ބަންގްލަދޭޝްގެ ފުލުހުންތަކެއް: އެ ގައުމުގައި ދިވެއްސަކު މަރުވި މައްސަަލަ އަންނަނީ ތަހުގީގު ކުރަމުން
01 ނޮވެމްބަރ 2017 - 12:00
ބަންގްލަދޭޝް އަށް ގޮސް ހުއްޓާ މަރުވި ސ، މަރަދޫފޭދޫ ކަލަރުމާގޭ އަބްދުﷲ ފަތުހީ މަރާލީ ކަމަށް ގަބޫލުނުކުރާ ކަމަށާއި ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަން ބޭނުން ނުވާ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
އުމުރުން 67 އަހަރުގެ ފަތުހީ މީގެ ދެ ހަފުތާ ކުރިން ބަންގްލަދޭޝް އަށް ދިޔައީ އެގައުމުގެ މީހަކާ ކައިވެނިކުރުމަށް ކަމަށް އާއިލާ އިން ބުނާއިރު އޭނާގެ މަރުގެ ހަބަރު އެ މީހުންނަށް ލިބުނީ އިއްޔެ ހެނދުނެވެ. އޭރު ވާހަކަ ފެތުރުނީ ބަންގްލަދޭޝްގައި އޭނާ މަރާލީ ކަމަށެވެ.
ފަތުހީގެ ދޮށީ ފިރިހެން ދަރިފުޅު، މުހައްމަދު ޒަރީރު މިއަދު ބުނީ ބައްޕަގެ މަރުގައި ޝައްކުވާ ކަންތައްތަކެއް ހުރިކަމަށް އާއިލާ އަށް ގަބޫލުނުކުރެވޭ ކަމަށާއި މަރުވުމުގެ ތަންކޮޅެއް ކުރިން އިއްޔެ ހެނދުނު ވެސް ބައްޕައާ ވާހަކަ ދެއްކި ކަމަށެވެ.
"މިކޮޅުގައި އުޅުނު އިރު ވެސް ބަލިކޮށް އުޅުނީ. ގޭހުގެ މައްސަލަ ވެސް ވަރަށް ބޮޑަށް ހުރޭ. އިއްޔެ ހެނދުނު އަޅުގަނޑުގެ ކޮއްކޮ އަކާ ފޯނުން ވާހަކަ ދައްކަމުން ބުނީ ގޭހުގެ ކަންތައް ވަރަށް ސަކަރާތް ކަމަށް. އަދި ހޮސްޕިޓަލަށް ދާން އުޅޭ ކަމަށް ވެސް ބުނި،" ފަތުހީގެ 11 ދަރިންގެ ތެރެއިން އެންމެ ދޮއްޓަށް ހުންނަ ޒަރީރު ބުންޏެވެ.ަ
"އެކަމަކު ބަންގްލަދޭޝްގެ މާހައުލު ކަމުނުދާކަމާއި އުޅެން އުނދަގޫ ކަމަށް ބުނި. އަދި މިއަދު މާލެ އަންނަން ނިންމާފައިވާ ކަމަށް ވެސް އޭރު ބުނި."
އޭނާ ބުނީ އޭގެ ފަހުން ބައްޕަގެ ހަބަރެއް ނުވެ ހުރެފައި މަރުގެ ހަބަރު ދިނީ އެމްބަސީން ގުޅާފައި ކަމަށެވެ. އެ ތަނުން ބުނި ގޮތުގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ފަތުހީ ވަނީ މަރުވެފަ އެވެ.
"އޭގެ ފަހުން އަޅުގަނޑު ހޮސްޕިޓަލަށް ގުޅާފައި އެހިން ބައްޕަ އަށް ކަމެއް ކޮށްފައި ހުރިތޯ. އެއްޗެއް ދީފައި ހުރިތޯ. އެކަމަކު އެ ތަނަކުން އެ ކަހަލަ ވާހަކައެއް ނުބުނޭ،" ޒަރީރު ބުންޏެވެ.
