން ޑޮލަރ ދޭންޖެހޭނެ. މިއީ ހަމަ ކަން. ލޮލް.
ބޫ
30 June 2016
ތީމިރާއްޖޭގެ ކަމެއްނަމަ ކުށްވެރިވާނީ މަރުވި ކުއްޖާއާއި އޭނާގެ ޢާއިލާ.
ބޯގޯސް
30 June 2016
ސަރުކާރުގައި އުޅޭ އަންހެން އަދި ފިރިހެން ބޭފުޅުންނަށް ވެދެންސަލާމަތް ފަހު ދަންނަވަން. ނި އާޓިކަލްގަ ހުރި ލިޔުންތައް ކިޔާނެ ކަމެއްނެތް. ހަމަ އެކަނި ފޮޓޯ ބަލާބަލަ. އަދި ވިސް ނާލަ ބަލަ. މަތީ މަގާމެއްގައި ހުރި މީހެއް ކާރުގައި ވަޑައިގެން ވާހަކަ ދައްކަން ބިންމަތީގައި ނިކަތި ފަގީރުން ނާއި އެކު. ވިސްނާ ފިކުރު ކުރޭ.
ލޮލް
30 June 2016
ވިސްނަބަލަ. 7 އަހަރުގެ ކުޑަ ކުއްޖެއް މަރުވީ އޭނަގެ މޮޓޯކޭޑުން ޖެހި..... ކުނާ މަތީގަ އިށީނީމަ ނިމުނީދޯ؟