ކުޅިވަރު / އަސަދުﷲ އަބްދުﷲ

އޮޕަރޭޝަނަށް ފަހު އަސަދުﷲ: "އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަކޮށް"

މާލެ: 19 ޖުލައި 2017 ، އަމްދާން އަލީ (އެންޑީ) ކާމިޔާބުކުރި ގޯލުން ނިއުއާ 1-1 އިން އެއްވަރުކޮށް އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަންކަން މާޒިޔާ ހޯދުން--. ފޮޓޯ:ނިޝާން އަލީ/ މިހާރު

ކަކުލަށް ލިބުނު ބޮޑު އަނިޔާ އަށް ފަރުވާ ހޯދަން މާޒިޔާ އާއި ގައުމީ ފުޓްބޯޅަ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ އަންގާރަ ދުވަހު އޮޕަރޭޝަން ކޮށްފަ އެވެ. އަނިޔާއާ އެކު އަސަދުﷲގެ ސީޒަން ނިމިފައިވާއިރު، އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ތާރީހެއް ސީދާ ބުނަން ނޭނގެ އެވެ. އެކަމަކު އަސަދުﷲ ބުނީ އެނބުރި އަންނާނީ ކުރިއަށް ވުރެ ވަރުގަދަ ކޮށް ކަމަށެވެ.

އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ. ލިބުނު އަނިޔާގެ ތަފްސީލެއް ހޯދުމަށް އަސަދުﷲގެ ޓެސްޓްތަކެއް މާލެ އާއި ސްރީލަންކާގައި ވެސް ހެދި އެވެ. އެ އަށް ފަހު އެނގުނީ އޮޕަރޭޝަން ކުރަން ޖެހޭނެ ކަމެވެ.

އަސަދުﷲގެ ވާތު ކަކުލުގެ މެނިސްކަސް އާއި ލިގަމެންޓްގެ ސާޖަރީ ހެދީ އިންޑިއާގެ ކޮއިމްބަތޫރުގެ އޯރުތޯ-ވަން އޮރުތޮޕެޑިކް ސްޕެޝިއަލްޓީ ސެންޓަރުގައި އަންގާރަ ދުވަހު އެވެ. އާންމުކޮށް މިފަދަ އަނިޔާތަކުން އެއްކޮށް ރިކަވާވެ އަލުން ކުޅުމަށް އެނބުރި އައުމަށް ހައެއް ނުވަތަ ހަތް މަސް ވަރު ނަގަ އެވެ.

"އޮޕަރޭޝަން ކާމިޔާބު އިރާދަކުރެއްވިއްޔާ. ކުޅެން ނުކުމެވޭނެ ދުވަހެއް ނޭނގެ. މި ސީޒަނުގައި ދެން ނުކުޅެވޭނެ. ކުރިއަށް ވުރެ ވަރުގަދަކޮށް އެނބުރި އަންނާނަން. އިންޝާﷲ،" އަސަދުﷲ "މިހާރަ"ށް ބުންޏެވެ.

މިލަންދޫ މެޗުގައި އަނިޔާވެގެން އަސަދުﷲ އަށިގަނޑަށް ލައިގެން ބައިވެރިވަނީ.-- ފޮޓޯ: މާޒިޔާ

އަސަދުﷲ ގެއްލުމަކީ މާޒިޔާ އަދި ގައުމީ ޓީމަށް ވެސް ލިބޭނެ ގެއްލުމެކެވެ. މާޒިޔާގެ ކޯޗު މެސެޑޯނިއާގެ މަރްޔާން ސެކުލޮސްކީ ބުނީ އަސަދުﷲ ނެތްތަން އެ ޓީމުން ދައްކާނެ ކަމަށާއި އެހެން ނަމަވެސް އަނިޔާ އަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ކުރިމަތިވެދާނެ ކަމެއް ކަމަށާއި އެކަމަށް ކޮންމެ ޓީމަކުން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

ސެކުލޮސްކީ ވަނީ އަސަދުﷲއާ އެކުގައި މާޒިޔާ އާއި އެ ޓީމުގެ ކުޅުންތެރިން ތިބި ކަމަށް ބުނެފަ އެވެ. އަދި އޮޕަރޭޝަނަކީ ޗެލެންޖެއްގެ ގޮތުގައި ނަގައިގެން ކުޅުމަށް އެނބުރި އައިސް ތަފާތު މޮޅު ކުޅުމެއް ދެއްކުމަށް ހިތްވަރު ދީފަ އެވެ.

އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އިން ފުރަތަމަ ޑިވިޝަނަށް ތައާރަފްވި އދ. މަހިބަދޫ އަށް އުފަން އަސަދުﷲ ވަނީ މީގެ ކުރިން ކްލަބް ވެލެންސިއާ އަށް ވެސް ކުޅެފަ އެވެ. ފާއިތުވި ފަސް އަހަރު މާޒިޔާގެ އެޓޭކުގައި އެންމެ މުހިއްމު ދައުރެއް އަދާކޮށް އެ ޓީމު ހޯދި ގިނަ ކާމިޔާބީތަކުގައި އަސަދުﷲގެ ދައުރު ބޮޑެވެ. މާޒިޔާ އަށް ސަތޭކަ އަށް ވުރެ ގިނަ ލަނޑު ޖެހިއިރު، އަސަދުﷲ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިއާގެ މަގާމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާ އަށްދޭ ރަން ބޫޓު ދެ ފަހަރު ހޯދައިފަ އެވެ.

9 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 14%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަމަ!

03 October 2017

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، އަޅުގަނޑު ބަލާ ގޮތުގަ އަސްކޮއަށް ދަގޭ ހާމޮޅު ނުވެދާނެ އެބުނާހެން އަޅުގަނޑައް ވެސް ފާހަކަ ކުރެވިފަވޭ އެބުނާހެން ދަގޭ މާޒިޔާ އައް ކުޅުނު އަހަރު ކުޅުނު އިރު މެޗައް ފިޓްކޮއް ހުއްޓަސް ޓީސީ އާ މާޒިޔާ ކުޅޭ އެއްވެސް މެޗެއްގަ ދަގޭ ނުކުޅޭ ނުވެސް ކުޅުވާ އެއީ ކީއްވެ ކަމެއް އިގިފަ އެއްނެތް ، ސުވާލަކީ އެއީ ކީއްވެބާއޭ ؟ ކީއްވެގެންހޭ ؟ އަދި އަޅުގަނޑައް ފަހަކަ ކުރެވުނު 2012 ނެހެރޫ ކަޕްގަ ދަގޭ އެންމެ ރަންގަޅު ދުވަސް ދުވަސް ކޮޅުގަވެސް ނެފެނުނު މޮލޭބުނާ ބުނާވަރު މޮޅުކުޅުމެއް އަޅުގަނޑު ވެސް ބަލާފަ މިބުނީ ޔަގީން ނުވާނަމަ ބަލާލަ ބަލަ ޔޫޓިއުބުން ، ދެން އެބުނާހެން ދަގޭ މިހާރު ފުރަތަމަ ކުޅެނީ ބޯޅައަކާ ނޫން ކާރި ހުންނަ ކުޅުންތެރިއާ ، ދެން ކުރިއައް އޮތް ތަނުގަ ރީތި މޮޅު ކުޅުމެއް ދަގޭ ވެސް އެހެން ކުޅުންތެރިން ވެސް ދައްކާނެ ކަމައް ދެކެން . إن شاء الله .

The name is already taken The name is available. Register?

އިބުރަތް!

03 October 2017

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم (މޮޅުކަމައް އަޅުގަނޑު ވެސް ބެލިން އެކަމަކު މިހާރު އެކުޅުންތެރިޔާވެސް ފުރަތަމަ އެގާރަ(11) ގަ އެރުވިޔަސް މާބޮޑު ފައިދާއެއް ޓީމަކައް ނުފެނޭ މިކުޅުންތެރިޔާ ވެސް ފުރަތަމަ 11އައް ނުނެގިޔަސް ރަންގަޅު) މީހަމަ އަޅުގަނޑު ދެކޭގޮތުގަ ދޮގު ބަހެއްނޫން އެބުނި ހެން އަޅުގަނޑު ވެސް ބެލިން ފަހުން ކުޅުނު މެޗްތައް ބެލިއިރު އެބުނާހެން މޮޅުކުޅުންތެރިޔާ ނިއުރޭޑިއަންޓް އާ މިލަންދޫ ކުޅުނު އިރު ނިއު އައް ކޯނަރ އެއް ލިބުނީމަ ކޯނަރ ނެގިއިރު ގޮސް މިލަންދޫ ގޯލްތެރެއައް ވަދެހުރެގެން ކީޕް ގާގަ ތަޅާ އަދި ކާރި ހުރި ކުޅުންތެރިޔާ ގާގަ ތަޅާ ހެދި އެތަނެއް ނުފެނޭ މޮޅުކުޅުންތެރި އަކަސް ފައުލް(ކުއް) ކުރިއްޔާ އެފެނަންވާނެ އަކަމަކު އޭނަކޮއްފިއްޔާ އެއީ ކުށަކައް ވެގެން ނުވޭ އަޅުގަނޑު ހަމަގާމުވެސް %100 ޔަގީން އެގޮތައް ހަދާކައް ނުކެރޭނެ ޓީސީ،ގްރީން ސްޓްރީޓް ނުވަތަ މާޒިޔާ ކުޅުން ތެރިން ކައިރިއަކު އެމޮޅުކުޅުން ތެރިޔާ އައް ، ކޮންމެ އިންސާނަކުވެސް ރަންގަޅައް ބެލީމަ އިގޭނެ ! إن شاء الله ،

The name is already taken The name is available. Register?

