އަނަސް: އޭނާގެ މަރާ ގުޅިގެން އިތުރު ބަޔަކު ވެސް ވަނީ ހައްޔަރުކޮށްފައި
11 އޮކްޓޯބަރ 2017 - 15:10
މިދިޔަ ޖުލައި މަހު ލިޓަސް ސާވިސް ސެންޓަރު ތެރޭ، މުހައްމަދު އަނަސްގެ މަރާލި މައްސަލާގައި 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާކޮށްފި އެވެ.
ގްރޫޕަކުން ތޫނު އެއްޗެހިން ހަމަލާދީ އަނަސް މަރާލި މައްސަލާގައި އެ ކުއްޖާގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެ. ކުށުގެ ތުހުމަތު ކުރެވޭ ކުޑަކުދިންގެ މައުލޫމާތު އާންމު ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމަށްވާތީ އެ ކުއްޖާގެ މައުލޫމާތު ކޯޓުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އާދިއްތަ ދުވަހު ކަމަށް ޖުވެނައިލް ކޯޓުން ބުންޏެވެެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިމަހުގެ 22 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.
އަނަސްގެ މަރާ ގުޅިގެން އިތުރު ބަޔަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ. އެ މީހުންގެ ބައި ކޯޓަށް ފޮނުވިކަން ޔަގީނެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައި
12 October 2017
ތިޔައި ކުޑަކުދިންނެއްނޫން. ތިޔައީ 17 އަހަރުގެ ބޮޑެތި ޒުވާނުން. ދެން ބުނެލަންއޮތީ ތިއިން އެއްވެސް ކުއްޖެއްގެ މައްޗަށް ތިޔަ ކަން ސާބިތުކޮށް ހުމްއައުމަކީ ނާދިރުކަމެއް. އެވަރިހަމަ ލޯމަތީ ވަޅިހަރާ މަރާލިއަސް. އެ އަނަސް އެމީހުންނާ ފިލަން ކުރިމަސައްކަތާއި މަރުން ސަލާމަތްވާން ތެޅުވަރު އެހެރީ ވީޑިއޯ ތަކުން ފެންނަން. އެކަމަކު ރަހުމެއްނެތް މިނިކާވަގުތަކެއް ކުޑަ ބަކަރިއެއް ކާލާފަދައިން އަނަސް ކޮށާލާ ވައްޓާލާފަދިޔައީ. ތިޔަވަރު ބައެއްގެ ކޮން ޝަރީޢަތެއް. ތިޔަކަން އެހެރީ ލޯމަތީ ފެންނަން. ނިކަން އަނަސް އަށް އިންސާފު ހޯދާދީބަލަ.
ރަދީފް
11 October 2017
އެމްބްރިއޯ ކޯޓް ވެސް ހަދަންވީ.