16 އޮކްޓޯބަރ 2017 - 12:37
އެލިއާ އިން "ގޯ ޔަމަހާ"ގެ ނަމުގައި، ޔަމަހާ ސައިކަލުން ޑިސްކައުންޓް ލިބޭ ހާއްސަ ޕްރޮމޯޝަނެއް، ހދ.ކުޅުދުއްފުށީގައި ފަށައިފި އެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ މަހުގެ ނިޔަލަށް ކަމަށެވެ. އަދި ޔަމަހާ ޝޯރޫމުގެ އިތުރުން އަތޮޅު ތެރޭގެ ހުރިހާ ޑީލާޝިޕަކުން ވެސް ޕްރޮމޯޝަން ކުރިއަށް ގެންދާނެ ކަމަށެވެ.
ޕްރޮމޯޝަން ތެރޭގައި ގަންނަ ކޮންމެ ސައިކަލަކުން 3،000-6،000ރ. އާ ދެމެދުގެ ޑިސްކައުންޓް ލިބޭނެ އެވެ. އެލިއާ އިން ބުނީ ފުލް ޕޭމަންޓްގެ އިތުރުން އިންސްޓޯލްމަންޓަށް ނަގާ ސައިކަލުތަކަށް ވެސް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
އެލިއާ އިން ބުނީ އެ ކުންފުނިން ކުރަމުން އަންނަ ހުރިހާ ވިޔަފާރިތަކަކީ ވެސް އިސްލާމީ ޝަރީއާ ހުއްދަ ކުރާ މުއާމަލާތްތަކެއް ކަމަށެވެ. އަދި އެ ކުންފުނިން ވަނީ މި އަހަރުގެ ޖޫން އިން ފެށިގެން ބައިއުއްތަގްސީޠު ސްކީމެއް ތައާރަފްކޮށް، އެ ސްކީމުގެ ދަށުން ސައިކަލާއި އައުޓްބޯޑު އިންޖީނު ވިއްކަން ފަށާފަ އެވެ.
އެ ސްކީމުގެ ދަށުން އިންސްޓޯލްމަންޓަށް ސައިކަލް ނަގާއިރު އަމިއްލަ ނަމުގައި ރެޖިސްޓްރީކޮށް، “P” ބޯޑުގައި ދުއްވޭނެ އެވެ.
އެލިއާ އިން ބުނީ، އެ ކުންފުނީގެ ވިޔަފާރި އަށް 53 އަހަރު ފުރިގެންދާއިރު، މިފަދަ އެތައް ކަންކަމެއް ރޭވެމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުނޮ
16 October 2017
ކޮކާކޯލަަ ގެ ފެށުން ވަރަށް ރަގަޅު