މިނިސްޓަރު މުއިއްޒު "މިހާރު"އާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 އޮކްޓޯބަރ 2017 - 19:56
ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެ ރަށުގެ އެއާޕޯޓު އަޅަން ނިންމާފައިވާތީ ބައެއް މީހުން ކިޔަމުން ދާ ފާޑުކިޔުންތަކަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ކުރިން ހީކުރި ގޮތާ ހިލާފަށް، އެ ރަށުގެ ފުއްޓަރު ފަރާތުގެ ބަދަލުގައި ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ، އެއީ އެ ރަށުގެ ހިމާޔަތަށް އޮންނަ ގުދުރަތީ ތަރިކައެއް ނައްތާލުން ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
HDh.Kulhudhuffushi airport Raees Yameen hahdhavaanekan yageen vumun, rayyithunge kurierumavvure siyaasee agenda kuriyah nerenee goi husvumun
— Dr.Mohamed Muizzu (@MMuizzu) October 22, 2017
އެކަމަކު މިކަމަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ އެއީ ކުޅުދުއްފުށީ އެއާޕޯޓު ރައީސް ޔާމީން އަޅުއްވާނެކަން ޔަގީންވުމުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި ރައްޔިތުންގެ ކުރިއެރުމަށްވުރެ ސިޔާސީ އެޖެންޑާ ކުރިއަށް ނެރޭނީ ގޮތް ހުސްވުމުން ކަމަށް ވިދާޅުވި އެވެ.
ނޫހުގައި ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ކުޅުދުއްފުށީގެ ޒުވާނަކު މިއަދު ބުނީ އެ ރަށުގެ ކުޅިއަކީ އެ ރަށުގެ ތިމާވެށީގެ އިތުރުން ތާރީޚާއި ސަގާފަތާ ވެސް ގުޅުން ހުރި ތަނެއް ކަމަށާއި އެހެންވެ، އެ ތަން ނެތިކޮށްލައި އެއާޕޯޓު އެޅުން ވާނީ ރަށަށް ލިބޭ ކުރިއެރުމަކަށް ވުރެ ގެއްލުމަކަށް ކަމަށެވެ.
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާއިން ބުނިގޮތުގައި ކުޅުދުއްފުށީ ކުޅިއަކީ ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް ބޮޑު އެހީއެކެވެ. އަދި އެ ރަށަށް ވެހޭފެން ކުޅިއަށް ޖަމާވެ، އެ ހިނދެނީ ވެސް ކުޅިއަށް ކަމުން، އެ ތަން ނައްތާލުމަކީ ރަށުގެ ރައްކާތެރިކަމަށް ވެސް އެޅޭ ހުރަހެއްކަން އެތަނުން ފާހަގަ ކުރި އެވެ.
ރަށުގެ ގިނަ ބަޔަކު ފާހަގަ ކުރާ އަނެއް މައްސަލައަކީ ކުޅުދުއްފުށިން ފުރައިގެން ވިއްސަކަށް މިނިޓުން ދެވޭ ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮއްވައި، ކުޅުދުއްފުށީގައި އެއާޕޯޓެއް އެޅުމެވެ. އަދި އެއީ އިގްތިސޯދީ ގޮތުން ވެސް އެ ސަރަހައްދަށް ލިބޭނެ ކުރިއެރުމެއް ކަމަކަށް މީހުން ގަބޫލެއް ނުކުރެ އެވެ.
ސަރުކާރަށް މިކަން ނުކުރެވޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކާއިރު، ސަރުކާރުން ވަނީ ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅާނެ ކަމުގެ ޔަގީންކަން ދީފަ އެވެ. އެކަމަކު މިއީ ސިޔާސީ ގޮތުން ރައްޔިތުންނަށް ދޭ ވަރަށް ނުބައި މެސެޖެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާމީ
24 October 2017
ކުޅިދުއްފުށި ކިޔަންފެންނަނީ ތިރަށަށް...
ގޮތް ހުސްވީ
23 October 2017
ދެންވާނީ އެހެންތާ؟ ކުރިންވެސް ކުޅިއޮތް. ތިޔަބުނާ ބަޔަކުވެސް ތިބޭނެތާ؟ އީކޯކެއާވެސް އޮތްތާ؟ ކޮންހާ ގިނަބަޔެއްގެ ފާޑުކިޔުމެއްގެ ވާހަކަތޯ މިދައްކަނީ. ކުޅި ހިއްކީ ހަމައެކަނި ކުޅުދުއްފުށިންތަ؟ ކޮބާ ރާއްޖޭގެ އެހެން ރަށްރަށުގެ ކުޅިތައް؟ އެނގޭތަ އީކޯކެއާއަށް. ކުޅިއެއްނޫންތަ ހަވަރުތިނަދޫން ހިއްކީ؟ ކޮބާ އީކޯކެއާ. އޭރުވީކޮންތާކު؟ ކުޅިއެއް ޗަސްބިމެއްނޫންތަ އައްޑޫން ހިއްކާފަ ބޮޑު ހޯލެއްހެދީ؟ ކޮބާ ގޮތްހުސްވެގެންއުޅޭ މީހުންތަޢް ކަންބޮޑޭމެންތައް
258964
23 October 2017
މަ ހަމަ ހައިރާންވަން! ސީ ޕްލޭން އަޅާލައިގެން ހައްލުކުރެވެން އޮތް ކަމެއްގައި ހިއްކަން މިވަރަށް މި ހިފަނީ ކީއްވެހޭ؟ އަޅޭ މީ އަރަތެއް ނޫންތަ؟ ކަލޭމެން ވެއްޖެއެއްނު މީގެ އަޑި ހޯދަން. މިސަރުކާޜުން ތަންތަން ހިއްކާ ފްލެޓް އަޅަން އެހާ ވަރު ހުންނަނީ ކީއްެވެތޯ؟ ގޯތި ނުދެނީ ކީއްވެތޯ؟ ރަށްރަށުގެ ގުދުރަތީ ރީތިކަން ހަލާކު ކުރަނީ ކީއްވެތޯ؟ ކުޑަގޮތަކަށް ހައްލުކުރެވެން އޮތް ކަމެއްގަވެސް ތަން ސުންނާފަތިކުރާ އެންޓި އެންވަޔަރަމަންޓް ޗޮއިސް ނަގަނީ ކީއްވެތޯ. ހެއްވާ ކަމަކީ ޔޫރަޕުން ތިމާވެށި ހިމާޔަތްކުރްން ދޭ ލާ ރި ހަބޭހަށް ބެނުން. އެކަމު އެ ހަލާކުުކުރަންވެސް ވޭ!
