މިރޭގެ މެޗުގެ ތެރެއިން މޮރާޓާ (މ) ޔުނައިޓެޑްގެ ދެ ކުޅުންތެރިން ކައިރިން ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: އޭއެފްޕީ
06 ނޮވެމްބަރ 2017 - 00:51
ލަންޑަން (ނޮވެމްބަރު 5) - ދެ ވަނަ ހާފުގައި އަލްވާރޯ މޮރާޓާ ވައްދާލި ގޯލާ އެކު ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން 1-0 އިން ކުރި ހޯދައިފި އެވެ.
މިއަދު އާސެނަލް އަތުން 3-1 އިން މޮޅުވެ މެންޗެސްޓާ ސިޓީ ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް ޔުނައިޓެޑާއި ތިން ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ޓޮޓެންހަމް މިއަދު ކުޅުނު މެޗުން ވަނީ 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. ޗެލްސީ މިރޭގެ މޮޅާ އެކު ވަނީ 11 މެޗުން 22 ޕޮއިންޓް ހަމަކޮށް ލީގުގެ ހަތަރަކަށް އަރައިފަ އެވެ.
މިރޭގެ މެޗު ކުރިން މޮރާޓާ އެންމެ ފަހުން ލީގުގައި ލަނޑެއް ކާމިޔާބުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ. ޗެލްސީ އަށް ކާމިޔާބު ކޮށްދިން އަށް ވަނަ ގޯލު މޮރާޓާ ޖެހީ މެޗުގެ 56 ވަނަ މިނިޓްގައި ސެސާ އަޒްޕިލިކުއޭޓާ ނަގައިދިން ހުރަހަކުން ބޮލުންނެވެ. މީގެ އިތުރުން ވެސް ލީޑުފުޅާކުރަން އެޑެން ހަޒާޑާއި ޓިއެމް ބަކަަޔޯކޯ އަށް ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޔުނައިޓެޑުގެ މަރުއާން ފެލައިނީ ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. މި މެޗުގައި ވެސް ޔުނައިޓެޑަށް ކުޅޭ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.
މި މެޗުން މޮޅުވުމުން ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް އޮތް ޕްރެޝަރު ވަނީ ކުޑަވެފަ އެވެ. ޗެލްސީ އަމިއްލަ ދަނޑުގައި އެންމެ ފަހުން ލީގުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅުނު 16 މެޗުން ބަލިވެފައިވަނީ އެންމެ ފަހަރަކު އެވެ.
މިރޭގެ މެޗަށް ފަހު ކޮންޓޭ ބުނީ އުނދަގޫތަކަކަށް ފަހު ޗެލްސީ މި މެޗަށް ނުކުތީ ވަރަށް ވިސްނައިގެން ކަމަށާއި މޮޅުވުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.
"އަނިޔާގެ މައްސަލަތަކާ އެހެން ކަންތައްތަކުގެ ސަބަބުން އަހަރެމެންނަށް ވަރަށް އުނދަގޫތަކާ ކުރިމަތިވެފައި ވަނިކޮށް މި މެޗާ ކުރިމަތިލާން މި ޖެހުނީ. މި ހާލަތުގައި މި ލިބުނީ ވަރަށް ބޮޑު މޮޅެއް،" ކޮންޓޭ ބުންޏެވެ.
