ދިރާގުގެ ހެޑް އޮފީސް: މިދިޔަ ކުއާޓަރުގައި ދިރާގަށް ލިބުނު ފައިދާ ވަނީ އިތުރުވެފައި.
31 އޮކްޓޯބަރ 2017 - 09:39
މޮބައިލް ޑޭޓާ އާއި ބްރޯޑްބޭންޑް އިންޓަނެޓް ހިދުމަތުން ލިބުނު އާމްދަނީ އިތުރުވުމުން ދިރާގަށް މިދިޔަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 210.5 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ބަހުރެއިންގެ ބަޓެލްކޯ އާއި ދިވެހި ސަރުކާރު އަދި ރައްޔިތުން ހިއްސާވާ މުއާސަލާތީ ކުންފުނިން އާއްމުކުރި މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން އާމްދަނީގެ ގޮތުގައި 652 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ ކުއާޓަރަށްވުރެ ހަތަރު ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖޭގައި އެންމެ ދާއިރާގައި މުއާސަލާތީ ހިދުމަތް ދޭ ކުންފުނީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ލިބުނު ސާފު ފައިދާ މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓަރަށް ވުރެ ތިން ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މިއަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ އެއް ޕަސެންޓް އިތުރުވެފައިވެ އެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ކުންފުނީގެ އިންޓަރިމް ޑިވިޑެންޑްގެ ގޮތުގައި 453 މިލިއަން ރުފިޔާ ބަހާފައިވެ އެވެ.
ދިރާގުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިންގުމުގެ ހަރަދުގެ ގޮތުގައި 327 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 37.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އެ ކުންފުނީގެ ހިއްސާއަކަށް ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓަރުގައި ޖެހިފައި ވަނީ 2.77ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިލިޓަރީ
01 November 2017
ނަޝީދު ލަދުގަންނަން ޖެހޭނެ މިރާއްޖޭގެ ވެރިކަމައްކުރިމަތިލާން.
ސޮކްތެރެޕީ
01 November 2017
ރައިސް ނަޝީދަކީ މިރާއްޖެއަ ހެޔޮއެދޭ މީހެއްނުން ނަޝީދުގެ ބޭނުމަކީ މިގައުމު ދަވާލުން.
މެންޓަލިސްޓް
31 October 2017
މާނައަކީ 4 މަސްތެރޭގައި210 މިލިއަންރުފިޔާ ،،، އެއީ 13 މިލިއަންޑޮލަރު ،،، 3 ކުއާޓަރވީމައި ގާތްގަޑަކަށް 39މ ޑޮލަރު ،،، އަނެއްހެން ބޮޑެތި 3 ރިސޯޓުހިންގުން ކަހަލަ ކަމެއްދެއްތޯ ؟؟ ވަރަށްވެދުން
ރާއްޖެ
31 October 2017
މި ވަރަށް ފައިދާ ވަމުން ދިޔަ ކުންފުނީގެ ހިއްސާ ނަޝީދު ވިއްކާލީ ކީއްކުރަންބާ؟
ދިރާގު
31 October 2017
ނަޝީދު ހިއްސާތައް ވިއްކާލި ކަމުންނޭ މިވަރު ވެސް މި ވަނީ..ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮތްނަމަ މިހާރު ދިރާގު ދަވާލައިފިސް...
ލޮލްސް
31 October 2017
ދިރާގު ނިކަން ބުނެބަލަ.. މިހާރު ގިނަ ފައިދާ ލިބެނީ ރާއްޖެއަށްތަ؟ ނޫނީ މެޖޯރިޓީ ހިއްސާގަތް ބޭރު ކުންފުންޏަށްތަ؟