އައްޔަ އިބްރާހިމް
23 October 2017
ކުޅި ހިއްކުމުން ރަށުގެ ފެންފޮދު ވަރަށް އަވަހައް ލޮނުވެ އަޅުގަނޑުމެން ފެނަށް ކުރަން ޖެހޭ ހަރަދު އިންތިހާއައް މައްޗަށް ދާނެ ކުޅީގަ އެއާރ ޕޯޓު އެޅުމާ ދެކޮޅު އަދި މުސްތަގުބަލުގަ ގެދޮރުގެ ދަތިކަންވެސް ކުރިމަތި ވާނެއެވެ.
ޗިކުސް
23 October 2017
މުޅި ރާއްޖޭ ކޮންކުރީޓް ޖަންގައްޔަކަށް ހަދަން މީނަ ވިސްނުން ހުރީ. އެވެސް ތަރައްގީޔޯ.
ލީވާނއެަް
23 October 2017
ތީގެން ބަލަންވީ ރަށުގެ ކުރިއެރުމާ ކުރިމަގައް.ކުޅީއެއް އޮވެގެނ ލިބޭ އެއްވެސް އާމްދަނީއެއްނެތް.އެކަމަކު އެއާރޕޯޓް އަޅަިގެން ރަށައް ކިތައް ވަޒީފާ އިތުރު ވާނެ.ވިސްނާލަން އެބަޖެހޭ
ޢުލާ
23 October 2017
ސަރުކާރުން ބަލައި ގަންނާނީ ބިނާކުރަނިވި ފާޑު ކިޔުމެވެ، ރަށާއި ރައްޔިތުންގެ ލާބައަށްޓަކައި ރައީސް ޔާމީން ވެފައިވާ ވަޢްދުތައް ފުރިހަމަ ކުރެއްވުމުގައި ޖެއްސުން ކުރުމާއި މަލާމާތް ކުރުމާއި އަޑުގަދަ ކުރުމަކުން އަޝަރެއް ނުކުރާނެއެވެ. ޒާތީ ވެތިބެ ސިޔާސީ ބޭނުމުގައި ލަވާހަޅޭ ކެއް ރައްޔިތުން ބަލައެއް ނުގަންނާނެއެވެ، ރައީސް ޔާމީން ގެ ތެދުވެރި ވަޢްދުތައް ކުރިޔަށް ބާރަށް ކުރިޔަށް ،
ޢ. އ .
23 October 2017
ޑރ. މުއިއްޒު ވިދާޅުވީ ހަމަ ތެދުފުޅެއް ކަމުގައި ފެނެއެވެ، ރައީސް ޔާމީން ކުޅުދުއްފުށީ ގެ ރައްޔިތުންނަށް ވެވަޑައިގެން އެއްވެސް ވައުދެއް ފިުދޭތަން ދެކެން ބޭނުންނުވާ މީހުން އަޑުގަދަ ކުރާތީ މިއިވެނީ ؟
ައަްލިބެ
23 October 2017
އަޅުގަނޑައް މައްސަލަޔަކީ ކުޅި ހިއްކާތިއެއްނޫން! އެވަރުގެ ބޮޑުބިމަކުން ޑޮމަސްޓިކު އެއާޕޯޓަކުން ވަޒީފާ އުފެދޭ ވަރުމަދުވީމަ! ރަންވޭހަދަން ބޭނުވާބިމުގެ އިތުރުން ކުޑަމިނުން ހަތަރު ރަންވޭވަރުބިން އެއާފޯޓައް ބޭނުންވާނެ! ބޯޓުޖައްސާ ރަންވޭ ކައިރީގަ އިމާރާތް ނުކުރެވޭނެ! ރަންވޭ މިހާރު އެނަގަން އުޅޭގޮތުން ރަންވޭގެ އިރުމަތީގަ މީހުން އާބާދު ކުރުމުގެ ފުސަތެއްނެއް! ބިމުގެ ދަތިކަންއައީމަ ފެންނާނެ ތިއެއާޕޯޓުގެ ސަބަބުން ބޭނުންނުކުރެވޭ ބިންކޮޅުގެ މުހިންމުކަން!
ހޭޅީ
23 October 2017
ކުޅުދުއްފުއްޓަށް އެއާޕޯޓެއް ވަރަށް މުހިއްމު.