އޭނާ ބުނީ މަރުގެ ހަގީގަތް ދެނެގަނެވޭނީ ޕޯސްޓްމޯޓަމް ހަދައިގެން ކަމަށް ފުލުހުންނާއި ހޮސްޕިޓަލުން ބުނިކަމުގައި ވިޔަސް އާއިލާ އިން އެކަން ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުންވަނީ ވީހާ ވެސް އަވަހަށް ބައްޕަގެ ހަށިގަނޑު ރާއްޖެ ގެންނަން ކަމަށް ބުންޏެވެ.
ޒަރީރު ބުނީ ބައްޕަ ބަންގްލަދޭޝް އަށް ދިޔައީ އަމިއްލަ ކަމެއް ކުރުމަށް ކަމަށް ބުނެ ނަމަވެސް، ދިޔަތާ ހަތަރު ދުވަސް ފަހުން ގުޅާފައި އެތަނުން މީހަކާ ކައިވެނި ކުރިކަން އެންގި ކަމަށެވެ. އަދި އަންހެން މީހާގެ އާއިލާ ވެސް ވަރަށް ރަނގަޅު ކަމަށް ބުނި ކަމަށް ޒަރީރު ކިޔައިދިނެވެ.
ފަތުހީ މަރުވި ފަހުން، އޭނާގެ އަންހެނުންނާ ގުޅައިގެން ވާހަކަ ދެއްކި ކަމަށް ވެސް ޒަރީރު ބުންޏެވެ. އެކަމަކު އޭނާ ބުނީ އަންހެން މީހާ އަށް އިނގިރޭސި ބަސް ނޭނގޭތީ ކިޔާ ނުކިޔާ އެއްޗެއް ސާފުނުވި ކަމަށާއި ފަހުން ގުޅި އިރު ފޯނު އޮތީ ނިވާލާފައި ކަމަށެވެ.
އަންހެން މީހާ އާއި އޭނާގެ އާއިލާގެ އެއްވެސް މީހަކާ އޭގެ ފަހުން ނުގުޅޭތީ އެކަން ޒަރީރު ވަނީ ބަންގްލަދޭޝްގެ ފުލުހުންގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެކަމާ ގުޅިގެން އެ ގެ އަށް ފުލުހުން ގޮސް، އަންހެން މީހާއާ ވާހަކަ ދެއްކި ކަމަށާއި އެކަމަކު ފުލުހުންނާއި އަންހެންމީހާއާ ދެއްކި ވާހަކައިގެ ތަފްސީލެއް އަދި ނޭނގޭ ކަމަށް އޭނާ ބުންޏެވެ.
"މިހާ ހަމައަށް އައި އިރު އަޅުގަނޑަށް ބުނެވޭނީ ބައްޕަ މަރާލީ ކަމަށް ގަބޫލެއް ނުކުރެވެއޭ. ބައްޕައަކީ ވަރަށް ކުރި އަށް ވިސްނާ މީހެއް. އޭނާ މަރާލަން ނުވަތަ އަނިޔާއެއް ދޭކަން ޕްލޭން ކުރާ ނަމަ އޭގެ ކުޑަ ވެސް ޝައްކުވި ނަމަ ބައްޕަ އެކަން އެމްބަސީ އަށް އަންގާނެ،،" ޒަރީރު ބުންޏެވެ.
ފުލުސް އޮފީހުން ބުނީ ބަންގްލަދޭޝްގައި ދިވެއްސަކު މަރުވެގެން އުޅޭތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞަބޫ
01 November 2017
ކުރިއަށް ވިސްނާތީތާ، އެއުމުރުގައި ބަންގާޅަށް ގޮސް ތިވަރުގެކަމެއްކުރާނީ. މަރުހޫމްގެފުރާނަޔަށް ރަހުމަތްލައްވާށި.
