ޓޮޓެންހަމް ހޮޓްސްޕާސްގެ ޑެލޭ އާލީ (ކ) ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
02 ނޮވެމްބަރ 2017 - 06:45
ލަންޑަން (ނޮވެމްބަރު 2) – އިނގިރޭސި ފުޓްބޯޅައިގެ ޝަރަފް ކަމަށްވާ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމުގައި، ދެ އަހަރުގެ ޗެމްޕިއަން ސްޕެއިނުގެ ރެއާލް މެޑްރިޑް 3-1 އިން ބަލިކޮށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުން އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ރޭ ޖާގަ ހޯދައިފި އެވެ.
މިދިޔަ ސީޒަނުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކެޓި ޓޮޓެންހަމް ވަނީ، އަނިޔާ އަށް ފަހު އެނބުރި އައި ފޯވާޑް ހެރީ ކޭންއާ އެކު ވަރުގަދަ ކުޅުމެއް ރޭގެ މެޗުގައި ދައްކައިފަ އެވެ.
ރޭގެ ބައްޔަކީ، ސްޕެނިޝް ލީގަށް އަލަށް ޕްރޮމޯޓްވި ޖިރޯނާ އަތުން 2-1 އިން މި ހަފުތާގައި ބަލިވި މެޑްރިޑުގެ ރިހޭ ފައި މައްޗަށް ފޮއި ވެއްޓުމެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް އަށް ޕޮއިންޓުގެ ފަރަގު ނައްތާލުމަށް މަސައްކަތް ފެށުމަށް ހިތްވަރު ހޯދަން ރޭ ލިބުނު ފުރުސަތު ވެސް މެޑްރިޑުގެ އަތުން މިވަނީ ގެއްލިފަ އެވެ.
ދެ ވަނަ ބުރުން ޓޮޓެންހަމް ޖާގަ ކަށަވަރުކުރީ ހަތަރު މެޗުން 10 ޕޮއިންޓާ އެކު އެވެ. މެޑްރިޑް ހަތް ޕޮއިންޓާ އެކު ދެ ވަނައިގައި އޮތްއިރު އެ ޓީމަށް ވެސް ދެ ވަނަ ފުރުސަތު އޮތީ ވަރަށް ބޮޑަށް ހުޅުވިފަ އެވެ. އެކަމަކު ދެ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ޖަރުމަނުގެ ގަދަބާރު ބޮރޫޝިއާ ޑޯޓްމަންޑަށް ފުރުސަތު ހަންޏެވެ. އެ ޓީމު ވަނީ ރޭ އަމިއްލަ ދަނޑުގައި ސައިޕްރަސްގެ އެޕޮއެލްއާ 1-1 އިން އެއްވަރުވެފަ އެވެ. ޑޯޓްމަންޑާއި އެޕޮއެލް އަށް ވެސް ދެ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ތިން ވަނަ ލިބެނީ ޑޯޓްމަންޑަށެވެ.
ރޭގެ މެޗުގައި ޓޮޓެންހަމްގެ އުއްމީދީ ފޯވާޑް ޑެލޭ އާލީ ވަނީ ދެ ގޯލް ޖަހައިފަ އެވެ. ފުރަތަމަ ގޯލް އޭނާ 27 ވަނަ މިނެޓުގައި ޖެހީ އޭރިއާ ތެރެއިން ކިއެރަން ޓްރިޕިއާ ޖައްސާލި ބޯޅަ މެޑްރިޑުގެ ގޯލްކީޕަރު ކިކޯ ކަސިޔާ އާއި ނާޗޯ ކައިރިން އަރަ އެވެ.
ދެ ވަނަ ގޯލް އާލީ ޖެހީ 56 ވަނަ މިނެޓުގަ އެވެ. މެދުތެރެއިން އެރިކް ޑަޔާ ދިން ބޯޅަ އޭނާ ގޯލަށް ވައްދާލީ މެޑްރިޑުގެ ކަސެމިރޯ ކައިރިން ދެ ފަހަރު ނައްޓާލުމަށް ފަހު އެވެ. އެ ބޯޅަ ގޯލަށް ވަނީ މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ގައިގައި ވެސް ޖެހިފަ އެވެ. ތިން ވަނަ ލަނޑު 65 ވަނަ މިނެޓުގައި ކްރިސްޓިއަން އެރިކްސަން ޖެހި އިރު މި ގޯލުގައި ވެސް އާލީގެ ދައުރު ބޮޑެވެ. އެގޮތުން އޭނާ މެދުތެރެއިން އުފެއްދި އެޓޭކެއްގައި ކޭން އަށް ދިން ބޯޅަ ކޭން ވަނީ ހުސްކޮށް އަރާ ހުރި އެރިކްސަން އަށް ޖައްސާލައިފަ އެވެ. ޑެންމާކް ކުޅުންތެރިއާ އެރިކްސަން ވަނީ ފަހަތުން ވިއްދާފައި ހުރި ލޫކާ މޮޑްރިޗަށް އެއްވެސް ފުރުސަތެއް ނުދީ ބޯޅަ ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.