އިބުރަތް!

03 October 2017

بِسْمِ اللَّهِ الرَّحْمَنِ الرَّحِيم (މޮޅުކަމައް އަޅުގަނޑު ވެސް ބެލިން އެކަމަކު މިހާރު އެކުޅުންތެރިޔާވެސް ފުރަތަމަ އެގާރަ(11) ގަ އެރުވިޔަސް މާބޮޑު ފައިދާއެއް ޓީމަކައް ނުފެނޭ މިކުޅުންތެރިޔާ ވެސް ފުރަތަމަ 11އައް ނުނެގިޔަސް ރަންގަޅު) މީހަމަ އަޅުގަނޑު ދެކޭގޮތުގަ ދޮގު ބަހެއްނޫން އެބުނި ހެން އަޅުގަނޑު ވެސް ބެލިން ފަހުން ކުޅުނު މެޗްތައް ބެލިއިރު އެބުނާހެން މޮޅުކުޅުންތެރިޔާ ނިއުރޭޑިއަންޓް އާ މިލަންދޫ ކުޅުނު އިރު ނިއު އައް ކޯނަރ އެއް ލިބުނީމަ ކޯނަރ ނެގިއިރު ގޮސް މިލަންދޫ ގޯލްތެރެއައް ވަދެހުރެގެން ކީޕް ގާގަ ތަޅާ އަދި ކާރި ހުރި ކުޅުންތެރިޔާ ގާގަ ތަޅާ ހެދި އެތަނެއް ނުފެނޭ މޮޅުކުޅުންތެރި އަކަސް ފައުލް(ކުއް) ކުރިއްޔާ އެފެނަންވާނެ އަކަމަކު އޭނަކޮއްފިއްޔާ އެއީ ކުށަކައް ވެގެން ނުވޭ އަޅުގަނޑު ހަމަގާމުވެސް %100 ޔަގީން އެގޮތައް ހަދާކައް ނުކެރޭނެ ޓީސީ،ގްރީން ސްޓްރީޓް ނުވަތަ މާޒިޔާ ކުޅުން ތެރިން ކައިރިއަކު އެމޮޅުކުޅުން ތެރިޠަ އައް ކޮނަމެ އިންސާނަކުވެސް ރަންގަޅައް ބެލީމަ އިގޭނެ ! إن شاء الله ،،.

The name is already taken The name is available. Register?

ބަސް!

03 October 2017

السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް އެއްވެސް ބަޔަކައް ނުވަތަ އެއްވެސް އިންސާނަކައްވެސް ނޭދެން ، އަސްކޮއަކީ ހަމަ ސުމެއް (ސިނާން) ، މިސަރަހައްދު އެންމެ މޮޅުކުޅުންތެރިޔާ ކަަމައް ބުނާ ކުޅުންތެރިޔާ މޮޅޭ ބުނަނީ ކޮންގޮތަކުންބާ މިހާރު ، ކުރީގަ މޮޅުކަމައް މިބުނީ 1999-2007 ހަޔައް މޮޅުކަމައް އަޅުގަނޑު ވެސް ބެލިން އެކަމަކު މިހާރު އެކުޅުންތެރިޔާވެސް ފެރަތަމަ އެގާރަ(11) ގަ އެރުވިޔަސް މާބޮޑު ފައިދާއެއް ޓީމަކައް ނުފެނޭ މިކުޅުންތެރިޔާ ވެސް ފުރަތަމަ 11އައް ނުނެގިޔަސް ރަންގަޅު މިހެންމިބުނީ އަސްކޮ ކުޅޭނީ ބޯޅަޔާ އެކަމަކު އެބުނާ މޮޅު ކުޅުންތެރިޔާ ކުޅޭނީ ބޯޅަޔަކާނޫން ކުޅުންތެރިންނާ މީހަމަހުރެފަ ބުނާ ވާހަކައެއްނޫން މިކުޅުނަތެރިޔާ ކުޅޭތަން ބެލީމަ އިގޭނެ ބަލާތި އެކުޅުންތެރިޔާ އެއީ ފިޒިކަލީ ފިޓް ކުޅުންތެރިއެއް! ﷲއިރާދަފުޅުކުރެއްވިއްޔާ ބަލާތި އަޅުގަނޑު މިބުނި ބަހުގަ ހުރިވަރުވެސް ، ، إن شاء الله ، أمين ،،،،،!.

