ލަންޑަންގައި މިހާރު ކުރިޔަށްދާ ފެއާގައި ތައްޔާރުކޮށްފައިވާ ރާއްޖޭގެ ސްޓޭންޑް.
07 ނޮވެމްބަރ 2017 - 04:20
ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ، ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް)ގައި ޓޫރިޒަމް އިންޑަސްޓްރީގެ އެކި ފެންވަރުގެ 195 މީހުން ހިމެނޭ ވަފުދަކުން ރާއްޖެ ޕްރޮމޯޓްކުރަން ފަށައިފި އެވެ.
އިނގިރޭސި ވިލާތުގެ ލަންޑަންގެ އެކްސެލްގައި ބާއްވާ ފެއާގައި ހުންނަ ރާއްޖޭގެ ސްޓޯލް ރަސްމީކޮށް ހުޅުވައި ދެއްވީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ.
އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ކުރިޔަށް ގެންދާ ފެއާގައި ރާއްޖެ ޕްރޮމޯޓްކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރަން ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން އެވެ. އެ ކުންފުނިން ބުނީ މިފެއާގައި ރާއްޖޭގެ 70 ކުންފުންޏަކުން ބައިވެރިވި ކަމަށެވެ. އޭގެ ތެރޭގައި ރިސޯޓުތަކާއި ހޮޓާ، ގެސްޓް ހައުސް، ޓްރެވަލް އެޖެންސީތަކާއި އެއާލައިންތައް ވެސް ހިމެނެ އެވެ.
ލަންޑަންގައި މިހާރު ކުރިޔަށްދާ ޑަބްލިއުޓީއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަނިލް އާއި މަޓީގެ ވައިސް ޗެއާމަން ޗަމްޕާ އަފީފް އާއި ދިވެހި ސަފީރު ޝިފާން ބައިވެރިވެވަޑައިގަންނަވަނީ.
އެމްއެމްޕީއާރުސީން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާގައި ރާއްޖެ އިން ފުރަތަމަ ދުވަހު ކުރިޔަށް ގެންދިޔައީ ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމުގެ އިތުރުން ރާއްޖެއާ ބެހޭ ގޮތުން ބޭރުގެ އެކި ފަރާތްތަކަށް މައުލޫމާތު ދިނުން ކަމަށެވެ.
ފެއާއަށް ޒިޔާރަތް ކުރި ބޭރުގެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އަނިލް އާއި މަޓީގެ ވައިސް ޗެއާމަން އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފާއި އިނގިރޭސިވިލާތަށާއި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަހުމަދު ޝިނާން ވެސް ބައިވެރިވެވަޑަައިގެންނެވި އެވެ. އިނގިރޭސިވިލާތާއި އެހެން ގައުމުތަކުގެ 70 އަށް ވުރެ ގިނަ ނޫސްވެރިން އެ ބައްދަލުވުމުގައި ބައިވެރިވި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.
ލަންޑަންގައި ކުރިޔަށްދާ ޑަބްލިއުޓީއެމް ފެއާގައި އެޓާނީ ޖެނެރަލް އަނިލް ރާއްޖެއާ ބެހޭ މައުލޫމާތު ބޭރުގެ އެކި ފަރާތްތަކަށް ދެއްވަނީ.
ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާލަން ވަނީ 276 އަކަމީޓަރުގެ ސްޓޭންޑެއް ހަދައިފަ އެވެ. އަދި މި ސްޓޭންޑަށް ވަރަށް ގިނަ ފަރާތްތަކުން ޒިޔާރަތްކޮށް މައުލޫމާތު ހޯދަމުން އަންނަ ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
ދުނިޔޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއްތަނަކުން މައުލޫމާތު ދިނުމަށް ބާއްވާ 37 ވަނަ ފެއާގައި 5،000 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެ އެވެ.
