ލ. ގަން ޕޮލިސް ސްޓޭޝަން:
20 އޮކްޓޯބަރ 2017 - 09:22
ލ. ގަމުގައި ރޭ ހިންގި މާރާމާރީއެއްގައި ކުއްޖަކަށް ކަތިވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭ 9:30 ހާއިރު ހިންގި މާރާމާރީއާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މުކުރިމަގު އަވަށުގައި ހިންގި މި މާރާމާރީގައި ޒަހަމްވެފައިވަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖެކެވެ. އޭނާއަށް ލިބުނު ޒަހަމްތަކަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ގަމު ކައުންސިލް މެމްބަރު އިސްމާއިލް ޒަކީ މިއަދު ވިދާޅުވި ގޮތުގައި ކުއްޖާއަށް ހަމަލާ ދިނީ ދެ ސައިކަލެއްގައި އައި ހަތަރު މީހުންގެ ގްރޫޕަކުންނެވެ. ޒަހަމްވީ މުކުރިމަގު އަވަށު ކުއްޖެއް ކަމަށާއި މާރާމާރީ ހިންގީ އެހެން އަވަށަކުން އައި ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ޒަހަމްވި މީހާ އާއި އިތުރު މީހަކު ހިނގާފައި ދަނިކޮށް، މޫނު ނިވާކޮށްގެން ތިބި ހަތަރު މީހަކު ސައިކަލްގައި އައިސް ބޮޑު ވަޅިން (ކަތިވަޅިން) ހަމަލާދީ ޒަހަމްކޮށްލި،" އިސްމާއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޒަހަމްވި ކުއްޖާގެ މޫނުމައްޗަށާއި އަތަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފަ އެވެ. އެކަމަކު، ހާލު ސީރިއަސް ނޫން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
"މޫނު މައްޗަށް ލިބުނު ޒަހަމްތައް މިހާރު ވަނީ ފަހާފައި. އަތަށް ވަޅި ހެރީ ވަރަށް ފުންކޮށް. މިއަދުގެ ވަގުތެއްގައި ސާޖަރީއެއް ހެދުމަށް އެދަނީ ތައްޔާރުވަމުން،" އިސްމާއިލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިބައިރރ
20 October 2017
ޤިޞާޞް ހިފެން ޖެހޭނެ.
ޢެއްކަލަ މީހާ
20 October 2017
ނައީމޫ މިގޮތައް ކައުންސިލަރުންނަށް ރައްޔިތުންގެ ހާލަތު އެނގި މައުލޫމާތު ދެވެންވާނެ. ވަރަށްވާހަކަ
ލ.ގަން
21 October 2017
އެއީ އެމްޑީޕީގެ ކައުންސިލަރެކޭ
އަލިހޮއްކޮ
20 October 2017
ޓެގް ނޭޅުވެންޏާ ލިޔެފަ ފަންވަތެއް ނަމަވެސް އަޅުވަބަލަ ކަލޭނޭ.
ޔާމިން
20 October 2017
ވަޅިހަރާމީހުން ވައްކަންކުރާ މީހުން މީ މިހާރު މިގައުމުގެ ވެރިކަމުގެ ފަރާތުން ހިމާޔަތް ކޮއްފަ ތިބޭ ބަޔެއް