ޓްރަމްޕުގެ އެޑްވައިޒަރަކަށް ކެމްޕޭނުގައި މަސައްކަތް ކުރެއްވި ޕަޕަޑޮޕޫލޮސް (ވ-3) ކެމްޕޭން ނޭޝަނަލް ސެކިއުރިޓީ ޓީމާ ބައްދަލު ކުރަނީ. --ފޮޓޯ:އޭއެފްޕީ
31 އޮކްޓޯބަރ 2017 - 11:07
ވޮޝިންޓަން (އޮކްޓޯބަރު 31) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭން އެޑްވައިޒަރު ޖޯޖް ޕަޕަޑޮޕޫލޮސް ވަނީ އެފްބީއައިގެ ތަހުގީގަށް އިތުރުފުޅު ހައްދަވާފައި ކަމަށް އޭނާ އެއްބަސްވެވަޑައިގެންފި އެވެ.
ޕަޕަޑޮޕޫލޮސް ވިދާޅުވީ ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ އޮފިޝަލުންތަކަކާ ބައްދަލުކުރީ ޓްރަމްޕުގެ ކެމްޕޭނުގައި މަސައްކަތް ކުރި ދުވަސްވަރު ކަމަށެވެ. އެކަމަކު ޖެނުއަރީ މަހު އެފްބީއައި އިން ޕަޕަޑޮޕޫލޮސްއާ އިންޓަވިއު ކުރި އިރު އޭނާ ވިދާޅުވެފައި ވަނީ ރަޝިޔާގެ އޮފިޝަލުންނާ ގުޅުން އޮތީ ޓްރަމްޕުގެ ކެމްޕޭނާ މިދިޔަ އަހަރުގެ މާޗު މަހު ގުޅުމުގެ ކުރިން ކަމަށެވެ. ޕަޕަޑޮޕޫލޮސް ބައްދަލުކުރި އެކަކީ ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ ކަމަށް އޭނާ ގަބޫލްކުރާ އަންހެނެކެވެ. އެ އަންހެން މީހާ މެދުވެރިކޮށް ޕަޕަޑޮޕޫލޮސް ވަނީ ރަޝިޔާ ސަރުކާރުގެ އޮފިޝަލުންނާ ޓްރަމްޕުގެ ކެމްޕޭން ޓީމުގެ މެންބަރުންނާ ބައްދަލު ކުރަން މަސައްކަތް ކޮށްފަ އެވެ. ޕަޕަޑޮޕޫލޮސް ބައްދަލުކުރި އަނެއް މީހަކީ ރަޝިޔާ ސަރުކާރާ ގުޅުން އޮންނަ ލަންޑުގައި މަސައްކަތް ކުރާ ޕްރޮފެސަރެކެވެ.
ވައިޓްހައުސްގެ ތަރުޖަމާން ސާރާ ސޭންޑާސް ވިދާޅުވީ ޓްރަމްޕުގެ ކެމްޕޭނުގައި ޕަޕަޑޮޕޫލޮސް އަދާ ކުރައްވާފައި ވަނީ ވަރަށް ލިމިޓެޑް ރޯލެއް ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުން ޓްރަމްޕުގެ ކެމްޕޭނުގައި ޕަޕަޑޮޕޫލޮސް އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާނެ ކަމަށް ސޭންޑާސް ވިދާޅުވި އެވެ.
އަނެއްކޮޅުން ޓްރަމްޕުގެ ކެމްޕޭން މެނޭޖަރަކަށް ކުރިން މަސައްކަތް ކުރި ޕޯލް މެނަފޯޓް އާއި އޭނާގެ ވިޔަފާރި ބައިވެރިޔާ ރިކް ގޭޓްސް އިއްޔެ ވަނީ ކޯޓަށް ހާޒިރުކޮށްފަ އެވެ. މި ދެ މީހުން ވަނީ ޔޫކްރޭނުގެ އިންތިޚާބުގައި ރަޝިޔާއާ ގުޅުން އޮންނަ ކެންޑިޑޭޓް ހޮވަން މަސައްކަތްކޮށް އެކަމުގެ ބަދަލަކަށް އެތައް މިިލިއަން ޑޮލަރެއް ހޯދައިފަ އެވެ. މެނަފޯޓުގެ މައްޗަށް ވަނީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ސިއްރުން 18 މިލިއަން ޑޮލަރު ގެންގުޅެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ސެންޑާސް ވިދާޅުވީ މެނަފޯޓާއި ގޭޓްސްގެ މައްޗަށް ކުރާ ތުހުމަތާ ޓްރަމްޕުގެ ކެމްޕޭނާ ގުޅުމެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލީމާ
31 October 2017
އެކި ދިމަދިމާލުން ދަބަރުޖަހާ، ދަބަރުތައް ފައިބަން ފެށީމާ، ކަންކަން ވާނީ ތިހެން! ކައިރީގާ ގެންގުޅުނު މީހުންނަށް ދަބަރަކީ ކޮންއެއްޗެއްކަން ވިސްނުނީމާ ތަޅާނެ! ފައިބާނޭކަން ކަށަވަރުވާތީ! -އިބްރާހީމް-