މެޑްރިޑުގެ ހަމައެކަނި ގޯލް 80 ވަނަ މިނެޓުގައި ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ޓޮޓެންހަމް ކުޅުންތެރިންނަށް އޭރިއާ ތެރެއިން ބޯޅަ ސާފުކޮށްނުލެވި އުޅެނިކޮށް ބޯޔާ މަޔޮރަލް ޖައްސާލި ބޯޅަ އޭރިއާ ތެރެއިން ރޮނާލްޑޯ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާގަ ހަސަނާ
02 November 2017
މަށަކީ ރެއާލް ފޭން އެއް ގަބޫލް ކުރަން ޖެހޭ ރޮނާލްޑޯ ގެ ޒަމާން ގޮސްސިކަން... ޒިދާން ގެ ރޭވުންތެރި ކަން ނެތުމުން ޓީމް ބަލިވަނީ
ލަލީގާ ވޮޗް
02 November 2017
ރަދީފް 7 ، އެހެނިހެން 2 (މަރުހަބާ ރަދީފް(
މޮޔަ ޗެލްސީ ފޭންސް
02 November 2017
ޕެނަލްޑޯ ކަލޭ ދޭބަލަ މަަހަށް ، ދެލި އަލީ އެއީ ދުނިޔޭގަ 1 ވަނަ.ޕެނަލްޑޯ އެއީ މިހާރު އަސްލު 12 ވަނަ.
ފާގަ ހަސަނާ
02 November 2017
ޒިދާން ގެ ޔަހުޔާ ކާޅު ހިފުން ނިމި ޕެނާލްޑޯ ގެ ރުޅި ފަޅައިގެން އެ ދަނީ... މަރުހަބާ ސްޕާރސް
ލޯންސްޓާ
02 November 2017
މިސީޒަނުގެ ޗެމްޕިއަންސް ލީގުގަ ކައްޕަޅި އިނގެރޭސި ޓީމުތައް އަދި މިފެންނަނީ ވަރަށް ވަރުގަދަކޮށް
ކޭވް
02 November 2017
ކުއްލިއަކަށް ހޮހަޅަ ފުރި ބާރު ވެއްޖެ! މީ ކޮންބައިގަނޑެއްތަ؟ އާން އެނގިއްޖެ، އެއްކަލަ ޕެނާލްޑޯ ފޭނުން. ހައްހައްހާ. މަ ދެން ހީހީ. ޕެނާލްޑޯ ދޭބަލަ މަހަށް ރެއާލް ގޮވައިގެން.
ރަދީފް
02 November 2017
މަރުހަބާ ސްޕަޑްސް.
ކުމާރު
02 November 2017
ހާދަ ކަމެއް ނެތޭ މިތާ.ކިހިނެއްވަނީ ؟މެޑްރިޑް ފޭނުންނަށް އިންޓަރނެޓް ނުލިބެނީތަ ؟ ހަހަހަ އިނގިރޭސި މެދުފަންތީގެ ކައްޕަޅި ޓީމެކޭ ބާފޮށާގަނޑެއް ހެން މެޑްރިޑް ތަޅާފަ އެ ރޯނުގަ އެޅުވީ..
ރަދީފް
02 November 2017
ކުމާރު.ސްޕަޑްސް މިސީޒަނުގަ ވަަރަށް ވަރުގަދަ ކޮށް ފެންނަނީ.
ކުމާރު
02 November 2017
ތިކަމާ އެއްބަސް.އާރޖެންޓީނާ މާސްޓަރމައިންޑެއްގެ އާރޓް ވަރަށް ފުރިހަމަ..ކައްފަޅި ޓީމެކޭ މި ބުނީ ފާއިތުވި 30 ވަރަކަށް އަހަރަށް ރިއާޔަތް ކޮށްފަ
ރަދީފާ
02 November 2017
ފާއިތުވީ 30އަހަރަށް ރިއާޔަތް ކުރާކަށް ނުޖެހޭނެ ޓީމެއްގެ ފެންވަރު ބަލާކަށް. ފާއިތުވީ 30 އަހަރު ޓޮތެންހަމްއަށްވުރެ ރަނގަޅު ނަތީޖާ ހޯދި ޓީމެއް އާރސެނަލްއަކީވެސް. ކޮބާ އެމީހުން؟ ޓީމެއްގެ ވަރުގަދަކަމެއް ނޭނގޭނެ މާޒީގައި ހޯދި ކާމިޔާބީތަކުންނެއް. އެހެން ކަމަށް ވާނަމަ އަަބަދު މޮޅުވެ، ކާމިޔާބީ ހޯދާނީ އެއް ޓީމެއް. ފާއިތުވީ 30އަހަރުގެ އެންމެ ވަރުގަދަ ޓީމް.
