02 އޮކްޓޯބަރ 2017 - 19:22
މަޝްހޫރު ގްލެމް ސެލޫން، އެތަނުގެ ދެ ހިއްސާދާރުންގެ މެދުގައި ޖެހުނު މައްސަލައެއްގައި، ބަންދުކޮށްފި އެވެ.
ގްލެމް ސެލޫން ހިންގަމުން އައި ގްލެމް އިންވެސްޓްމަންޓަކީ ފާތިމަތު ނަދާ އާއި ނަޖުމާ މޫސާ އެއްވަރަށް ހިއްސާވާ ކުންފުންޏެކެވެ. ސެލޫން ބަންދުކުރީ ނަދާއާ ދެކޮޅަށް ނަޖުމާ ސިވިލް ކޯޓުގައި ދައުވާ ކޮށްފައި ވަނިކޮށް މިދިޔަ ހަފުތާގަ އެވެ. ކޯޓުން އިއްޔެ ވަނީ އެ މައްސަލަ ނަދާއާ އެއްކޮޅަށް ނިންމައިފަ އެވެ.
އެކަމަކު ހުކުމުގައި ބުނެފައި ވަނީ ނަޖުމާ ދައުވާކުރެއްވި ގޮތަށް ނަދާ އަތުން 400،000 އަށް ވުރެ ގިނަ ރުފިޔާ ނަގައިދެވެން ނެތް ނަމަވެސް، ދެ ހިއްސާދާރުން ގުޅިގެން ކުންފުނި ހިންގުމަށެވެ.
ނަޖުމާ ވިދާޅުވީ ހިނގަމުން އައި ކުންފުންޏެއް ކުއްލި ގޮތަކަށް ބަންދު ކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އަދި އެތަން ބަންދުކުރަން ކޯޓު ހުކުމުގައި އަންގާފައި ނެތް އިރު ނަދާއަށް އެ ތަން އެގޮތަށް ބަންދު ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޯޓުގެ ހުކުމުގައެއް ވެސް ނޯންނާނެ ތަން ބަންދު ކުރާކަށް. ހިއްސާދާރުން ގުޅިގެން ކުރިއަށް ގެންދާށޭ ހުކުމުގައި އޮތީ. އަދި ތަން ބަންދުކޮށް، ލިކިއުޑޭޓް ކުރަންޏާ ވެސް އޮޑިޓަރުން ގެންގޮސްގެން ކަންކަން ފުރިހަމަ ކުރުމަށް ފަހު ދެއްތޯ ތަން ބަންދުކުރެވޭނީ،" ނަޖުމާ ވިދާޅުވި އެވެ.
މި މައްސަލާގައި ނަދާ ވިދާޅުވީ ސެލޫން ބަންދުކުރީ ހިއްސާދާރުންގެ މެދުގައި އޮތް މައްސަލަތަކުގެ ސަބަބުން ކުންފުނި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލުނުކުރެއްވޭތީ ކަމަށެވެ. ނަޖުމާގެ ފަރާތުން އޭނާއާ ދެކޮޅަށް ކުރި ތުހުމަތުތަކުގައި އަސްލެއް ނެތް ކަން ހުކުމުން ސާބިތުވެފައިވާ ކަމަށާއި މިހާރު ބޭނުންވަނީ ސުލްހަވެރިކޮށް، މަޝްވަރާ ކޮށްގެން ވިޔަފާރި ނިމުމަކަށް ގެންނަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އެދެނީ ދެ ހިއްސާދާރުން ސުލްހަވެރިކޮށް މަޝްވަރާ ކޮށްގެން ވިޔަފާރި ނިމުމަކަށް ގެންނަން ޖެހިއްޖެ ނަމަ އެކަމެއް ކުރަން،" ނަދާ ވިދާޅުވި އެވެ.
ނަޖުމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމުގައި ވަނީ ކުންފުނީގައި ނަޖުމާއާ ހަވާލުވެފައި އޮންނަ ފައިސާގެ ކަންކަމުގެ ތެރެއަށް ނަދާ ވަންނަވާފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި ނަދާގެ އަތުން ހޯދަން އެދުނު ފައިސާ ކޯޓުން ނަގައިދެވެން ނެތީ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ހިއްސާގެ ފައިސާ ހޯދަން ހިއްސާދާރަކާ ދެކޮޅަށް ދައުވާކުރެވޭނީ ކުންފުނީގެ ބޯޑުން ނިންމައިގެން ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ.
ހުކުމުގައި ބުނެފައިވާ ގޮތުގައި އެފަދަ ނިންމުމެއް ނިންމަން ބޯޑު ބައްދަލުވުމެއް ބާއްވަން ދަތިތަކެއް ހުރެއްޖެ ނަމަ ރަޖިސްޓްރާ އޮފް ކޮމްޕެނީޒަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.
