އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނުތައް މިދިޔަ މަހުގެ 12 ވަނަ ދުވަހު ދައްކާލަނީ: މި ފޯނު ބާޒާރަށް ނެރުނީ މިދިޔަ މަހުގެ ފަހުކޮޅު
18 އޮކްޓޯބަރ 2017 - 16:10
މިދިޔަ މަހުގެ 12 ވަނަ ދުވަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް އަންނަ ހުކުރު ދުވަހު ވިއްކަން ފަށާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން މިއަދު ބުނީ އެންމެ ފަހުގެ އައިފޯނު ގަތުމަށް ޕްރި އޯޑާ ހެދި ފަރާތްތަކަށް ހުކުރު ދުވަހު ފޯނު ދޫކުރަން ފަށާނެ ކަމަށެވެ. އަދި އެ ފޯނު ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިރޭ 12:00ގެ ނިޔަލަށް ޕްރީ އޯޑާ ހެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ދިރާގުން ބުނީ ޕްރީ އޯޑާ ހެދި ފަރާތްތަކަށް ހިލޭ ފަސް ޖީބީ ޑޭޓާ ހަ މަސް ދުވަސްވަންދެން ލިބޭނެ ކަމަށެވެ.
އެ ކުންފުނިން ޕްރީ އޯޑާ ހަދާ ފަރާތްތަކަށް އެއް ފަހަރާ ފައިސާ ދެއްކުމުގެ އިތުރުން އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އިންސްޓޯލްމަންޓަށް ފޯނު ގަންނަ ފަރާތްތަކުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 2،999ރ. ދައްކަން ޖެހެ އެވެ. އެގޮތުން އިންސްޓޯލްމަންޓަށް ނަގާ ނަމަ އައިފޯނު 8 މޮޑެލްގެ 64 ޖީބީގެ ފޯނަކަށް މަހު 999ރ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނަކަށް މަހަކު 1،279ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން އިންސްޓޯލްމަންޓަށް 8 ޕްލަސް 64 ޖީބީގެ ފޯނު ގަންނަ ފަރާތްތަކުން މަހަކު 1،179ރ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނު ގަންނަ ފަރާތްތަކުން މަހަކު 1،449ރ. ދައްކަން ޖެހެ އެވެ.
ދިރާގުން ވަނީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ވެސް ފޯނު ވިއްކާނެ އަގުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ ނަމަ އައިފޯނު 8 މޮޑެލްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 14،899ރ. އަށެވެ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 18،199ރ. އަށެވެ. އޭގެ އިތުރުން 8ޕްލަސްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 16،999ރ. އަށެވެ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 19،999ރ. އަށެވެ.
މިދިޔަ މަހު އައިފޯން 8 އަދި 8 ޕްލަސް ބާޒާރަށް ނެރެފައި ވާއިރު ބައްޓަމުގައި ތަފާތެއް ނެތެވެ. އެކަމަކު އައިފޯން 8 ގެ ފުރަގަހުގައި ލާފައި ވަނީ ބިއްލޫރި އެވެ. އަދި ވަޔަލެސް ޗާޖިން ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އައިފޯނުގެ ކެމެރާގެ ފެންވަރު ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފައި އެވެ. މިއީ އެންމެ ބޮޑަށް ފާހަގަވާ ބަދަލު ކަމަށް ވާއިރު އައިފޯން 7 ގެ އަގު އެމެރިކާގައި ފެށެނީ 549 ޑޮލަރުންނެވެ. އައިފޯން 8 ގެ އަގު ފެށެނީ 699 ޑޮލަރުންނެވެ.
އަލަށް ނެރުނު އައިފޯން 8 ތިން ކުލައަކުން ލިބެން ހުރެ އެވެ. އަދި އެ ފޯނުގެ ސްޕީޑް އަވަސްވެފައި ސްޕީކަރުގެ އަޑު އައިފޯން 7 އަށް ވުރެ 20 ޕަސެންޓް ގަދަ އެވެ.
އައިފޯނު އެކްސް ނުވަތަ 10 ވެސް ބާޒާރަށް ނެރެން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ފޯނު ބާޒާރަށް ނެރޭނީ ނޮވެމްބަރު މަހު އެވެ. މި ފޯނުގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. މިއީ އެޕަލްގެ އެންމެ އަގު ބޮޑު ފޯނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޭށި
19 October 2017
ރަތްޔިތުންގެ ޕޮކެޓްޕިކާސް..... އެންމެބޮޑުމުއާސަލާތީކުންފުންޏެއް ނޫން....
