ޕެރަޑައިސް އައިލެންޑް ރިސޯޓު ޕޫލް: ވިލާ ހޮޓެލްސް
31 އޮކްޓޯބަރ 2017 - 14:12
ޕެރަޑައިސް އައިލެންޑް ރިސޯޓުގެ ޕޫލަށް ގެނބިގެން ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި ޕެރަޑައިސް ރިސޯޓުގައި ޓޫރިސްޓަކު ގެނބިގެން މަރުވި ކަމުގެ ރިޕޯޓު ލިބުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
އެނގިފައިވާ ގޮތުގައި މިއަދު 11 ޖަހާކަން ހާއިރު ހިނގި ހާދިސާގައި ގެނބިގެން މަރުވީ 54 އަހަރުގެ ޗައިނާ އަންހެނެކެވެ. އޭނާ އަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ވެ އެވެ.
މިދިޔަ ހޯމަ ދުވަހު ހުވަފެންފުށި ރިސޯޓްގައި ކުޑަ ކުއްޖަކު ސްވިމިން ޕޫލަކަށް ވެއްޓިގެން ވެސް ވަނީ މަރުވެފަ އެވެ. މަރުވީ އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ދިޔަ ޓޫރިސްޓެއްގެ ދަރިފުޅެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނާޒިމް
01 November 2017
ބަލައި އައިމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެ! ކޮންމެހެނެއް ޕޫލް ގެ މައްސަލައެކޭ، ވިލާ ގެ މައްސަލަ އެކޭ، އޭޑީކޭ ގެ މައްސަލަ އެކޭ، ނޫނީ ކަނޑު ގަދަވެގެން ގުދްރަތީ މައްސަލަ އެކޭ ކިޔާނެ ކަމެއް ނެތް. ބަލައި އައިމަ މިދުނިޔެ ދޫކޮއް ދެން އޮތްދުނިޔެ އައް ދާންވީ. ވައްސަލާމް!
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
01 November 2017
ކޮންމެ ނަފުސެއްވެސް މަރުގެ ރަގަ ދެކޭނެ ކަމަށް ބުނެ “އަނިޔާވެރި ގޮތް ގޮތަށް ރާވައިގެން މަރާ މީސް މީހުންނަށާއި އަދި މީހުންގެ އިހުމާލުން މަރުވާ މީސް މީހުންނަކީ އަޖަލު ޖެހުނުން މަރުވި މީހުން” ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އަނިޔާއަށް ހިތްވަރު ދިނުން. ދައުލަތުގެ ފަރާތުން ފަރުވާ ކުޑަކޮށް މަގުމަތީގައި ބަހައްޓާފައި ހުރި ހޮޅިދަނޑިއެއް ބޮލަށް ވެއްޓި މެޑިސިން ހަދަމުން ދިޔަ ޒުވާން އަންހެން ކުއްޖަކު މަރުވި. ފެނަކަ އާއި އެމްޕީއެލް ފަދަ ތަންތަނުގައި ރައްކާތެރިކަން ފުރިހަމަ ނުކޮށް ހުރުމުން މުވައްޒިފުން މަރުވެފައިވޭ. ދައުލަތުގެ ރެގިއުލިޢޭޓް ބޮޑީ ތަކަށް މިކަންކަން ބަލާ ހުއްޓުވަން ފިޔަވަޅު އަޅަން ވަގުތު ނެތީ ސަރުކާރު ނަގަހައްޓަން ވެސް އުޅެންޖެހެނީ އެކަން ކުރާން ތިބި މީހުންނަށް ކަމަށްވާތީ “ރާއްޖޭގެ ރިސޯޓް ތަކުގައި ފަތުރު ވެރިން މަރުވުން އާންމުވެފައިވާއިރު ވެސް މިކަން ހުއްޓުވުމަށް ކަމެއް ކުރާން ވަގުތު ނުލިބެނީ” ކަމަށް ވެދާނެ.
ޢިހުސާސް
31 October 2017
މަރު ނުހުއްޓުވޭނެ ކޮންމެކަމެއް ކުރިޔަސް. ހަމަ ކަމެއް ވާއިރަށް ރިސޯޓްތައް ހިންގާ ގޮތް ކަމުނުދަނީ. ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނެ އެވެ.
ޢަލި
31 October 2017
ގާޑުން ނުތިބޭ ގަޑީގަ ޕޫލްމަތީގައި ދާއަޅަން ފެނޭ ކްރޫޒް ލައިނަރު ތަކުގަހެން
ސޯނޫ
31 October 2017
ޕޫލަށްގެނބި މަރުވުމުގެ ފޯވައްސެއް އަައީބާ؟
ލަިފުގާޑު
31 October 2017
ލައިފު ގާޑެއްވެސް ނުހުރޭތަ؟ ... ލައިފު ގާޑުން އެއީ އަބަދުވެސް ތިބެންޖެހޭ ބައެއްކަން ތިޔަރިސޯޓުގެ މެނޭޖުމަންޓަށް ނޭގެނީތަ... ރިސޯޓުތަކުގައި މާބޮޑަށްވެސް ކަންކަން ގޯސްވަމުންދާކަން އެބަފާހަގަވޭ... ރަގަޅުކުރުމަށް އިލްތިމާސްކުރަން...
ޝަހާމް
31 October 2017
މިއީ މިހާރު ކިހާ ބޮޑު މައްސަލައެއް. ކޮންމެ ޓޫރިސްޓެއްގެ ފަހަތުގައި ކެމެރާއެއް ނުވަތަ ލައިފް ގާޑެއް ބެހައްޓަން ވީނުންތަ...!
falaku ain
31 October 2017
ރިސޯޓް ތަކުގެ މެނެޖްމަންޓް ތަކުންވެސް ތަންކޮޅެއް ޒިންމާދާރުވާން އެބަޖެހޭ. އަދި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައްވެސް ޕޫލްތަކުގައި އަޅަން އެބަޖެހޭ މީހުންވެސް ހޭލުންތެރިކުރުވުން. ޕްރައިވެޓް ވިލާގައިވެސް ޕޫލަށް އެރިނޫޅޭ ވަގުތުގައި ދެވެން އޮންނަ މަގު އެބަ ބަންދުކުރެވެންޖެހޭ.
ޑޮން އަހުމަދު
31 October 2017
ޓޫ މަޗް ކޮންސެންޓްރޭޝަން އޮން ޓުއަރިޒަމް ގްރޯތް? އެންޑް ލެސް އޮން ކޮލިޓީ? މެއިބީ?