ރައީސް އޮފީސް: އެއްފަހަރު ލުއި ލިބިފައިވާ ނަމަ އެ މައްސަލައަކާ ގުޅިގެން އިތުރު ލުޔެއް ދޭން އެދި ހުށަހެޅޭނީ ރިޔާސީ ދައުރު ނިމުމުން --ފޮޓޯ/މިހާރު
28 ސެޕްޓެމްބަރ 2017 - 16:32
ހުކުމް ތަންފީޒުކުރާ މީހުންނަށް އެއް މައްސަލައެއްގައި ލުއި ދެވޭނީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ތެރޭގައި އެއް ފަހަރު ކަމަށް ހަމަޖައްސައި، ކްލެމެންސީ ބޯޑުގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ.
ކްލެމެންސީ ބޯޑުގެ ގަވާއިދުގައި ކުރިން އޮންނަ ގޮތުން ހުކުމް ތަންފީޒު ކުރަމުންދާ މީހެއްގެ އަދަބު ލުއިކުރުމަށް ހުށަހެޅުމުން ރައީސް ލުއި ދެއްވިޔަސް އަދި ނުދެއްވިޔަސް އޭގެ ހަ މަސް ފަހުން އެ މައްސަލާގައި ލުއި ދިނުމަށް އަލުން އެ މީހަކަށް އިލްތިމާސް ހުށަހެޅިދާނެ އެވެ.
އެކަމަކު އެ ގަވާއިދަށް ގެނައި އިސްލާހު ބުނާގޮތުން ކުށްވެރިއަކަށް ރައީސް ލުއި ދެއްވައިފި ނަމަ، ރައީސްގެ ރިޔާސީ އެ ދައުރު ނިމުމުގެ ކުރިން އެ މައްސަލައަކާ ގުޅިގެން އިތުރު ލުޔެއް ދޭން އެދި އިލްތިމާސެއް ހުށައެއް ނޭޅޭނެ އެވެ. ނަމަވެސްލުއި ނުދޭން ރައީސް ނިންމަވައިފި ނަމަ، އެ ނިންމުން ނިންމަވާތާ ހަ މަސް ފަހުން އަނެއްކާވެސް އިލްތިމާސް ކުރެވިދާނެ އެވެ.
މިގޮޮތަށް ހަމަޖެއްސިޔަސް، ރައީސްގެ އިސް ނެންގެވުމުގައި ބައެއް ކުށްތަކަށް އަދަބު ލުއިކޮށް ދިނުމުގެ ފުރުސަތު އޮންނާތީ ރިޔާސީ ދައުރެއްގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހަކަށް ލުއި ލިބުމުގެ ފުރުސަތު އެބައޮތެވެ. ސަބަބަކީ ކްލެމެންސީ ބޯޑުގެ ގަވާއިދަކީ ހުކުމް ތަންފީޒުކުރާ މީހާގެ ފަރާތުން އަމިއްލައަށް އިލްތިމާސް ހުށަހެޅުމުން ލުއި ދެއްވުމުގައި އަމަލުކުރާ ގަވާއިދަކަށް ވާތީ އެވެ. އެކަމަކު ރައީސްގެ އިސް ނެންގެވުމުގައި އަދަބު ލުއިކޮށް ދެނީ އެކަމަށް ހަދާފައި އޮންނަ ވަކި އުސޫލެއްގެ ދަށުންނެވެ.
މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އުފެދިފައި އޮންނަ ކްލެމެންސީ ބޯޑަކީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގައި ރައީސަށް ލަފާ އަރުވާ ބޯޑެވެ. މައާފް ދިނުމަށް ނުވަތަ އަދަބު ލުއިކޮށް ދޭން އެދި ރައީސަށް އިލްތިމާސް ހުށަހަޅާ ނަމަ ހުށަހަޅަން ޖެހޭނީ އެ ބޯޑަށެވެ. އެކަމަކު އެ ބޯޑުން ދޭ ލަފާތަކަށް އަމަލު ކުރުން ރައީސަށް ގާނޫނީ ގޮތުން ލާޒިމެއް ނުވެ އެވެ.