އާސެނަލާ ދެކޮޅަށް މިރޭ ސިޓީ އަށް ލީޑުނަަގައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އެވެ. ދެ ވަނަ ހާފުގައި ސާޖިއޯ އަގުއޭރޯގެ ޕެނަލްޓީން ސިޓީ ލީޑުފުޅާކޮށްފައިވަނިކޮށް އާސެނަލަށް ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލެކްސަންޑަ ލަކަޒެޓޭ އެވެ. ސިޓީގެ ތިން ވަނަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ޖީސޫސް އެވެ. ޖީސޫސް މި ލަނޑު ޖެހީ ޑޭވިޑް ސިލްވާ ދިން ބޯޅައަކުންނެވެ. އޭރު ސިލްވާ ހުރީ އޮފްސައިޑްގައި ކަމަށް ބުނެ އާސެނަލް ކުޅުންތެރިން ވަރަށް ބޮޑަށް ޝަކުވާ ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޮބޮ
18 December 2017
ޗެލްސީ ހަމަ މޮޅީއޭ
މޮންތާ
06 November 2017
ޓޭބަލް ބަލާފަ ކޮމެންޓު ކުރުމަ ހަނދުމަ ކޮދެން ހެހެހެހެހ ޗޮސްސީ
ދާއިމީ
06 November 2017
ޓޭބަލް ބަލާފަ ކޮމެންޓް ކުރުން ބުއްދިވެރިވާނި ސީޒަން ނިމުނީމަ.. 1 ޕޮއިންޓް 2 ޕޮއިންޓްގެ ތަފާތު އުޅޭއިރު ޓޭބަލް ބަލާފަ ކޮމެންޓްކުރާނި ވަގުތީ މެހިމާ ބޫރުން
ހައްޤުބަސް
06 November 2017
ކޮންޓޭ ބޭރުކޮށްފިއްޔާ އެއީ ޗެލްސީއަށް ހެދޭނެ އެންމެ ބޮޑު ގަޅި... ދެން ނެތް އެއަށްވުރެއް ރަނގަޅު ކޯޗެއް ޗެލްސީއަކަށް ލިބޭކަށް.. މައްސަލައަކީ ކުލަބު ބޯޑުގެ ބައެއް މެންބަރުންނާ އޭޖު ކަޓައިފަ ތިބި ބައެއް ކުޅުންތެރިން މާބޮޑަށް އެނގިގަނެގެން ބޮޑާ ހޭކުން
ޒައި
06 November 2017
ކޮންޓޭ ދައްކަނީ ހަމަ ރަނގަޅުވާހަކަ... ޓީމުގެ އިންޖަރީ ބޮޑުވީމަ އޭނާގެ މޮޅު ގޭމްޕްލޭނާ ޓެކްޓިކަލް ރޭވުންތެރިކަން ނުފެންނަނީ.. ރޭގަ މޮޅުކަމަށް ދަޢުވާކުރާ މޮރީނިއޯ ނޭވާ ހޮޅިއަށް އެޅިފަ އޮތީ
އަނގަގަދަމިތުރު
06 November 2017
ހަސަދައިގެ އަލިފާނުން ތިޔަ ބޮޑާ ކިބުރުވެރި މޮރީނިއޯ އަނދައި ހުލިވަނީތި.. ދެންވެސް އަނގަ މައިތިރިކުރެވޭތޯ ބަލާތި...ކޮންޓޭގެ ޓެކްޓިކްސް ވަރަށް މޮޅު އިންޖަރީއާ ހެދި އެކަން ނުފެންނަނީ
އާޒާދީ
06 November 2017
ކޮބާ މޮރީނިއޯ އަދިވެސް ގުއި އަނގަ އަރުވާ ހޮޅި ވާހަކަ ދައްކާތި... އަނގަޔާ ހިސާބުން ތި ބަދަލުވީ
ކުމާރު
06 November 2017
ލުކަކޫ އަށްވުރެ ރަނގަޅުވާނެ ޖުމުހޫރީ މައިދާނުގަ ބޮޑު ދިދަ ނަގާފަ އިން ދަނޑި ވެސް.އެކަމް މި އުޅޭ މެންޗެސްޓަރ ސަޕޯޓަރުންރުއްދަށު 2 ޓީމެއް ކޮޅަށް ގޯލެއް ޖަހާއިށް އެވަރެއް ނެތިގެން ތި ލުކަކޫ އަށް ދުނިޔޭގެ ރަސްކަން ދީގެން އުޅުނު ހަނދާންވީމަ އަންނަނީ ހިނި.މަރުހަބާ ޗެލްސީ
ވެލެންސިއާ
06 November 2017
ދެން ކުމާރު އާދެބަލަ ކުޅެން .. ބޮޑުދިދަ ނަގާފަ އިން ދަނޑިއަށްވުރެ މޮޅުވާނެތާ.. މިސީޒަންގަ އެއްމެ ގިނަ ލަނޑުޖެހީ ތިބުނާ ލުކާކޫ މިޓީމަށް..
