ކުޅުދުއްފުށީ ކުޅި
23 އޮކްޓޯބަރ 2017 - 19:01
ހދ. ކުޅުދުއްފުށީގައި އޮންނަ ކުޅި ނައްތާލައިފި ނަމަ އެއީ "އެހެން ރަށެއް" ކަމަށާއި ކުޅި ހިއްކައިގެން އެއާޕޯޓެއް އެޅުމަށް ވުރެ އެ ރަށަށް މުހިންމީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ކަމަށް ކުރީގެ ރައީސް ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކުޅުދުއްފުށީގެ އެއާޕޯޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ކުރިން ހީކުރި ގޮތާ ހިލާފަށް، ކުޅުދުއްފުށީގެ ފުއްޓަރު ފަރާތުގެ ބަދަލުގައި ކުޅި ހިއްކައިގެން އެއާޕޯޓު ހަދާތީ، އެއީ އެ ރަށުގެ ހިމާޔަތަށް އޮންނަ ގުދުރަތީ ތަރިކައެއް ނައްތާލުން ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އެއާޕޯޓް ހެދުމާއި ގުޅުވައިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ކުޅި-ދުއް-ފުށި" އިން ކުޅި ނެގީމާ ވާނީ އެހެން ރަށަކަށް ކަމަށެވެ. ކުޅުދުއްފުއްޓަށް ނަން ދެވުނު ކަމަށް ބެލެވޭ ގޮތަށް އިޝާރާތް ކުރައްވަމުން ނަޝީދު ވިދާޅުވީ އެރަށަށް ބޭނުންވަނީ ބާރަށް، އަވަހަށް ދަތުރުކުރެވޭ ދަތުރުފަތުރުގެ ނިޒާމެއް ކަމަށެވެ.
Kulhi-Duh-Fushi in kulhi negeema eyi ehen rasheh.KF a beynumi ithubaraieku gadiah,baarah,avahah dhathuru kureve 'dhathurufathuruge nizam' eh
— Mohamed Nasheed (@MohamedNasheed) October 23, 2017
ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ރާއްޖޭގެ ޖަމިއްޔާއެއް ކަމަށްވާ އީކޯކެއާއިން ބުނިގޮތުގައި ކުޅުދުއްފުށީ ކުޅިއަކީ ސުނާމީ ފަދަ ގުދުރަތީ ހާދިސާތަކުން ރައްކާތެރިވުމަށް ވެސް ބޮޑު އެހީއެކެވެ. އަދި އެ ރަށަށް ވެހޭފެން ކުޅިއަށް ޖަމާވެ، އެ ހިނދެނީ ވެސް ކުޅިއަށް ކަމުން، އެ ތަން ނައްތާލުމަކީ ރަށުގެ ރައްކާތެރިކަމަށް ވެސް އެޅޭ ހުރަހެއްކަން އެތަނުން ފާހަގަކުރި އެވެ.
ކުޅުދުއްފުށިން ފުރައިގެން އިންޓަނޭޝަނަލް އެއާޕޯޓެއް ކަމަށްވާ ހަނިމާދޫއަށް ވިއްސަކަށް މިނެޓުން ދެވެ އެވެ. އެހެންވެ ކުޅުދުއްފުށީގައި އެއާޕޯޓް އެޅުމަކީ މުހިންމު ކަމެއް ނޫން ބައެއް މީހުން ބުނެ އެވެ.
ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއީ ކުޅުދުއްފުށީގައި ރައީސް ޔާމީން އެއާޕޯޓު އަޅުއްވާނެކަން ޔަގީންވުމުން ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެގޮތަށް ވާހަކަ ދައްކައި ރައްޔިތުންގެ ކުރިއެރުމަށްވުރެ ސިޔާސީ އެޖެންޑާ ކުރިއަށް ނެރޭނީ ގޮތް ހުސްވުމުން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަނާ
26 October 2017
ކުޅި ނުހިއްކާ ތިތަނައް ސީޕުލޭން ޖައްސާގޮތައް ހަދާލުން މާރަގަނޅު ވާނެ އޭރުން މާހަރަދުވެސް ކުޑަވާނެ
ހާމިދު އަބޫބަކުރު ބިން ކަވާނީ
26 October 2017
ދެން ރަށުގެ ނަން ކުޅުދުއްފުށީ ގެ ބަދަލުގަ ކުޅު ކަނޑާލައިފަ ހދ.އެޔާދުއްފުށީ ކިޔަމާ ބަހީ ގައިމުވެސް ކުޅިނެތްތާ އެޔާޕޯޓު އޮންނާނުން
ސޯދުބެ
24 October 2017
ހާދަވަރެއް އެބަވޭ ކުޅުދުއްފުށީގަ އެއާޕޯޓެއް ޔާމިނު އަޅުއްވައިދެއްވާތީ ހަޖަމުކުރޭ ޖޭވިޔަސް ހަމަކުރާނެ ކުރެވޭނެ ކަމެއްވެސް ނޯންނާނެ ޔާމިނައް ކުޅުދުެްފުށީގެ 90 ޕަސަންޓްވޯޓުދޭނަން ޔަގީން
ަަދިވެހި ދަރިއެއް
24 October 2017
ކުޅިހިއްކަން ގަބޫލެއް ނުވިޔޭ ކިޔާފަ އެއާޕޯޓް ނޭޅުން، އެއިރުން އަދި މާދެރަ އަހަރެމެނަށް. ކުޅުދުއްފުށީ އެއާޕޯޓް ޕްރޮޖެކްޓްމ މިތާކައިރި އެހެން ރަށަކަށް ބަދުލުވާތަން ބަލާކަށް ކެތެއްނުކުރެވޭނެ. ތިޔަ ކުޅިއަށް މިރަށުމީހުން ވަށައިގެން އެއްވެ ބަލަން ތިއްބަކަސް ވާނެ ކަމެއް ނެތް، އެކަމަކު ބޯޓް ޖައްސަންޏާ ވާނެ ކަންތައް ބައިވަރު.
ސަދަން
24 October 2017
އެއްވެސްކަހަލަ ދިރާސާތަކެއް ނެތި އެއްވެސް ޕްލޭނެއް ނެތި ދުރު މުސްތަޤްބަލައް ބެލުމެއްނެތި ، އެފަހަރަކު ހިތައް އެރި ގޮތަކަށް ، އެފަހަރަކު ފެނުނު ގޮތަކަށް ކަންކަން ކުރެވުމުންދާތަން މިފެންނަނީ . މީ ވަރަށް ހިތާމަ ހުރިކަމަކެވެ. މީކީ ޤައުމުތައް ހިންގާ ގޮތެއް ނޫނެވެ. މިގޮތަށް ކަންތައް ކުރުމުން ވަގުތީގޮތުން ލިބޭ ހިންހަމަ ޖެހުމަކަށްވުރެ ބޮޑަށް ، ޤައުމަށް ލިބޭ ގެއްލުން ބޮޑުވެފާ ހަރަދުވެސް ބޮޑުވާނެއެވެ. އަދި ރައްޔިތުންނަށް ކުރާ ފައިދާވެސް ކުޑައެވެ. އެނގިނުލައްވާނަމަ އިލްމީ ބޭފުޅުންގެ ކޮމެޓީއެއް އެކުލަވާލާ ބޭރުގެ އާޗިޓެކްޗަރުންނާއި، އިންޖިނިއަރުންގެ އެހީ ބޭނުން ކޮށްގެން ޤައުމުގެ އާބާ ބެހިފަ އޮތްގޮތާއި އެސަރަހައްދު ތަކުގައި ވަސީލައްތައް ގާއިމުކުރާނެ ގޮތާއި ލޮކޭޝަންތަކާއި އެކިސަރަހައްދުގެ ޑިޒައިންތަކާއި ހިއުމަން ރިސޯސް ގާއިމު ކުރާނެ ޕްލޭން ތަކެއް އެކުލަވާލަން އެބަޖެހެއެވެ. ސަރަހައްދުތަކުގެ ކައުން ސިލްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން ރައްޔިތުންގެ ހިޔާލާއިއެކު މިކަންތައްކުރުން ވަރަށްވެސް މުހިއްމެވެ.
