މެމްބަރު ރިޔާޒް: އޭނާގެ ދެ މައްސަލައެއް ކޯޓުގައި މިހާރު ވެސް އެބަ ހިނގާ --ފޮޓޯ/މިހާރު
28 ސެޕްޓެމްބަރ 2017 - 11:44
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.
ރިޔާޒް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ ހަގީގަތާ ޚިލާފް ދޮގު ވާހަކަ ފަތުރައި، ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ފުލުހުންގެ މުއައްސަސާ ބަދުނާމްކޮށް، ދޮގު ވާހަކަތައް މީޑިއާ މެދުވެރިކޮށް ދައްކާ ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލައިގައި ރިޔާޒް މިރޭ ހާޒިރުކުރަނީ ސުވާލުކޮށް، ބަޔާން ނެގުމަށް ކަމަށް އޭނާ އަށް ފުލުހުން ފޮނުވި ޗިޓްގައިވެ އެވެ.
ރިޔާޒް ފުލުހަށް ހާޒިރު ކުރާ އިރު މިދިޔަ ޖުލައި މަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލައިގައި ދައުލަތުން ދައުވާ ކުރާ މެމްބަރުންގެ ތެރޭގައި ރިޔާޒް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށައިފަ އެވެ.
މީގެ އިތުރުން ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން ކަމަށް ބުނެ ރިޔާޒަށް ކުރި ދައުވާ ސާބިތުނުވި މައްސަލަ ވެސް ދައުލަތުން އޮތީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުބެއާދަނު
29 September 2017
ތިޔާގަ ނެތެއްނޫން ގޯހެއް. ކުށްކުރާމީހުން ފުލުހަށް ގެންދާނެ. ގެންދަންވީ ބަންދުވެސް ކުރަންވީ.
ކަމަނަ ގޯތީ އާދަނު
28 September 2017
ތިޔައީ ފުލުހުން ކޮންމެހެން ތަހުގީގު ކުަރަންޖެހޭ ވަރުކަމެއްތަ؟ ރިޔާޒްމެން ބުނާ އެއްޗެއް ބުނަނީ ވަރަށް ސާބިތުކަމާއެކު ޕޯޑިޔަމް ތަކަށް އަރާ. އެ ވީޑިޔޯ ރެކޯޑިންގް ބަލަންވީނު. ތިމީހުން ވިއްޔާ ތަހުގީގު ކޮށްފައިބުނީ ފާރިސްވެސް ރިޝްވަތި ދެއްވި ދުވަހެއްނޭގެޔޭ. ދެއްވީ ކިހާވަރެއްކަމެއްނޭގެޔޭ.ދެއްވީ ކާކަށް ކަމެއްނޭގެޔޭ... ހިތައްއަރާ ތީ ކޮންއެއްޗެއް އެގޭ ބައެއްބާވައޭ!
އުމަރު
28 September 2017
އަބްދުﷲ ރިޔާޒް އެތެރެކޮށްފައިނޫނީ ރައީސް ޔާމީނު ހިތެއް ހަމަނުޖެހޭނެ، ހުރިހައި މީހުން ޖަލައްލާފައިނަމަވެސް ޔާމީނު 2018 ގެ އިންތިހާބު ބޭނުންވާނެ
ރަދީފް
28 September 2017
ރިޔާޒް، އަފްރާޝީމް މަރުގެ މައުލޫމާތު ހާމަކުރާ ވަގުތު ނުޖެހޭތަ؟؟