ދާއިދު
01 November 2017
ދިވެހިން ދޭ ލަފަޔާ ޙިޔާލު ގަބޫލު ކުރެވޭނެތަ؟ 32 ޑިގްރީ ހޫނު އަދި 85އުން މަތީގެ ހިޔުމިޑިޓީ ހުއްޓާ ދުލުން ދިލަ ނަގާ ވަރުގެ ކުޅި މަސް ކައިފަ އެބަ ބުނޭ ހާދަ މީރޭ ހާދަ ހިތްހަމަޖެހިއްޖެއޭ. އެކަމަކު މީހާ އެވަގުތު ދުލުން ދިލަ ނެގި ސަބަބަކީ މިޔުކޯސާ(ހަޖަމް ކުރާ ބައިގެ ގުނަވަނެއް) ހަލާކުވީމަ. ތިމާ އަށް ތިމާ ނޭނގޭ ނަމަ ކިހިނެއް އެއްވެސް ކަމަކާ ގޮތް ކިޔަނީ. ތިމާ އުޅެ ބޮޑުވި މާހައުލުން ބޭރުގަ އަދި އެހެން ދުނިޔެއެއް އޮތްކަން ނޭނގޭ ނަމަ މިގޮތަށް "ހާދަ ހިތް ހަމަޖެހިއްޖެއޭ" ކިޔައިގެން އުޅެންޖެހޭނީ. ކަންކަމުގަ ގޮތް ކިޔޭނީ ތިމާގެ އަމިއްލަ ހަށިގަނޑާ ހިތާ ސިކުންޑީގެ އެވަގުތުގެ ހާލަަތު ރަގަޅަށް މާނަކުރަން އެނގޭ މީހުންނަށް. މިތަނުން އެކަތިވެސް އަނެކައްޗަކާ ގުޅުން ކެނޑޭ ނަމަ ގުޅުން އަލުން ގާއިމު ކުރަން އެނގެން ޖެހޭނެ.
މޮޑަފްް
01 November 2017
ބަންގާޅު ގިނަ މީހުން ދަންނާނެ ހިންދީ. ޚާއްސަކޮށް ފިރިހެނުން. ހިވާގޮތުން ފަތުހީ ވެސް ވާހަކަ ދައްކާނީ ހިންދީ ބަހުން. ބަސް ނޭނގެންޏާ އަތްފައިންވެސް ވާހަކަ ދެއްކިދާނެއެއްނު.
މާރިޔާ
01 November 2017
ހޫމް. ބަލާބަލަ ރައުދާގެ ބައްޕަ އޭނާގެ ދަރިފުޅު މައްސަލައިގައި ހަގީގަތް ހޯދަން ކިހާ މަސައްކަތެއްތަ އެ ކުރަނީ. ކަލޭމެން ހަމަ ބައްޕަ ހަމަ ހުރެފަ މަރުވީއޭ ކިޔާފަ އީޒީކޮށްލަނީ ދޯ. ވަޓް އަޝޭމް. ސަމްތިން ފިޝީ!
ކޮމެންޓޭ
01 November 2017
އަންހެން މީހާޔަށް ކައިވެނިކުރާ ހިސާބަށް ދިޔައީ ޓްރާންސްލޭޓަރަކު ބަހައްޓައިގެންތޯ ، ނޫނީ ފަތުހީ އަށް ބަންގާޅު ބަސް އިގެނީތޯ އެހެންނޫނީ ބަންގާޅު އަންހެން މީހަޔަށް ދިވެހި އިގެނީތޯ. ގާއިމު ރާއްޖޭގެ ހުރެފަ ބޭރުގައުމަކަށް ކައިވެނި ކުރަން ދާނީ ވަރަށްވާހަކަ ދެއްކިފަ ހުރީމަ ، މިކަން ދޫނުކޮށް ތަހްގީގު ކުރަން ޖެހޭ
ޕެޓްރިކް
01 November 2017
ދުރާލާ ވިސްނާ މީހެއްގެ ސިފަތަކެއް ހުރިކަމަށް ނުބެލެވޭ ހަބަރު ކިޔުމުން..އެހިސާބަށް ގިނަ ފައިސާތަކެއް ގެންދާނަމަ ބެކަޕް ޕްލޭނެއް އޮންނަންވާނެ، އެޓްލީސްޓް ފްރެންޑެއް ގެންދަންވާނެ، މަރްހޫމަށް ހެޔޮރަޙްމަތް ލެއްވުން އެދި ދުއާކުރަން، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި..
