ގާސިމް: އޭނާގެ ފަރުވާގެ މުއްދަތު އިތުރުކުރަން ހުށަހެޅި މައްސަލާގައި ސުލްހަވެެރި ހައްލެއް ކޯޓުގައި ނުލިބުނު --ފޮޓޯ/މިހާރު
01 އޮކްޓޯބަރ 2017 - 15:45
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުކުރަން ގާސިމްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގެ ސުލްހަވެރި ހައްލެއް ނުލިބުމުން އެ މައްސަލައިގެ ޝަރީއަތުގެ މަރުހަލާ މިއަދު ފަށައިފި އެވެ.
ރިޝްވަތުގެ މައްސަލާގައި ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމްގެ ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯދަން ސިންގަޕޫރުގައި ހުންނެވުމަށް ކަރެކްޝަނަލް ސާވިސް އިން ދިން މުއްދަތު މާދަމާ ހަމަވާނެ އެވެ. ގާސިމްގެ ފަރާތުން އެދިފައިވަނީ ދަތުރު ކުރުމުގެ ހުއްދަ ޑޮކްޓަރު ދެއްވަން ދެން، ރާއްޖެއިން ބޭރުގައި ހުންނެވުމުގެ މުއްދަތު އިތުރުކޮށްދިނުމަށެވެ. ކުރިން ގާސިމް ރާއްޖެ ވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގަތުމުން އެއާލައިނުން ވަނީ ގާސިމް މަތިންދާބޯޓަށް އަރުވަން ދެކޮޅު ހަދައިފަ އެވެ.
ބޭސްފަރުވާގެ މުއްދަތު އިތުރު ކުރަން ދައުލަތާ ދެކޮޅަށް ހުށަހެޅި މައްސަލަ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަންގައި ހައްލު ނުވުމުން އެ މައްސަލަައިގެ ޝަރީއަތް ހިންގަން މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ. ޝަރީއަތް ހިންގުމުގެ މަރުހަލާ މިއަދު ވަނީ މައްސަލައިގެ ބަޔާންތައް ވަނީ ކޯޓުގައި ބަދަލުކޮށްފަ އެވެ. އަޑުއެހުންތައް ފަށައިގަންނާނީ އޭގެފަހުގަ އެވެ.
ގާސިމް ބޭޭރުގައި ހުންނެވުމުގެ މުއްދަތު މާދަމާ ހަމަވާއިރު ކަރެކްޝަންސް އިން ބުނެފައިވަނީ މާދަމާ ގާސިމް ރާއްޖެ ވަޑައިނުގެންފި ނަމަ އޮންނަ އުސޫލުގެ މަތިން އަމަލު ކުރާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީގ
02 October 2017
ހުކުން: ކުރިން ވަކިގޮތަކައް ހުކުންކޮއް ނިމިފައިވާ ކަމަކައް ވާތީ އިތުރުހުކުމެއް ނެރެންޖެހޭ ކަމެއްނޫން.
އަބްދުއްﷲ ޝަހީދު
01 October 2017
ހުރިހާކަމެއް އެއްމެއް މޮޅައްދެނެވޮޑިގެންވަނީ ﷲސުބުހާނަހޫވަތައާލާ. ބަޔަކަށް ސިންގަޕޯރ ނޭގުނަސް ސިންގަޕޯރ ދަންނަމީހުން މިޤައުމުގައި އެބަައުޅޭ.ޭ ސިންގަޕޯރ ޑރ. އިންނަކީ އެ ޑރ. އިން ދޭ ލިއުމެއްނަމަ އެ ލިއުމަކީ ވަކިމީހަކަށް ވަކިކުލަޔަކަށް ބަލައިގެންދޭ އެއްޗެއްނޫން. އެއީ ހަޤީގަތަށް ބިނާކޮށް ދެވޭއެއްޗެއް. އޭގައި، އަގަކާއި އިތުބާރެއްވެސްއޮންނާނެ. ވީމާ ބަޔަކު ކިތައްމެ ވައްވައް ޖެހިއަކަސް ޤާސިމް އިބުރާހިމް ސިންގަޕޯރ ޑރ އިންގެބަހާއި ޙިލާފަށް ރާއްޖެ ގެނައުމަކީ ކުރެވޭނެ ކަމެއްނޫން. އެއާއިޙިލާފަށް ކަންކުރަން އުޅުމުން ނަތީޖާ ރަގަޅު ނުވެދާނެ. އެއީ ސިންގަޕޯރ އަކީ އިންސާނިއްޔަތާއި، އިންސާނީ ކަރާމަތަށް އިޙުތިރާމްކުރާ ބަޔަކަށްވާތީއެވެ. ވީމާ، ކުރެވޭނެެ ކަންކަމާއި ނުކުރެވޭނެ ކަންކަން ވެސް ހުންނާނެ. ޤާސިމް އިބުރާހިމް ގަދަކަމުން ރާއްޖެ ގެނައުމަކީ އަދި މިމޭރުމަކުން ކުރެވޭނެ ކަމެއް ނޫން.
