ރޮހިންޖާ މީހުން އުފުލާ ކުދި ބޯޓުތައް ބަންގްލަދޭޝް އިން ވަނީ ހަލާކުކޮށްލާފައި.
05 އޮކްޓޯބަރ 2017 - 13:12
ކޮކްސް ބާޒާރު (އޮކްޓޯބަރު 5) - ރޮހިންޖާ މުސްލިމް ރެފިއުޖީން މިއަންމާ އިން އުފުލާ ކުދި ބޯޓުތަކެއް ބަންގްލަދޭޝް އިން ހަލާކުކޮށްލައިފި އެވެ.
ރޮއިޓާސް އިން ބުނީ ބަންގްލަދޭޝްގެ ބޯޑަރު ގާޑުން ގާތްގަނޑަކަށް ވިއްސަކަށް ބޯޓު ހަލާކުކޮށްލީ އެ ބޯޓުތަކުން ރެފިއުޖީން އެތެރެކޮށް ގިނަ އަދަދެއްގެ ފައިސާ ހޯދަން ޑިމާންޑް ކުރާތީ އެވެ. ބަންގްލަދޭޝް އިން ތުހުމަތު ކުރާ ގޮތުގައި މިއަންމާގެ ރަކީން ސްޓޭޓުން ދަނީ ގިނަ އަދަދެއްގެ ޑްރަގު ވެސް ކޮކްސް ބާޒާރު ސަރަހައްދަށް އެތެރެ ކުރަމުންނެވެ.
ބޯޑާ ގާޑްސް ބަންގްލަދޭޝް (ބީޖީބީ) ގެ ކޮމާންޑަރު ލެފްޓިނެންޓް ކާނަލް އާރިފުލް އިސްލާމް ވިދާޅުވީ ހިއުމަން ޓްރެފިކިން ހުއްޓުވަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެ ކުރަން ރޮހިންޖާ ކޮންމެ މީހެއްގެ އަތުން 20،000 ޓާކާ (250 ޑޮލަރު) އަތުލާ ކަމަށްވެ އެވެ. ރަކީން ސްޓޭޓުގެ މައުންގްޑޯ އާއި ބަންގްލަދޭޝްގެ ޝާހު ޕޮރީރް ޑްވިޕް ސްޓޭޝަނުގައި ބޯޓުތައް މަޑުކުރާ ސަރަހައްދާ ދެމެދު ކުރާ ދަތުރަށް އާއްމުކޮށް މީހެއްގެ އަތުން ނަގަނީ ފަސް ޑޮލަރެވެ.
ރަކީން ސްޓޭޓުގައި އޮގަސްޓް 25 ވަނަ ދުވަހު ހަމަނުޖެހުންތައް ހިންގަން ފެށި ފަހުން މިހާތަނަށް ވަނީ ބައި މިލިއަނަށް ވުރެ ގިނަ ރެފިއުޖީން ބަންގްލަދޭޝް އަށް އެތެރެވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާކާސިސަމް
05 October 2017
ތީ އެކަމަކު ހާލުގައި ޖެހިގެން އުޅޭ މުސްލިމުން، މިފަދަ ކަންތަށް ވާތީ ވަރަށް ލަދުގަނެ ހިތާމަ ކުރާވާހަކަ ދަންނަވަން. މިފަދަ ހަބަރުތަށް އޫރަޕާ ހިސާބަށް ދިއުމުން އަހަރުމެން އެމީހުން ކުރިމަތީގަ ޗޮޕްވޭވެސް ބުނެނޫޅެވޭވަރު މިވަނީ. ކޮންމޫނެއް ދައްކައިގެން ދެން އޫރަޕް އެމެރިކާއަށް ދާނީވެސް މިބުނީ މުސްލިމަކަށް ވެހުރެވާހަކަ. އިމްރާންމެން ހިތަކަށް ނާރާނެ ކަހެރުވަކެކޭވެސް. އަހަރުމެން ލަދުގަނޭ، އެމީހުން ކައިރީގަ ތިބެގެން އަހަރުމެން އެއްބޯލިޔަސް ހުޅަނގު ގައުނުތަކުން ގަބޫލް ނުކުރާނެ އަހަރުމެން މީ މޮޑަން މުސްލިމުން ކަމަށް. މޮޑަން މުސްލިމުން އުޅެންޖެހޭނީ މިއަށްވުރެން ސާފްތާަހިރުކޮށް
ހަމަ ބުނެލީ
05 October 2017
ވަރަށް ތާކުން ތާކު ނުޖެހޭ ކޮމެންޓްގެ އެއްބައި.
ކޮމެންޓް
05 October 2017
ކަލޭ ހަމަޖެހޭ އެއްޗެއް ލިޔެބަލަ. މީހުން ކޮމެންޓް ކުރާ އަޑު ދޯ އިވުނީ؟