މެންޓަލިސްޓް
01 November 2017
އުމުރުން 67ކަށް އަރައި ދަރީންބޮޑެތިވެ ކާފަކީމައި އަމިއްލަ އަންހެނުން ނެތިއްޔާ ބަންގާޅު ކީއްކުރަން ކޮންމެތާކުންވެސް ތިމާގެ ކަންކަން ފަސޭހަކުރުމަށް ޓަކައި މީހަކާއި އިނދެވިދާނެ ،،، އެއީއަކީ ގޯހެއްނޫން ،، ނަމަވެސް ތިޔައުމުރުގައި ގޮސްއުޅޭއިރު އަމްދުން ބަލިއިރު ކޮންމެވެސް އެހީތެރިޔަކާއި ނޫނީ ވަރުހުރި ފިރިހެނަކާއި އެކު ގޮސް ގައުމުތަކުގައި އުޅުމަކީ ބުއްދިވެރިކަމެށް ،،، ދެންއޮތި ޕޯސްޓްމޯޓަމްގެ ވާހަކަ ،، އަސްލުގައި ހަނދާލަންޖެހޭނެ ،،،، އޭރުން ވީއެއްޗެއްވެސް އިނގޭނީ ،،، ކޮންމެހެން ބަދަލުހިފުމުގެ ރޫހަކުނޫން ،،، ކަންހިނގާ ދިއަގޮތް ސާފްކޮއްލަން ،،،، ވަރަށްވެދުން
އަޝްރަފް
01 November 2017
އާއިލާގެ ވާހަކަ މި ހުންނަނީ އެކިއިރު އެކި ގޮތަށް. އެހެންވީމަ މި މައްސަލައިގެ ފުރިހަމަ ތަހުގީގެއް ކުރެވެން އެބަ ޖެހޭ!
ވަރަށް ސުވާލު
01 November 2017
މީގައި ސުވާލުއުފެދޭ ބައިވަރުކަންތައް އެބަހުރި. 1. އިނގިރޭސި ނޭނގޭ މީހަކާ ފަތުހީ ވާހަކަދައްކާ ކައިވެންޏާ ހިސާބަށް ދިޔައީ ކިހިނެއް؟ 2. މަރުވި ސަބަބެއް ނޭންގޭ 3. ގޭސްގެ ކަމެއްގައި އެހާފަސޭހައިން މަރުވެދޭތަ؟ 4. ކީއްވެ އާއިލާއިން އެކަން ބަލަން ބޭނުން ނުވަނީ؟ މިމައްސަލް އެބަޖެހޭ ތަހުގީގުކުރަން. އެންމެ މަދުވެގެން މަރުވި ސަބަބު ޑަކްޓަރުންނަށް އެނގޭނެ. މީހަކު ހަމަ ހުރެފައިވެސް މަރުވެދާނެ. އެކަމު މަރުވި ސަބަބު އެނގެންޖެހޭ. ހާއްސަކޮށް މިކަހަލަގޮތަކަށް ކަންތައް ހިނގައިދިޔާމަ!
ހަމަ
01 November 2017
1.ހިންދީ ނުވަތައުރުދޫ އިނގެންޏާ ވާހަކަ ދެއްކިދާނެ 2. މަރުވި ހާޓް އެޓޭކެއް ޖެހިގެންކަމަށް ވަނީ 3. ހާޓްއެޓޭކެއްވިއްޔާ ގޭސްހެން ހީވެދާނެ 4. ޕޯސްޓްމޯޓަމް ހަދަން މައްޔިތާ ފަޅާ އެގޮތް މިގޮތް ހެދުމަކީ ރަނގަޅު ކަމެއްނޫން ހާއްސަކޮށް މިކަހަލަ ހާލަތްތަކުގަ. ރާއްޖޭން ބޭރުގަ މަރުވާ ކޮންމެމީހަކީ މަރާލެެވޭ މީހަަކަށްނުވެދާނެ.
ަސދަސ
01 November 2017
ޒަރީރު އހެން ނޫހަކަށް މައުލޫމާތު ދިނީ ދިމާ އިދިކޮޅަށް. މިނޫހަށް މުޅިން ތަފާތު ގޮތަކަށް. މިއީ ހަމަހޭގައި ހުރި މީހެއްބާ ؟
ރިއަލީ
01 November 2017
މައުލޫމާތު ދެމުން އެ ގެންދަނީ އަސްލު ޒަރީރުތޯވެސް އެބަ ޗެކްކުރަންޖެހޭ އެހެންވީމަ