ސިޓީގެ ޑިބްރޭނާ (ކ) އަތުން ބޯޅަ ހޯދަން ޗެލްސީގެ ވިލަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ
01 އޮކްޓޯބަރ 2017 - 09:38
ލަންޑަން (އޮކްޓޫބަރު 1) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ވާދަވެރި ޗެލްސީ އަތުން 1-0 އިން މޮޅުވުމުން ދެ އުފަލެއް ލިބުނު ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ރޭގެ މޮޅާ އެކު ސިޓީ ވަނީ ލީގުގެ އެއް ވަނައިގައި މަގާމު ދަމަހައްޓައިފަ އެވެ. އެއް ވަނައިގައި އޮތް ސިޓީ އާއި ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ހަތް މެޗުން 19 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ކުރިލިބެނީ ފައިދާ ލަނޑުންނެވެ. ތިން ވަނައިގައި 14 ޕޮއިންޓާ އެކު ޓޮޓެންހަމް އޮތްއިރު، ޗެލްސީ ހަތަރު ވަނައިގައި އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ.
ރޭގެ މެޗުގައި ޗެލްސީ ކޮޅަށް ސިޓީގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ކުރިން ޗެލްސީ އަށް ކުޅުނު ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ.
"މިއީ ވަރަށް މުހިއްމު މޮޅެއް. އެއީ އަހަރެމެންނަށް އެނގޭ މިދިޔަ ސީޒަނުގައި ޗެލްސީ ހޯދި ކާމިޔާބީ. އެ ޓީމުގެ ފެންވަރު އެނގޭ. މި މޮޅާ އެކު އަހަންނަށް ލިބޭ ދެ އުފަލެއް އެބައޮތް. އެއީ މިދިޔަ ސީޒަނުގެ ޗެމްޕިއަން އަތުން މޮޅެއް ލިބުން. އަދި މި ފަހަރުގެ ސީޒަނަށް ކުރާ އުއްމީދަށް އިތުރު ހިތްވަރެއް ލިބުން،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗުކޮށްދިން ގާޑިއޯލާ ބުންޏެވެ.
ރޭގެ މެޗުގައި ޗެލްސީ އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އަނިޔާގެ ސަބަބުން ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ބަދަލު ކުރަން ޖެހުމެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ ހަތް ދުވަހުގެ ތެރޭގައި ތިން މެޗު ކުޅެން ޖެހުމުން އޭގެ އުނދަގޫ ކުރިމަތިވި ކަމަށެވެ.
"ވަރުގަދަ މެޗުތައް ކުޅެފައި ރިކަވާވާން ވަގުތު ބޭނުންވާނެ. ޗެމްޕިއަންސް ލީގުގައި ކުޅެފައި މި މެޗަށް ތައްޔާރުވާން ލިބުނީ އެއް ދުވަސް. މޮރާޓާގެ އިންޖަރީ އަކީ ވެސް އެކަމާ ގުޅިގެން ދިމާވި ކަމަކަށް ވުން އެކަށީގެންވޭ،" ކޮންޓޭ ބުންޏެވެ.
ލީގުގައި ރޭ ޔުނައިޓެޑް ކުޅުނު މެޗުން އެ ޓީމު ވަނީ 4-0 އިން ލީގުގެ އެންމެ ފުލުގައި އޮތް ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މި މެޗުގައި ޔުނައިޓެޑްގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ މަރުއާން ފެލައިނީ ދެ ލަނޑާއި ހުއާން މަޓާ އަދި ރޮމެލޫ ލުކާކޫ އެވެ.
ހެރީ ކޭންގެ ދެ ލަނޑާ އެކު ރޭ ޓޮޓެންހަމް ވެސް ވަނީ 4-0 އިން ހަޑްސްފީލްޑް ޓައުން އަތުން މޮޅުވެފަ އެވެ. ހަޑްސްފީލްްޑް ދަނޑުގައި ކުޅުނު މި މެޗުގައި ޓޮޓެންހަމްގެ އަނެއް ދެ ލަނޑު ޖެހީ ބެން ޑޭވިސް އަދި މޫސާ ސިސޯކޯ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބެ
01 October 2017
ރޭގަ ޗެލްސީ ހަމަހައްޕުނޑު. ސިޓީ ހެސްކިޔާފަ މޮޅުކުޅުމެއް އެދެއްކީ..
ލިވަޕޫލް ފޭންސް މޯލްދިވްސް
01 October 2017
ޗެލްސީ ބަލިވުމުން ހުރިހާ ފޭނުން ހޮރުގަ ދޯ.
ޗެލްސީ ފޭން އެއް
01 October 2017
މަ ބުނީ ލިވަޕޫލަށް ޕްރިމިއަރ ލީގު ތައްޓާއި ޗެމްޕިއަންސް ލީގު ތަށި އެންމެ ފަހުން ލިބުނީ ކޮންއިރަކުތަ؟
ޕާޓޭއިއްސެ
01 October 2017
ހުރިހާވެސް އެއްޗަކީ ފައިސާ،
ލޯންސްޓަރ
01 October 2017
ހައްހައްހައް.ހަމަ ހިނި އަންނަނީ.ޗެލްސީ ޖެހޭނީ މަހަށްދާން. ލުކަކޫ އެވަނީ ކޮންމެ މެޗެއްގަ ގޯލްޖަހާފަ.ހޮޕްހޮޕް މެންޔޫ އަދި ސިޓީ
ރަދީފް
01 October 2017
އަހަންނަކީ ސިޓީ ފޭނެއްނޫން.އެހެންނަމަވެސް ރޭގަ ސިޓީންދެއްކި ކުޅުން އަދި ކާމިޔާބީއަށް މަރުހަބާ ދަންނަވަން. މަރުހަބާ ޕެޕް.ސިޓީން ޗެލްސީގެ މައްޗަށް ތިހޯދީ ހައްގު ކާމިޔާބީއެއް.އަދި ޗެލްސީގެ ދަނޑު ސްޓެމްފޯޑް ބްރިޖްގައި އެޓީމް އައުޓްކްލާސް ކުރެވުން އެއީ 3 ޕޮއިންޓްގެ އިތުރަށް ލިބުނު ކާމިޔާބީއެއްކަމުގަ ދެކެން.އަދި ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ ކެވިން ޑިބްރޭނާ އެޓީމާއި ދެކޮޅަށް ސްކޯކުރުން އެއީ ޗެލްސީއަށް ލިބުނު ހިތްދަތިކަމެއްކަމުގަ ނޫނީ ނުވާނެ.ހޯމްގަ ކުޅުނުއިރު ޗެލްސީގެ ފަރާތުން ފެނިގެންދިޔައީ އަވޭ މެޗެއްގެ ޕާފޯމަންސް.މިދިޔަ ސީޒަނުގަ ނަސީބްވެސް އެހީވެގެން ޗެމްޕިއަންކަން ލިބުނީ.މިހާރު ތިއޮތީ ހައްގުމަގާމްގަ.ދެން ކަލޭމެން އަވަސްވެގަންނަންވީ ކޯޗް މަގާމުން ދުރުކުރުމަށް.< މިފަހަރު ހޫ ކެއާސް އެއް ނޫން ، ވީ ކެއާ > ވ.ވެދުން
ޒައިން
01 October 2017
ހޫ ކެއަރސް؟ އާސެނަލް ކިހާ ހިސާބެއްގަ