01 އޮކްޓޯބަރ 2017 - 11:52
މާލޭގައި މީހުން މެރުން އާންމުވެ، ނުރައްކާތެރި މާރާމާރީތައް ގިނަވުމުން ނުރައްކާތެރި 16 މީހެއްގެ ފައިގައި ޓެގު އަޅުވާނެ ކަމަށް ފުލުހުން ބުނި ނަމަވެސް އަމަލީ ސިފަ ޖެހެމުން ނުދާކަން "މިހާރު"އަށް އެނގިއްޖެ އެވެ.
މިދިޔަ ބުދަދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ތަރުޖަމާނު ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ 16 މީހެއްގެ ފައިގައި ޓެގް އަޅުވަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ބުރާސްފަތި ދުވަހުން ފެށިގެން ޓެގް އަޅުވާނެ ކަމުގެ މައުލޫމާތު ރަސްމީކޮށް ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވެސް ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޓެގް އަޅުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ނުރައްކާތެރި ބައެއް ކުށްވެރިންގެ ފައިގައި ޓެގް އަޅުވާނެ ކަމަށް ބުނި ފަހުން ޒުވާނަކު މަރާލައި، އެހެން ޒުވާނަކަށް ދިން ހަމަލާއެއްގައި އޭނާ އަށް އަންނަނީ ފަރުވާދެމުންނެވެ.
ނުރައްކާތެރި 16 މީހުންގެ ތެރެއިން އެކެއްގެ ފައިގައި ވެސް އަދި ޓެގް ނޭޅުވޭތީ އެކަމާ ސުވާލު ކުރުމުން ޝިފާން ވިދާޅުވީ "އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ" ކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މޮނިކޮން އަމުރު ނެރެނީ ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންގެ ފައިގައި ޓެގް އަޅުވައި، އެ މީހުން މޮނީޓާ ކުރާށެވެ. ހޯމް މިނިސްޓަރު ހުށަހަޅެއްވުމުން އެ އަމުރު ނެރެނީ ހައި ކޯޓުންނެވެ. ޓެގް އެޅުވުމުން އަމުރާ ޚިލާފްވެއްޖެ ނަމަ ދޮޅު އަހަރަށް އެމީހަކު ޖަލަށް ލުމުގެ ހުކުމެއް އާދެ އެވެ.
ކުށްވެރިންނާ ދެކޮޅަށް ސަރުކާރާއި ކޯޓުތަކުން އަމަލްކުރާ ގޮތާއި ސިޔާސީ މީހުންނާ މެދު އަމަލްކުރާ ގޮތް ވަރަށް ތަފާތު ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދެކެ އެވެ. އެކަމާ ސޯޝަލް މީޑިއާގައި ވެސް ބަހުސްކުރެ އެވެ.
ބައެއް މީހުން ހިޔާލު ފާޅުކޮށްފައިވާ ގޮތުގައި ސިޔާސީ މީހަކު ހައްޔަރުކުރަން ވަރަށް ފަސޭހައިން އަމުރު ވެސް ލިބެ އެވެ. އަދި ސަރުކާރުން ބޭނުން މުއްދަތެއްގައި ބަންދު ވެސް ކުރެވެ އެވެ.
ހޯމް މިނިސްޓަރުގެ މަގާމުގައި އުމަރު ނަސީރު ހުންނެވި ދުވަސްވަރު، ބޮޑެތި ކުށްތަކުގެ ތުހުމަތުކުރެވޭ ބައެއް މީހުންގެ ފައިގައި ޓެގް އަޅުވި އެވެ. ޖޫން 21، 2016 ގައި ހޯމް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ފަހުން އެއްވެސް މީހެއްގެ ފައިގައި އަދި ޓެގް އަޅުވާފައެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮއިކަޓް ޢަލީ
29 October 2018
މިހާރު ތިބި މަޖުލިސް މެންބަރުންގެ ބަދަލުގައި ކިޔަވައިގެން ތިބި ޤާބިލު އާމީހުނަށް ފުރުސަތު ދެމާ، އިނގިރޭސިން ކިޔަން އުނދަގޫ، އެކަކަށް ޓަކާއި މުޅި ޖަލު ހުސްކޮށްފާނެ. އެވެރިންގެ މުސާރަ ބޮޑު، 15 މަސް ޖަލްސާގައި ބައިވެރިނުވެ.
އުދުހޭ
02 October 2017
މަރުވާ މީހުން މަދީ. އެހެންވެ ނޭޅުވެނީ. އުސް ގޮނޑިތަކުގައި ތިއްބެވި ބޭފުޅުން ހިތްހަމަޖެހޭވަރު ވީމަ ޓެގް އަޅުވާނެ.
ބުރާންތި
01 October 2017
މިޒުވާނުންގެ ސަރުކާރުގަ ކިހިނެއްތޯ ޒުވާނުންގެ ފައިގަ ޓެގްއަޅުވާނީ، ކާނިވާސަރަހައްދުގަ ތިޔަހުރިހާ ޒުވާނުންގެ މެދުގަ ޝައިނީ އިންނެވިތަން ދެކިނުލައްވަނީތޯ؟.
އަޅިކާ
01 October 2017
ޓެގެއް ނޭޅުވޭނެ، މާރާމާރީ އާއި ވަޅިހަރާ މީހުންނާއި ޑްރަގް ޑީލަރުންގެ ފައިގަ ޓެގް އެޅުވުމަކީ ސަރުކާރުގެ ފައިގަ ޓެގް އެޅުވުންކަހަލަކަމެއް.
ޒިންދަގީ
01 October 2017
މިހާރުގެ ހޯމް މިނިސްޓަރަށް ހަމައެކަނި އިނގެނީ ގޭންގް ސްޓާރުންނަށް ލޯބޮޑުކުރަން. ޓެގް އަޅުވާކަށް ނުކެރޭ.
ޕިލްކިންގްޓަން
01 October 2017
އުމަރު ކަހަލަ ގަޓު ހުންނަ މީހަކު ބޭނުންވަނީ. އަނގައިން ކިޔާ އެއްޗަކާ ބަލާފަ ކިރިޔާވެސް ކަމެއްވީ އުމަރަށް.
18ޔަގީނެއްނޫން
01 October 2017
މިސަރުކާރަކީ ގޭންގުތަކުގެ ބާރުގައި ހިންގާ ސަރުކާރެއްތަ؟ ނޫނީ ގޭންގުތަކުގެ ދަށުވެފަ އޮތްސަރުކާރެއްތަ؟
މިހާރުގެމިހާރު
01 October 2017
އަޒުލީންގެ އެހާ ގަޓެއް ނުހުންނެ... ބޭނުންވިޔަސް ނުކުރެވޭނެ އެކަމެއް
ގެތތ
01 October 2017
މެމްބަރުން ފައިގަ އަޅުވާ
ުއުމަރު
01 October 2017
ތިކަން އެންމެ ރަނގަޅަށް ކުރެވޭނީ އުމަރު ނަސީރު އަށް އެއީ ގަޓު ހުރި މީހެއް