އަދަބު ލުއިކޮށް ދިނުމުގެ ގޮތުން، ހުކުމުގެ މުއްދަތު ކުރުކޮށް ދިނުމާއި އެ މީހަކު ތަންފީޒުކުރާ އަދަބު ލުއި ބާވަތަކަށް ބަދަލުކޮށް ދިނުން ފަދަ ބާރު ރައީސަށް ގާނޫނުން ލިބިދެ އެވެ. އެކަމަކު ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކަން ހުކުމްކޮށްފައިވާ ނަމަ އެއީ ރައީސަށް ލުއި ދެވޭ ކަމެއް ނޫނެވެ. އަދި ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައި މަރަން ހުކުމްކޮށްފައި ތިބޭ މީހުންގެ އަދަބު ވެސް ރައީސަށް ލުއިކޮށެއް ނުދެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
falaku ain
29 September 2017
ދައުރެއްގެ ތެރޭގަޔޭ. މާގިނަ ދައުރު ހޯދަންތަ އަދިވެސް ވިސްނުމުގައި ތިހުރީ. ދައުރުގެ ތެރޭގައި ކޮންމެމަހަކު ލުއިދިނަސް އަހަރެމެންގެ ވޯޓެއް ނުލިބޭނެ.
މަހޭ
29 September 2017
ކޮބާ ރޭވުމުގެ ދަޝުން ޖަލައްލީ މީހުން ދައުރު ނިމުމުގެ ކުރިން ޖަލުން މިނިވަން ކުރަންދޯ؟ ތީ އެންމެނަށް އިގޭ ބޮޑު ސިއްރެއް. ރޭވުމުގެ ދަށުން އެކިޑީލްގެ ދަށުން ޖަލުގެ ތޭރި ތަކުގެ ތެރޭގަ އެބަ ތިބި މީހުން ލާފަ. ކޮންމެހެން އެހެން މީހުންގެ ލޯތަކަށް އޮޅުވާލާނެ ކަމެއްނެތް؟ ވަކި މުއްދަތެއް ފަހުން މިނިވަން ކުރާނެ ކަަަމަށް ބުނެ ކިތައް މީހުންތޯ މިހާރު ތޭރި ތަކަކުބެ ބިއްދޮށަށް ލާގެން؟؟؟؟؟؟ ހުސް ޑްރާމާ ކުޅޭ ފޭކު އެކުޓަރުން މިއުޅެނީ ހަހަހަހަހަހަ
ހަސަން
29 September 2017
" މިގޮޮތަށް ހަމަޖެއްސިޔަސް، ރައީސްގެ އިސް ނެންގެވުމުގައި ބައެއް ކުށްތަކަށް އަދަބު ލުއިކޮށް ދިނުމުގެ ފުރުސަތު އޮންނާތީ ރިޔާސީ ދައުރެއްގެ ތެރޭގައި އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މީހަކަށް ލުއި ލިބުމުގެ ފުރުސަތު އެބައޮތެވެ. " މިވީކޯޗަކަށް ....
ޓޮމް
28 September 2017
މަސްހުނި މޮޑޭނެކަމެއްނެތް 2018 ރައީސް ނަސީދު ﷲ ގެވާގިފުޅާއިއެކު މިނިވަންވެ ރައީސްކަންކުރާނެ.
ބެމްބޫ
29 September 2017
އިރާދަފުޅުން ނަޝީދު ދެން މިގައުމުގައި ވެރިކަމެއް ނުކުރާނެ. އަހަރެންވެސް މިސަރުކާރުދެކެ ރުޅިއާދޭ. އެކަމަކު ނަޝީދު ވެރިކަމަށް ގެނައުމަށްވުރެން ޔާމީނުވެސް މާރަނގަޅު ވެރިކަމުގައި ބަހައްޓަން.