ބެޓިސްގެ ހަވީ ގާސިއާ (ކ) ކައިިރިން ރެއާލްގެ ރޮނާލްޑޯ ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
21 ސެޕްޓެމްބަރ 2017 - 10:13
މެޑްރިޑް (ސެޕްޓެމްބަރު 21) - ކްރިސްޓިއާނޯ ރޮނާލްޑޯ ސަސްޕެންޝަނަށް ފަހު އެނބުރި އައި މެޗުން ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވެ އިތުރު އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
ސްޕެނިޝް ސުޕަ ކަޕްގެ ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑާއި ކުޅިގެން ސްޕެއިނުގެ މުބާރާތްތަކަށް ރޮނާލްޑޯ ވަނީ ފަސް މެޗަށް ސަސްޕެންޑް ކޮށްފަ އެވެ. ރޮނާލްޑޯ ނުލައި ލީގުގައި އެންމެ ފަހުން ރެއާލް ކުޅުނު ދެ މެޗުން އެއްވަރުވިއިރު، ރޭ ވަނީ ބަލިވެފަ އެވެ.
މި ބައްޔާ އެކު ރެއާލް ލީގުގެ ހަތް ވަނަ އަށް ވެއްޓުނުއިރު، އެއް ވަނައިގައި އޮތް ބާސެލޯނާއާ އެ ޓީމާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ކުޅުނު ފަސް މެޗު ވެސް ކާމިޔާބުކޮށް ބާސެލޯނާ އެއް ވަނައިގައި އޮތީ 15 ޕޮއިންޓް ހޯދައިގެންނެވެ. ހަތް ވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ ފަސް މެޗުން އަށް ޕޮއިންޓެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ވަނީ ބެޓިސް ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ބެޓިސްގެ ކީޕަރު ކުރިން ރެއާލަށް ކުޅުނު އެންޓޯނިއޯ އަޑާން ވަނީ ގިނަ ބޯޅަތައް މަތަކޮށްފަ އެވެ.
މެޗުގެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި ބެޓިސް މޮޅުކޮށްދިން ލަނޑު ޖެހީ އެންޓޯނިއޯ ސަނަބްރިއާ އެވެ. މި ލަނޑާ އެކު ބެޓިސް އިން ވަނީ 19 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ރެއާލް އަތުން މޮޅެއް ހޯދައިފަ އެވެ. އެންމެ ފަހުން ބެޓިސް ރެއާލް އަތުން މޮޅުވީ 1998 ވަނަ އަހަރު އެވެ.
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މި މެޗުން އެ ޓީމަށް ތިން ޕޮއިންޓް ހައްގުވާ ކަމަށެވެ.
"މިދިޔަ ސީޒަނުގައި އަހަރެމެން ރަނގަޅަށް ނުކުޅޭ މެޗުތަކުން އެބަހުރި މޮޅުވެފައި. މި ސީޒަނުގައި އެކަން ހިނގަނީ މުޅިން ތަފާތުކޮށް. މޮޅަށް ކުޅޭ މެޗުތަކުގައި މި ދަނީ ބަލިވަމުން،" ޒިދާން ބުންޏެވެ.
ވާދަވެރި ބާސެލޯނާއާ ދެމެދު އޮތް ފަަރަގު ބޮޑުވަމުންދިޔަ ނަމަވެސް ޒިދާން ބުނީ އަދި ކަންބޮޑުވާ ހިސާބަށް އެ ޓީމުގެ ހާލަތު ނުދާ ކަމަށެވެ.
"މިއީ ވަރަށް ދިގު ލީގެއް. ފަސް މެޗު ނިމޭއިރު އޮންނަ ތަފާތާއި ލީގުގެ ފަހު ކޮޅުގައި ފެންނަ ތަފާތު ވަރަށް ބޮޑުވާނެ. މާޔޫސްވާންޖެހޭ ހިސާބަށް ހާލަތު ގޯހެއް ނުވޭ،" ޒިދާން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕާންޑޭ ރިޔޫނިއަމް
21 September 2017
ކުމާރުމެން އެތިބީ މެސީއައް ގޮސް ހުސްވެފަ. އައި ޑޯންޓް މައިންޑު
ރަދީފް
21 September 2017
މަރުހަބާ ބެޓިސް.
ބެޓިސް
21 September 2017
މަރުހަބާ ރަދީފް
ގާޑިއާބެ
21 September 2017
އެބަރަނގަޅުވޭ..
ކުމާރު
21 September 2017
އެއުޅޭ އެމްބާޕޭ އަށް މިމެޗް ފެނުނުކަމަށް އުއްމީދު ކުރަން ހުސް ގޯލު ލިބުނީމަވެސް ޖެހީ ޖައްވަށް، ފަޒާގެ ތެރެޔަށް ޓޭބަލް މަތިން ދުރުމި އަޅައިން ބެލިއަސް ރެއަލް މެޑްރިޑް ނުފެނޭ
އެމްބާޕޭ
21 September 2017
އަހަރެންނަށް ތިމެޗު ފެނުން. ވަރަށް ދެރަވި.
ކުމާރު
21 September 2017
މެޗް ބަލާހެނެއް ހިއެއްނުވޭ ނޫސްތަކަށް ދޭ ބަސްދީގަތުން ކިޔާލީމަ.ލޮލް.
އެމްބާޕޭ
21 September 2017
ކޮންމެހެން އެހެން މީހުންނަށް ކަމުދާ އެއްޗެއް މަށަށް ކަމުނުގޮއްސާނެ ދޯ. އެންމެންގެ ޓޭސްޓް އެއްގޮތެއްނުވާނެ. މެސީގެ ފޭނުންގެ ހަޖަމުގެ ބައި ދައްވުން އެއީ މަށަށް މައްސަލައެއްނޫން.