ރަދީފް
06 November 2017
މަރުހަބާ ޗެލްސީ.މަރުހަބާ ސިޓީ.މަރުހަބާ ހުރިހާ ފޭނުން.އާސެނަލް ބަލިވީ ހުރިހާ ގޮތަކުންވެސް ފުރިހަމަ ޓީމެއްގެ އަތުން.މިވަގުތު ލީގްގެ 6 ވަނައިގަ އޮތްއިރު އިންޓަނޭޝަނަލް ބްރޭކަށްފަހު ކުޅެން ޖެހެނީ އެންމެ ވާދަވެރި ޓީމްކަމަށްވާ ޓޮޓެންހަމް އާއީ ދެކޮޅަށް.ޓޮޓެންހަމްގެ މިހާރުގެ ފޯމަށް ބަލާނަމަ އެއީ ވަރަށް ފުރިހަމަ ޓީމެއް.މިދިޔަ ސީޒަނުން ފެށިގެން 12 ގޯލް އާސެނަލް ކޮޅަށް ޕެނަލްޓީގެ ގޮތުގަ ވަދެފައިވޭ.އަދި އެންމެ ފަހުން ކުރިމަތިލާންޖެހުނު 13 ޕެނަލްޓީވެސް ޕީޓަރ ޗެކަށް މަތަނުކުރެވުން އެއީ ޓީމަށް ލިބުނު ދެރައެއް.އަދި ރަނގަޅުވާނެކަމަށް ފޭނުން އުއްމީދުކުރަނީ.ވ.ވެދުން
ހެންޑެލި
06 November 2017
އެކަމަކު މެންޗެސްޓާ ސިޓީ އަތުން ބަލިވީ ރެފްރީގެ ސަބަބުން ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފިއެއްނު
ކަޓޭ
06 November 2017
ބްރޭކިންގ ނިއުސް، "ބަސް މަތިން އަރާ މޮރާޓާ ގޯލް ޖަހައިފި"
ހެންޑެލި
06 November 2017
ކޮންޓޭ މޮޅުވާހަކަދަށްކާނެ ކަމެއްނެތް، މިމެޗަށް ނުކުތްއިރު ޗެލްސީގެ މުހިއްމު އެއްވެސް ކުޅުންތެރިއަކު އަނިޔާ އަދި ސަސްޕެންސަނުގެ ސަބަބުން ނުކުޅެވޭ ހާލަތުގައެއް ނެތް. ދެންވެސް ވަޒީފާގަނޑު ސލާމަތްވޭތޭ އުޅޭ އަދި ވަރަށްބައިވަރު މެޗު ބާކީ އެބައޮތް
ޗެލްސީ ފޭން
06 November 2017
ވިކްޓާ މޮސެސް ހުރީ އަނިޔާގަ! ރަނގަޅަށް އިނގިގެން ކޮމެންޓު ކޮށްބަލަ!
ހައްޤުބަސް
06 November 2017
ވިކްޓަރ މޮސެސް އަނިޔާގަ މޮރާޓާ ވެސް ކުޅުނީ އަނިޔާގަ ހުރެގެން.. ކާންޓޭ ވެސް އެއްކޮށް ރިކަވަރ ނުވެ ހުރެ އެކުޅެލި ކުޅުމެއް ދޯ؟ ފޮރިހިނިއޯ ހުރީ އަނގައިން ސޮނި ވެއްޓި ބޯ ހަލާކުވެފަ
ނޮބޮ
18 December 2017
ކަންކަނޮ އެނގިގެން ވާހަކަ ދައްކަބަލަ