ރަބަރު
19 October 2017
އައި ފޯން ބޭނުމެއް ނުކުރަމެވެ. އަހަރެން މިހާރު ގެންގުޅެނީ ގެލެކްސީ 5 އެވެ. މި ފޯން އަހަންނަށް ފުދެއެވެ. ފޯން ބަދަލުކުރާމީހުން ބަދަލުކުރަނީ ކީއްވެކަން ނެއެނގެއެވެ. މަ ފޯން ދޫކޮށްލަނީ ބެޓެރި ނުލިބޭ ހިސާބުންނެވެ.
ނިޒާމް
19 October 2017
ރާއްޖެތެރޭ މީހާވެސް ދާން ޖެހޭނީ މާލެތަ؟ ފަސޭހަގޮތެއް ނެތްދޯ؟ ކޮބާ ރަށްރަށުގައި ހުންނަ ދިރާގު ފިހާރަތައް؟؟
ހަސން
19 October 2017
އައިފޯން 8 ގަތުމުގެ ބޭނުމެއް ނެތް .. އައިފޯން 7 ކާއި މާބޮޑު ތަފާތެއް ނެތް.. ވައިލަސް ޗާޖިންގް އަދި ގްލާސް ބެކް އެކަނި ބޮޑު ތަފާތަކައް އިނީ.. ދުނިޔޭގެ ބާޒާރައް ބެލިޔަސް އައިފޯން 8 ގެ ވިޔަފާރި ވަރަށް ދައް އެންމެންވެސް އައިފޯން 10 ގެ އިންތިޒާރުގައި ތިބީ .. ހަގީގީ އާ އައިފޯނެއް ނިކުންނާނީ އައިފޯން 10 ރާއްޖެއައް ތައާރަފް ކުރާ އިރު ..
ތެއާސާ.
19 October 2017
އައިބޭގަ ތިޔާފޯނު ވިއްކަންއެޅުވީމާ އެވީ ބޭބެމެންވެސް ތިޔާ ގަންނަން އުޅެގަންނަން.
އަތްފުނާ
18 October 2017
ދިރާގުއިން ތިޔަ ފޯނު ގަތުން ބޭނުމެއްނެތް.މާލޭގައި ތިޔަފަދަ ފޯނުތައް ގެންނަށް ފަރާތްތަކުން މާ ހެޔޮކޮށް ގަންނަން ލިބޭނެ.އަދި އަމިއްލައަށް ތިޔަފަދަ ފޯނެއް އޮންލައިންކޮށް ގެންނާނަމަ މާ ހެޔޮކޮށް ލިބޭނެ.
1234
18 October 2017
މަ މިއިންތިޒާރުކުރަނީ އައިފޯން 10 އަށް. 8 ގަނެފިއްޔާ ދެންއ 10 ނުގަނެވޭނެދޯ!
އަލީ!
18 October 2017
އައިފޯ 10 ކޮން އިރަކުން.؟
ރަދީފް
18 October 2017
މަަވެސް ބޭނުން ތިކަހަލަ ފޯނެއް.ދެން ފައިސާގެ ތަނަވަސްކަން ހުރި މީހުން ގަންނާނެތާ.މިހާރުވެސް މަ ގެންގުޅެނީ ނޮކިއާ ބައްތިއެއް.މަގޭ އަންހެނުން މަށާ އެއްވެސް ސޯޝަލް ޕްލެޓް ފޯމަކުން ޓޯކް ނުކުރޭ ސްމާޓް ފޯނެއް ގެންގުޅުނުއިރުވެސް.އޭނާ ވާހަކަ ދައްކަނީ އެހެން މީހުންނާ ، ދެން މަ ރުޅިއައިސްގެން އެފޯނު ފުނޑާލީ.ދިރާގުން ތި ފޯނު ވިއްކަން ފެށުން އެއީ އުފާވެރިކަމެއް.ތިފޯނު ގަންނަން ވެސް ބޮޑު ކިޔުއެއް މާދަމަ ދިރާގް ބިލްޑިންގް ބޭރުގަ އޮންނާނެ.ނަމަވެސް ދިވެހިން ބުނާނެ ދިވެހިން އެއީ ފަގީރުންނޭ.އައިފޯނާ ޖެހުނީމަ ހަމަ ސްވިސް މީހުން ލެވެލްގަ.ވ.ވެދުން
ފޯކައިދޫ ހުސޭނު
18 October 2017
ރަދީފްވިއަސް ތިކަހަލަ ވާހަކަ ދައްކާކައް ނުވާނެއެއްނު، މަވެސް އެކްސްއަކައް ރެޑީވެގެންނޭ މިހިރީ..
އަލީ ޖަލީލް
19 October 2017
ނޫން. ދިވެހިން ދެފުއްކެހެރީ. ފަގީރޭ ކިޔަނީ. ކަލޭހެން!