06 ނޮވެމްބަރ 2017 - 06:37
އިންޑިއާގެ ތާނޭގެ ނަވަޕާރާ ޑިސްޓްރިކްޓްގައި ދިރިއުޅޭ މީހަކު އައިފޯން 10 ގަންނަން އަހެއްގައި ކުރި ދަތުރަށް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.
އޯޑަރު ކޮށްފައިވާ ފޯނު ނަގަން އޭނާ އަހަކަށް ސަވާރުވެގެން ދިޔައިރު ބޭން ޕާޓީއެއް ބެރު ޖަހަމުން އޭނާގެ ފަހަތުން ދިޔަ އެވެ. އިންޑިއާގައި އާއްމުކޮށް މިފަދަ ބޭން ޕާޓީތައް ފަހަތުގައި ބާއްވައިގެން އަހުގައި މީހުން ދަތުރުކުރަނީ ކައިވެނިކުރަން އަންހެންކުއްޖާގެ ކައިރިއަށް ދާށެވެ.
Maharashtra: Man goes to purchase iPhone X riding a horse with dhol in Thane's Navpara pic.twitter.com/opLu0wyAg9
— ANI (@ANI) November 3, 2017
އޭއެންއައިގެ ޓުވީޓެއް
އެމީހާގެ އަތުގައި "އައި ލަފް އައިފޯން 10" ޖަހާފައިވާ ކަރުދާސްގަނޑެއް އޮތެވެ. އަދި ފަހަތުން އައި ބޭސް ޕާޓީގެ ބައެއް މީހުން ވެސް ތިބީ މީގެ ލިޔުން ހިފައިގެންނެވެ.
އިންޑިއާގައި ވެސް އައިފޯން 10 މި މަހު 3 ގައި ވަނީ ވިއްކަން ފަށައިފަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މަހޭޝް ޕަލީވާލް ނަމަކަށް ކިޔާ މި މީހާއަށް ބޭންޑާއެކު، ފޯން ވިއްކާ ފިހާރައާ ހަމައަށް ދެވުނުއިރު ހަވީރު 6.30 ވެއްޖެ އެވެ.
ފޯނު ނަގަން ވެސް މި މީހާއަކަށް އަހުން ފައިބާކަށް ނުޖެހުނެވެ. އެ ފިހާރައިގެ ވެރި މީހާ ފޯނު ހިފައިގެން ގޮސް ފޯނު ހަވާލުކުރީ އަހުގައި އިންދަ އެވެ.
ޕަލީވާލް ސިފަ ކުރާ ގޮތުގައި އައިފޯން 10 އޭނާއަށް ލިބުނު ދުވަހަކީ އޭނާގެ ހަޔާތުގައި އައި ވަރަށް އުފާވެރި އެހާމެ ނަސީބު ގަދަ ދުވަހެކެވެ. އަދި ފޯނު ގަންނަން އޭނާ އައިގޮތުން ގިނަ ބަޔެއްގެ ސަމާލުކަން ލިބުނީތީ ވެސް ވަރަށް އުފާކުރާ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގައި އައިފޯން 10 ގެ 64 ޖީބީ މޮޑެލް ވިއްކަނީ 89،000 ރުޕީސް އަށެވެ. އެއީ ގާތްގަނޑަކަށް 1،400 ޔޫއެސް ޑޮލަރެވެ. އަދި 256 ޖީބީ މޮޑެލް 102،000 ރުޕީސް (1،559 ޔޫއެސް ޑޮލަރު) އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙަލާލް ބޮއި
06 November 2017
ގެޓް އަަ ލައިފް....... ތިވަރު ވާކަށް ނުޖެހޭ
އައިފޯނާ
06 November 2017
އިންކްރެޑިބަލް އިންޑިއާ އިޒް ބެކް
iPhone XiPhone Xއައިފޯން އެކްއ
06 November 2017
މޮޔައިންގެ މައުރަޒު
ެައަލްޖިބުރީލު
06 November 2017
ތިވާނީ އިންޑިޔާގަ އުޅޭ ގުއި ނުދެކޭ ކާޅަކަށް.