The name is already taken The name is available. Register?

ޢިޣޭނެތާ!،

01 October 2017

السلام عليكم ورحمة الله وبركاته ، بِسْمِ اللَّهِ الرَّحْمَنِ الرَّحِيم ، ﷲއިރާދަފުޅުކުރެއްވިއްޔާ ދުވަހަކުވެސް ދެރަ ގޮތެއްވުމަކައް އެއްވެސް ބަޔަކައް ނުވަތަ އެއްވެސް އިންސާނަކައްވެސް ނޭދެން ، އަސްކޮއަކީ ހަމަ ސުމެއް (ސިނާން) ، މިސަރަހައްދު އެއންމެ މޮޅުކުޅުންތެރިޔާ ކަަމައް ބުނާ ކުޅުންތެރިޔާ މޮޅޭ ބުނަނީ ކޮންގޮތަކުންބާ މިހާރު ކުރީގަ މޮޅުކަމައް މިބުނީ 1999-2007 ހަޔައް މޮޅުކަމައް އަޅުގަނޑު ވެސް ބެލިން އެކަމަކު މިހާރު އެކުޅުންތެރިޔާވެސް ފެރަތަމަ އެގާރަ(11) ގަ އެރުވިޔަސް މާބޮޑު ފައިދާއެއް ޓީމަކައް ނުފެނޭ މިކުޅުންތެރިޔާ ވެސް ފުރަތަމަ 11އައް ނުނެގިޔަސް ރަންގަޅު މިހެންމިބުނީ އަސްކޮއަށް ކުޅޭނީ ބޯޅަޔާ އެކަމަކު އެބުނާ މޮޅު ކުޅުންތެރިޔާ ކުޅޭނީ ބޯޅަޔަކާނޫން ކުޅުންތެރިންނާ މީހަމަހުރެފަ ބުނާ ވާހަކައެއްނޫން މިކޅުނަތެރިޔާ ކުޅޭތަން ބެލީމަ އިގޭނެ ބަލާތި (އެކުޅުންތެރިޔާ އެއީ ފިޒިކަލީ ފިޓް ކުޅުންތެރިއެއް! ﷲއިރާދަފުޅުކުރެއްވިއްޔާ ބަލާތި އަޅުގަނޑު މިބުނި ބަހުގަ ހުރިވަރުވެސް ، ، إن شاء الله ، أمين ،،،،،!.

The name is already taken The name is available. Register?

ކާކު

01 October 2017

ކާކުގެ ވާހަކައެއް ތި ކިޔަނީ

The name is already taken The name is available. Register?

މާނު

29 September 2017

ސިނާން އަންނަންވީނުން ފެންވަރުދަށްކަން އެތަށްބަޔަކަށްފެންވަރު އެގޭތީ އެކުޅެނީ ހަޖަމުކުރޭ

The name is already taken The name is available. Register?

ސިނާން

29 September 2017

އަސްކޮއަށް ވެސް އަދި ކޮންމެ މީހަކަށްވެސް ދެރައެއް، އަނިޔާއެއް ލިބުމަކީ އެއްގޮތަކަށްވެސް އެދޭނެ އެދުމެއްނޫން. އެކަމު އަސްކޮއަކީ ހަމަ ސުމެއް. އަސްކޮ ނެތަސް ވާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ޤައުމީޓީމަކަށް، އަސްކޮއަކީ އެއްވެސް ވަރަކަށް ފުރަތަމަ 11 ގައި އަރުވަންޖެހޭވަރު މީހެއްވެސް ނޫން. އެ ފެންވަރެއް ނެތް އަސްކޮގެ އެއް. ސޮރީ ބްރޯ

The name is already taken The name is available. Register?

މާނު

28 September 2017

ޕެލޭވެސް ފުރަތަމަ އަހަރު ވޯލްޑްކަޕްގަ ކަކޫ އެންޖަރީވެގެން ނުކުޅެވުން ދެން ހުރިހާފަހަރަކު އެންމެ މޮޅު ކުޅުންތެތިޔާ ބްރެޒިލްގެ ރޮނާލްޑޯވެސް ކަކޫ އޮޕަރޭސަނަށްފަހު ގަދަ ހިއްވަރާއެކު އެބުރިއައިސް ދުނީއޭގެ މޮލުކުޅިންތެތިޔާހޯދީ އަސަކޯއަށްވެސްވާން ހިތްވަރުކުރޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454