ސާޕުޓި
24 October 2017
ކުޅި ދުއް ފުއްޓަށް ބޭނުންވަނީ ބްރިޖެކެވެ. އެބްރިޖް އަޅަންޖެހޭނީ ނޮޅިވަރަށް ފަރުތެރެއިންލާފައި ހަނިމާދޫއާއި ކުޅުދުއްފުއްޓާ ދެމެދުއެވެ. އެކަމަށް ގާތްގަނޑަކަށް 230 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
އަމާ
24 October 2017
މާމޮޅު ހިޔާލެއް އެބައޮތޭ. ކުޅުދުއްފުށީ މީހުން ހަނިމާދުއަށް ބަދަލުކޮށްލާ ކުޅުދުއްފުށީ ހަދާ ހޮސްޕިޓަލް މެޑިކަލް ކެމްޕަސް ރަށަކަށް. އެމީހުން ބޭނުމީ އެއަރޕޯޓް ވީމާ އެމީހުންނަށް އެއަރޕޯޓެއް ދީ. ދެން ކުޅި ބާއްވައިގެން އެއަށް ބަލައިގެން އޭގެ ރީތިކަމާމެދު އަޖައިބުވާ މަކަހަލަ ދިވެހިންނަށް ކުޅުދުއްށީގައި އުޅެން ދައުވަތުދީ. އުފަލުން ދާނަން. ދެން އަދި ބަލިމީހުންނަށް ވަރަށް އަރާމު ލިބޭ ކަމެއް ނޭޗަރ އަށް ބެލުމަކީ ހޮސްޕިޓަލް ކެމްޕަސް އަޅާނީ ކުޅި ބޮޑުދޮށުގައި. ބަލިމީހާއަށް އެރީތިކަން ފެންނަ ގޮތަށް.
އަމާގެއަމާ
24 October 2017
ތިހިރީ ހަމަރަނގަޅައް ބީތާވެފަ ރަނގަޅައްވިއްޔާ ތިވާނީ ބަންގާޅިޔަކައް ދިވެއްސަކު ތިކަހަލަ ކޮމަންޓެއް ނުކުރާނެ 12000 މީހުންގެ އާބާދީއެއް ބަދަލު ކުރުމަކީ ގެދޮރު އަޅައިދިނުމަކީ ނުވާނެ ކަމެއް ހަނިމާދޫއައް ގެންގޮސްގެން
asidays
24 October 2017
ބޭނުމީ އެއާޕޯޓެއް
ދދދދ
24 October 2017
ކަށްވަޅަށްވެސް ދާނީ ތިޔަ އެއަރޕޯޓް ހިފައިގެން ދޯ.
ހައު
24 October 2017
ކުޅިއެއްވެސް ހިފައިގެން ނުދެވޭނެ ކަށްވަޅަކަށް
ޒޒޒޒ
24 October 2017
މަވެސް ބޭނުމީ އެއާޕޯޓެއް ކައްވަޅައްދާއިރު ކުޅިޔެއް ނުގެންދެވޭނެ .
ވާލުސޮރު
24 October 2017
ޖޭވަނީދޯ ކުޅުދުއްފުށީމީހުން މޮޔަހައްދަން އުޅޭނެކަމެއްނެތް ތިކަމެއްނުވާނެ. ނަޝީދަށް ދެން ޓާޓާ. މިކުޅުދުއްފުށީ މީހުންނަކީ ތަރައްގީބައެއް.
އެއްފަސް
24 October 2017
ލ.ހިތަދޫ އާއި ކުނަހަންދޫ އާއި މެންދޫ ގުޅުވާ ދެއްވަބަލަ ތައީސް .100 ފޫޓްގެ ކޯޒްވޭ އަކުން ބޮޑު "ކަރައެއް" އުފެދޭނެއެވެ.އޭރުން 2200 މީހުންގެ އާބާދިއެއް އެއްވަސް ކުރެވޭނެ އެވެ. އޭރުން ވަރަށް ޝުކުރުވެރިވާ ބައެއް ކަމުގައި އަޅުގަޑުމެން ވާނަމެވެ.
ދޭނަމޭ
24 October 2017
ތިކަން ވެސް ކޮށްދޭނީ މަމެން ޕިންކީން ގެ ސަރުކާރުން ނެވެ. ތަމެން ގެންނާނީ މާލެ ސަރަހައްދަށް މާލެ ސަރަހައްދުން ފްލެޓްސް ދީފައި އިނގޭ.