އިނގިރޭސި ވިލާތަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ބޮޑު އެއް މާކެޓެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިނގިރޭސިވިލާތުން ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު ވަނީ 101،843 އަށް އަރައިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 9.8 ޕަސެންޓްގެ ކުރިއެރުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަލަޑޭ
08 November 2017
ތެދެއް ބޮޑުވަފުދެއް ދިޔައީ! ގޮސް ތިބެނީ އެއާޕޯޓްގަ ހުންނަ ކަހަލަ ކުދި ކައުންޓަރެއްގަ ކޮޅަށް ކަރުދާސް ބަހަން. ދެން އޮންނަކަމަކީ އެކަކު އަނެކަކަށް ދުފުމާއި ޖޫސް ބުއިން..ދެން ރޭގަނޑުދާނެތަނެއްގެ ވާހަކަ ދެއްކުން. އެވަރުން ރާއްޖެ ޕްރޮމޯޓް ކުރެވޭނެތީ ރިސޯޓްތައް އެހެރީ %40-30 އޮކިއުޕެންސީގަ..ރާއްޖެ ކަހަލަ ޓުއަރިޒަމަށް މަޝްހޫރު ގައުމަކުން ކަންތައް ކުރަން ޖެހޭގޮތަކަށް ނޫން އެދަނީކީ
ކުލިކުލިކާ
07 November 2017
ގިނަވާނީ ދައުލަތުން ހަރަދުކޮށްގެން ނާޗަރަންގީ ކުޅެން ދިޔަމީހުން
އުމަރު
07 November 2017
އެމްއެމްޕީއާރްސީ އަދިވެސް އުވާލަން ނުވޭތޯ؟ އެތަނަކީ މިހާރު ރިޝްވަތު ދިނުމާއި ވައްކަން ކުރުމާއި، ކޮރަޕްޝަންގެ ހާއްޔެއްގެ ގޮތުގައި ދުނިޔޭގެ މީޑިއާގައި މަޝްހޫރު ކުންފުންޏެއް، އަދި އެޓާނީ ޖަނަރަލް އަނިލްތޯ އެންމެ އެކަށީގެންވަނީ ރާއްޖެ ޕްރޮމޯޓްކުރަން ލަންޑަނަށްދާން، ކޮބައިތޯ ޓޫރިޒަމް މިނިސްޓަރު، އޭނާއަށް ވިސާ ނުލިބުނީތޯ؟
ކުޑަބޮއް
07 November 2017
އީޔޫ މީހުންނަށް ހެޓަކަށް ދީފަ އަނެއްކާ މިދަނީ އެމީހުން ކައިރިއަށް ނާށިގަނޑު ހިފައިގެން؟
ފޭކް5
07 November 2017
ފަރަންޖީން ކައިރިއަށް ދަނީ ކީއްކުރަންށޯ؟
މުހައްމަދު..
07 November 2017
ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް ޓޫރިޒަމް އެންޑް މާކެޓިން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ؟؟؟
މަރީ
07 November 2017
ޓުއަރިޒަމް ޕޮލިސީ އޮތީ އޮޅުން ބޮޅުން ކަމެއް ތެރޭގަ. މިނިސްޓްރީން އެއްވެސް މާސްޓަރ ޕްލޭނަކަށް ބެލުމެއް ނެތި ހަމަ އެކަނި ސިޔާސީ ޕޮލިސީތަކަށް ބަލައިގެން ދަނީ މުޅި ޓުއަރިޒަމް އިންޑަސްޓްރީ ގުރުބާން ކުރަމަުން. ދެން މިވަރުގެ ބަޔަކު އަދި އެހާ ބޮޑު ހަރަދު ކޮއްފަ ގޮސް ދެން ކޮން ޕްރޮމޯޝަނެއްގަ މިބައިވެރިވަނީ؟ ތިކަމުން އަސްލު މިހާރު ކުރާނެ ފައިދާއެއްނެތް. ފުރަތަމަވީ މިގައުމުގެ ދޯދިޔާ ސިޔާސަތުތައް ރައްޔިތުންގެ ފައިދާއާއި މަންފާއަށް ވިސްނައިގެން އިސްލާހުކުރަން، ނަމަކަށް އެހެން ކިޔައިގެން ޕޯޑިއަމްތަކުގަ ވާހަކަ ދެއްކިއަސް ނުވާނެ، ވާހަކައިން އަބަދަކު ނުހިފޭއްޓޭނެ. މިހާރު ފެންނަންވީ އިސްލާހު، އެހެން ނޫނިއްޔާ ދެނެއް ނުހޮވޭނެ!
ހަސަން
07 November 2017
ވަރަށް ސަޅި ... ރާއްޖޭގެ އެތެރޭގެ ދަތުރު ފަތުރު ވަރަށް އަވަހަށް އެބަޖެހޭ ރަނގަޅުކޮއް އަގުހެހޮކުރަން. ދަތުރު ފަތުރު ގެ އަގާއި ފަސޭހައިން އަވަހަށް ދެވޭނެ ގޮތެއް ނެތުން ވެގެން ދަނީ ގެސްޓްހައުސް ވިޔަފާރިއަށް ވަރަށް ބޮޑު ހުރަހަކަށް. މާފުއްޓަށް ގެސްޓުން ދަނީ އެރަށުގައި ގެސްޓްހައުސް ގިނަވެގެންނެެއް ނޫން. ގެސްޓުން ބޭނުންވަނީ އެކަހެރި މީޙުންމަދު ހިތްފަސޭހަ ގޮނޑުދޮއްތަށް. ރާއްޖެވަނީ މުޅިއަހަރު ހޭބޯ ނާރާ މަސަތްކަތްކުރާ ގެސްޓް މީޙާ އަށް ފަރުވާއަކަށް.
ާައަލިބެ
07 November 2017
އެމްޓީޑީސީ ގެ ވެރިން ވެސް ތިޔަކަހަލަ ދަތުރު ތައް ކޮށް އޭގެ ނަފާ އެމީހުންގެ ޖީބަށް ދުއްވާލަނީ
ޖިންނި
07 November 2017
ކީއްކުރަން ބޮޑުޚަރަދުކޮށްގެން ހުޅަނގުގެ ގައުމުތަކަށް ގޮސް މިއުޅެނީ ގައިމު މިގައުމުގައި މިގައުމުގެ މީހުން އެކަނި އުޅުނީމާ ފުދޭނެއެއްނުން އަމުދުން ކާފަރު ހުޅަނގުގެ ގައުުމުތަކަށް ދާކަށް ނުވާނެ