ރަދީފާ
02 November 2017
ބަލަ ރެއާލް މެޑްރިޑަށް އެއްޗެހި ކިޔާއިރު މިކުދިންނަކަށް ނޭނގޭތަ ގްރީސް ލީގުގެ ފަސްވަނާގައި އޮތް ޓީމަކާ ކުޅެވެސް ބާރސާ އެއްވަރުވީކަން؟ ލަދުވެތި، އެހެންނު؟
ރަދީފް
02 November 2017
އެއްވަރު ވީމަ ލިބޭނެ ދޯ 1 ޕޮއިންޓް ، 3 ގޯލް ތަފާތުން ބަލިވީމަ 0 ޕޮއިންޓް ދޯ.ކުޅިވަރުގަ ހަމަ ކޮންމެ ޓީމެއްވެސް ބަލިވެ / މޮޅުވެދާނެ.އެއީ ނޫންތޯ ފުޓްބޯޅައިގެ ރީތިކަމަކީ.ހޯދާފަ ހުރި ކަމިޔާބީތަކަށް ބަލާއިރު ތި އިޝާރާތްކުރި ގްރީސްގެ އޮލިމްޕިއާކޯސް އެއީ ވަރުގަދަ ޓީމެއް.
ކުމާރު
02 November 2017
ގްރީސް ލީގުގެ ފަސްވަނާގައި އޮތް ޓީމަކާ ކުޅެ ބާރސާ އެއްވަރު ވެގެން އޮތީ ޓޭބަލް އެއްވަނައިގަ.ލަދުވެތި ވާކަށް ނުވޭ އެހެއްނު ؟ ލަދުވެތި ވާންޖެހޭ އިނގިރޭސި މެދުފަންތީގެ ޓީމެއް އަތުން ހަވާދު ގަނޑެއް ހެން ހަނާވީމަ
ރަދީފް
02 November 2017
ސާބަހޭ ކުމާރު ބްރޯ.ތިޔައީ ހަމަ ހަގީގީ ބާސާ ފޭނެއް.ވާންކޮށްފަ ބަހައްޓާތި.
ކުމާރު
02 November 2017
ގްރީސް ލީގުގެ ފަސްވަނާގައި ގްރީސް ލީގު 44 ފަހަރު ކާމިޔާބު ކޮށްފަވާ ގްރީސްގެ ޑިފެންޑިންގ ޗެމްޕިއަންސް އާ ކުޅެ 1 ޕޮއިންޓް ލިބިގެން ޓޭބަލްގެ 1 ވަނައިގަ އޮތީމަ އޯކޭ އެއްނު ރަދިއްޕެ ؟
އަޙްމަދު ނާފިޒު
02 November 2017
އެއްވަރުވުމާ ބަލިވުމާ ވަރައްތަފާތު. އެއްވަރުވީމަ 1ޕޮއިންޓް ލިބޭނެ. ބަލިވީމަ 0. އަދި ނުކުޅެވިގެން ބަލިވުމާ މޮޅަށްކުޅެ އެއްވަރުވުމާވެސް ވަރައްތަފާތުވާނެ.
ރަދީފާ
02 November 2017
ބަލަ އެޓީމަށް މިހާތަނަށް ލިބުނު ހަމަ އެކަނި ޕޮއިންޓް އެހޯދީ ބާރސާއަތުން. ޓޮޓެންހަމް އޮތީ ގްރީސް ލީގަށްވުރެ އެތައް ގުނައެއް ވަރުގަދަ ލީގެއްގެ 3 ވަނާގަ. އެހެންނޫނަސް ރެއާލް ބަލިވީ 3 ގޯލގެ ތަފާތަކުންނެއް ނޫން. 3-1 ވީމަ ވާނީ 2 ގޯލުގެ ތަފާތަށް.
ލީގް ވޮޗް
02 November 2017
މިފަހަރު ރެއާލަށް ލިބޭނީ 3 ވަނަ.
އަހްމަދު ނާފިޒުގެ ބަފާގެ ބޭބެ
02 November 2017
ނާފިޒް.) ނުކުޅެވިގެން ބަލިވުމާ މޮޅަށްކުޅެ އެއްވަރުވުމާވެސް ވަރައްތަފާތުވާނެ. (ކަލޭ ތިހެންބުނިއިރު ، ޕޮއިންޓަށް ބަލައިގެންދޯ ހުރިހާ ފުޓްބޯޅަ މުބާރާތްތަކުގަ ޓީމްތައް ތަރުތީބްވަނީ، އޭގަ ނުބަލާ މޮޅަށްކުޅެފަތޯ ބަލިވީ އަދި ނުކުޅެވި ބަލިވީތޯއެއް).
މެސީ
07 November 2017
އެހެންވެ ދޯ ލަލީގާ 12 ވަނައިގަ އޮތް ޓީމް އަތުން ރެއާލް މެޅުނީ. ހިނި އަންނަނީީީ. ހިހިހިހިހިހިހިހިހިހިހިހިިހިހިހ
ގާޑިއާބެ
02 November 2017
މެޑްރިޑް އަބަދުވެސް ބަލިވެފައޮތުން އެއީ އުފަލަކީ..