ޚަބަރު / ތ. ވޭމަންޑޫ

އަލަމްގެ ފައިގެ އިންފެކްޝަން ނައްތާލެވިއްޖެ: އާއިލާ

އަލަމްގެ ފައިގެ ބައެއް ގިރިފައި --ފޮޓޯ: އާއިލާ

ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅުމުން އިންފެކްޝަން އުފެދި ކަނާތު ފައިގެ ބައެއް ގިރުނު ތ. ތިމަރަފުށީ ޒުވާނާގެ ހާލު މިހާރު ރަނގަޅު ވަމުން އަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.

ތިމަރަފުށީ ކައުންސިލް އިދާރާގެ ޕުރޮޖެކްޓް އޮފިސަރެއްގެ މަގާމުގައި ހުރި އަލަމް އައްބާސް، 23، ގެ އާއިލާގެ މެމްބަރަކު ބުނީ ފައިގެ އިންފެކްޝަން މިހާރު ނައްތާލެވިފައިވާ ކަމަށެވެ. އެކަމަކު ކަނާތު ފައިގެ ކުޑަ ހުޅު ކައިރިން ގިރުނު ބަޔަށް އޭގެ ޒާތުގައި އަމިއްލައަށް މަަސްއަރާތޯ ބަލަން އަދިވެސް އޮތީ އޭޑީކޭގައި އެޑްމިޓްކޮށްފައި ކަމަށް އޭނާ ބުންޏެވެ.

"މިހާރު ހަމަ އެޑްމިޓްކޮށްފައި އޮތީ ގިރުނު ހިސާބަށް މަސް އަރާތޯ. މަސް ނާރައިފިއްޔާ އޮޕަރޭޝަނެއްކޮށް ގައިގެ އެހެން ތަނަކުން މަސް ނަގައިގެން ލައްވަން ޖެހޭނީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.

ވޭމަންޑުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް އަލަމް ދިޔައީ ފުުޓްބޯޅަ ކުޅެނިކޮށް ބޯޅަ މާ ބަރަށް ޖެހުމުން ފަޔަށް އެރި ތަދު ބޮޑުވުމާއި އެ ހިސާބުގަނޑު ދުޅަވުމުންނެވެ. އެ ހޮސްޕިޓަލުން އެތަނުގައި ޕްލާސްޓަރު އެޅި އެވެ. އޭގެ ތިން ދުވަސް ފަހުން އެ ހިސާބުގައި ފާރުގަނޑެއް އުފެދި، ދޮސް ބައިފަން ފެށި އެވެ.

Plaster nattaala dheyn aadheys kurin, miee hospital ge massala eh: alam

Plaster nattaala dheyn aadheys kurin, miee hospital ge massala eh: alam

The most trusted news source in the Maldives

Mihaaru

އަލަމްގެ ފައި ގިރުމާ ގުޅޭ ގޮތުން "މިހާރު"އަށް ދިން އިންޓަވިއު

އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެނައުމުން ޑޮކްޓަރުން ފުރަތަމަ ލަފާކުރީ އިންފެކްޝަން އުފެދިފައި އޮތްލެއް ބޮޑުކަމުން އެ ފައި ބުރިކޮށްލަން ވެސް ޖެހިދާނެ ކަމަށެވެ. ނަމަވެސް ދޭން ފެށި ފަރުވާއާ އެކު އެ އިންފެކްޝަން ރަނގަޅުވާން ފެށި އެވެ.

އަލަމްގެ ހާލަތާ ބެހޭ ގޮތުން އޭޑީކޭ އިން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އޭޑީކޭ އާއި އައިޖީއެމްއެޗުގެ ޑޮކްޓަރުން ނިންމާފައި ވަނީ އޭނާއަށް ކުރިމަތިވި މައްސަލާގައި މީޑިއާއާ އެއްވެސް ވާހަކައެއް މިވަގުތު ހިއްސާނުކުރަން ކަން ވެސް އެނގިފައިވެ އެވެ.

އޭޑީކޭގައި އޮވެ "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި އަލަމް ބުނީ އޭނާގެ ފައި އެހާ ބޮޑަށް ގޯސްވީ ޕްލާސްޓަރުގެ ސަބަބުން މާ ބޮޑަށް ތަދު އަރައިގެން ހޮސްޕިޓަލަށް އަލުން ގޮސް ޕްލާސްޓަރު ނައްޓާލަދޭން އާދޭސްކުރުމުން ވެސް އެގޮތަށް އަމަލްނުކުރުމުން ކަމަށެވެ.

ތ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒަކީ ވިދާޅުވެފައި ވަނީ އަލަމްގެ މައްސަލާގައި އެ ހޮސްޕިޓަލްގެ އިހުމާލެއް އޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ހުރިހާ ލިއެކިއުންތައް ހެލްތު މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

8 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 74%
icon sad icon sad 21%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސްކިޕަރ

26 September 2017

ރަނގަޅުވަމުން އަންނާތީ އުފާކުރަން.. އަލްޙަމްދުލިއްﷲ

The name is already taken The name is available. Register?

ވައްހާބު

26 September 2017

ނިކަން އާފޭލިހެދިގެންއުޅޭނެ މިދިވެހިން.

The name is already taken The name is available. Register?

ސައްޕު

26 September 2017

ގެޓް ވެލް ސޫން

The name is already taken The name is available. Register?

ސާދާސީދާ

26 September 2017

އަވަސް ޝިފާއަކަށް އެދި ކީރިތިﷲ އަށް ދުޢާދަންނަވަން.

The name is already taken The name is available. Register?

ޔާސިރު

26 September 2017

މިރާއްޖޭގައި އެއްވެސް ހޮސްޕިޓަލެއްގައި ހިނގާ ކަމެއްގައި އެމީހުން ޒިންމާއެއް ނުނަގާނެ އެވެ. ހުދު ހެލްތު މިނިސްޓްރީން ވެސް އެއްވެސް ކަމެއްގައި ޒިންމާއެއް ނުނަގާނެ އެވެ. އެންމެ ނާގާބިލް މީހުން ލައިގެން ހިންގާ މިނިސްޓްރީއަކީ ހެލްތު މިންސްޓްރީއެވެ. މިއަދު ބޮލުން ކަޓުވާލައިގެން ތިބެވިދާނެ އެވެ. އެކަމަކު މާދަމާ ﷲ ގެ ދަރުބާރުގައި ބޮލުން ކަޓުވައެއް ނުލެވޭނެއެވެ.

The name is already taken The name is available. Register?

ހެޔޮއެދޭމީހާ

26 September 2017

އޭނާއަށް އަވަސް ޝިފާއެއް މިންވަރުކޮށް ދެއްވުން އެދެން

The name is already taken The name is available. Register?

ސޯލްޖަރ

26 September 2017

ޒަކީމެން ކަހަލަ ނާގާބިލު މީހުން ހޮސްޕިޓާތަކައް ވެރިންނަށް ލީމާ ވާނެގޮތް މިފެންނަނީ ތިބުނާ ޒަކީއެއް ކިޔެވި އެއްޗެއް ކިޔެވި ތަނެއް އެނގޭމީހަކު ހިޔެއްނުވޭ މި ދުނިޔޭގަ އުޅޭހެނެއް

The name is already taken The name is available. Register?

ބައްޓެ

26 September 2017

ޒަކީ ކީއްކުރީ؟ ޒަކީތަ އޭނަބެލީ؟ސިކުނޑީގަ ހަސަދައިގެ އިންފެކްޝަން އުފެދިފަތިހުރީ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454