ސެލޫން ހިންގެވުމުގައި ނަދާ މަކަރު ހައްދަވާފައިވާ ކަމަށް ނަޖުމާ ތުހުމަތުކުރައްވަ އެވެ. އެކަމަކު އެއީ ދޮގު ތުހުމަތުތަކެއް ކަމަށާއި ސިވިލް ކޯޓުގެ ހުކުމުން ވެސް އެކަން އެނގޭ ކަމަށް ނަދާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިކް
03 October 2017
ލާރި ދިނީ ނަޖްމާ. ޝެއާވީ ދެފަރާތުން. ފައިދާ ލިބެނީ ނަދާ އަށް. ކޮބާ އިންސާފް. ފޮނިކަމާ ކިބުރުވެރިކަން އިސްކޮށްގެން އުޅޭމީކައް ރަނގަޅު ގޮތެއް ނުވާނެ
އަންސު
03 October 2017
އެހެންވީމާ ވިން މިވީ އެންމެ ރނގަޅު ފަރާތަށްކަން މައިކް ވެސް ގަބޫލް ކުރަން ދޯ؟؟؟ މަރްހަބާ ނަދާ.. ޔ ރ ދަބެސްޓް
އެނޮނިމަސްމީހާ
03 October 2017
އެކަކުގެ ފަޔާރވޯލް ފަޅާލީ އެތަނުގައި މަސައްކަތް ކުރާ އައި.ޓީ ކުއްޖެއްކަމަށް އެކަން އިނގިގެން ވަރަށް ހޫނުވި
އެނޮނިމަސްމީހާ
03 October 2017
އެކަކުގެ ފަޔާރވޯލް ފަޅާލީ އެތަނުގައި މަސައްކަތް ކުރާ އައި.ޓީ ކުއްޖެއްކަމަށް އެކަން އިނގިގެން ވަރަށް ހޫނުވި
ކުރޮޅިބޭބެ
03 October 2017
ދުނިޔެމަތީގައި ކިބުރުވެ ބޮޑާވެ ހަސަދަވެރިކަން ލައިގެން އުޅެންޔާ ވާނެ ތިހެންވެސް މިހެންވެސް އެހެންވެސް އުއްމީދަކީ އަދި ދުއާ އަކީ ހެޔޮވިސްނި ދެއްކުންތެރި ދުނިޔެވީ ކަންކަމަށް ހެއްލުން ދޫކޮށްލާ ސިމްޕަލް ދިރިއުޅުމެއް ހޯދުމަށް މަސައްކަތް ކުރުން، އޭރުން ﷲ ގެ ރަހުމަތުން ތި ހިތްތަކަށް ލުއެއް ލިބިގެންދާނެކަމަށް އެއްވެސް ޝައްކެއް ނެތް މާނަކުރުން ކިބުރުވެރިވުން ބޮޑާވުން ދެކުންތެރިކަން ދެބައޮޑުވުން މަސްކެއުން ހުއްޓާލުން
ރުގިއްޔާ
03 October 2017
އަޅުގަނޑު ތިތަނުން 2000 ރުފިޔާގެ ކުރެޑިޓް ވޮޗާރއެއް ގަނެފަވާނީ. 3 މަސް ދުވަހުގެ މުއްދަތެެއް ދީފައި އިނީ އެބޭނުން ކުރަން. ދެން އަޅުގަނޑު ކިހިނެތްބާ ހަދާނީ. އެ 2000 ރުފިޔާ ހޯދަން ކޮންތާކަށްބާ ދާނީ ސެލޫން ބަންދުކޮށްފަ ހުރިއްޔާ
މެގޫ
03 October 2017
ތި ހޯދަން ނޫޅެެ ކޮންމެސް ގޮތަކުން ހިތްހަމަޖެހޭ ކމެއްކޮށްލާ ......
އެނަލސްޓް
03 October 2017
މިހާރު އެއްމެން ބުރުގާ އަޅާ އިރު ތި ސެލޫން ތަކަށް ވިޔަފާރި އެއް ނުވާނެ ދޯ އަސްލު
މުރީދު
03 October 2017
މިހާރު ފޭޝަލް ހަދާ ފިރިހެނުން ވަކި މަދެއް ނޫން!
ޒުއްބަ
03 October 2017
ޒުއްބައަށް ފެންނަނީ ނަޖުމާ އެހެން ސެލޫނެށް ހުޅުވަން. އެހެން މީހަކު ގެ ބުރަ މަސައްކަތުން ކުރިއެރުވި ތަނެއް ހޯދަން އުޅުމުގެ ބަދަލުގަ.
ރާކަނި
03 October 2017
ކުންފުނި އުވާނުލާ ވިއްކާލަންވީ ނޫންތޯ؟ ހިގަ ހިގަ ހުރި ވިޔަފާރިއެއް ހުއްޓާކުމަށްވުރެ ދެފަރާތަށްވެސް ފައިދާވާނީ ތަންވިއްކާލުމުން އަލުގަނޑު ހިއްސާ ގަންނަން ތައްޔާރު.
ހޫކއެއާރސް
03 October 2017
މި ހަބަރަކަށް ވާންވި އެއްވެސް ސަބަބެއް ނެތް
ޖައު
03 October 2017
ނަދާއާ ކޮންޕީޓް ކޮށްލެވޭ ފެންވަރުގެ މީހެއް ބިއުޓީ އިންޑަސްޓްރީގަ ނެތޭ ބުންޏަސް ކުށަކަށް ނުވާނެ..
ކެނެރީ
03 October 2017
ޖައު އަށް ތިކަން ފެނ\ްނާނެ ނިކަން އަވަހަށް ﷲ ގެ އިރާދަފުޅުން.