ާވަން
01 October 2017
މާދަމާ ޔާމީނަށް މިހެން ދިމާވެއްޖެއްޔާ ކީއްބާ ކުރާނީ..!!
އަލީގ
02 October 2017
ޔާމީނު ހިތުން އެހުރީ ސްޕްރީމް ކޯޓާ ދެން ހުރި "މިނިވަން" މުއައްސަސާތަކުގަ ތިބި މީހުންގެ ބޮލުގަ ކުރަމުންދާ ހުރިހާ ކަމެއް އެޅޭނެގޮތައް ރާވައި ޕްލޭންކޮއްގެން.
ޝާޔަ
01 October 2017
ގާސީމުގެ ހީތް ހެވޭ ޖޫސްޕެޓީ ކޮތަޅަކައް ލައީގެން ވީޔަސް ސަރުކާރުން އަންގާ ގޮތައް ރާއްޖެ އަންނަންޖެހޭ..މީއީ ސަރުކާރުން ދޭ އޯގާތެރީކަމެއް..
އާދޭސް
01 October 2017
ތިޔަކޯޓުން ނެރޭނީ ކަރެކްޝަނުން އެދޭއަމުރު. އެއީ ސަރިކާރު ބޭނުންވާގޮތް. ތިޔަކޯޓުތަކުން ސަރުކާރު ބޭނުން ނުވާ ހުކުމެއްނުނެރޭނެކަމީ ކަށަވަރުކަމެއް. ތިޔަކޯޓްތަކަށް ދިއުމީ ވަގުތުބޭކާރުވެ. ސަރުކާރުން ހުކުމެއްގެ ތެރޭން އަނިޔާވެރިވާން ދެވޭ ފުރުޞަތެެއް. ތިޔަތަނަށް ނުދޭ
ތިމަންނަ
01 October 2017
15 އަހަރު ..... އޮތީ ނިމިފަ ...
މުހުތާރު
01 October 2017
މިކަމުގއިވެސް ކޮޅެއްމެދެއް ސަރުކާރުން ނުދެއްކުމަކީ އެއްވެސް އިޚްލާޞްތެރިކަމެއް ނެތްކަން. ގިނައޮޕެރޭޟަން ކުރުމަށްފަހު ޑޮކްޓަރުން މުއްދަތެއްބުނޭ ވަކި ކަންތައް ތަކެއް ނުކުރުމަށް.. ޒާތީވިއަސް ހަސަދަވެރި ވިއަސް ސިޔާސީވިއަސް ބޮޑުވަރެއް.
އަޛާން
01 October 2017
މިޔަދު ދުނިޔޭގަ ތިހެން ބޭނުނގޮތެއް ހަދާލެވިދާނެ. ޢެހިސާބުން ނިމުނީ ކަމުގައި ހީފުޅު ނުކުރައްވާ. ކޮންމެ މީހަކަށްވެސް އިންސާފު ލިބޭދުވަސް އޮންނާނެ
ޙަސަން
01 October 2017
އޮންނަ އުޞޫލުން ނޭ... ރިހާ ކުރާ ބަތޭ ކީއްޔާ މާތާހިރުވާނެ ..
މީދޫ ނުލަފާ ސައީދު ބެ
01 October 2017
ބޭސް ފަރުވާގެ މުއްދަތު އޭގޭނީ ޑަކްޓަރ އަކަށް ނޫންތޯ އެވެ؟މާ ވިއްޔަ ނުލަފާ ވެގެން ތިއުޅެނީ.