އދ. ގައި މަސައްކަތް ކުރައްވާ ދުނިޔޭގެ އަށް ސަފީރުންނަށް ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ދޭން ފެށި ބައްދަލުވުމުގައި، ރާއްޖޭން އަދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ނަސީރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
11 ނޮވެމްބަރ 2017 - 18:15
އދ.ގެ ސަލާމަތީ މަޖިލީހުން ރާއްޖެއަށް ފުރުސަތު ލިބުމަކީ އެކި ގައުމުތަކުން ބަލައިގަންނަ ކަމެއް ކަމަށް އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު، ޑރ. އަލީ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖޭން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދޭން ގައުމުތަކުގެ އެމްބެސަޑަރުންގެ ފެންވަރުގައި ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ ސަލާމަތީ ކައުންސިލަށް ރާއްޖެ ހޮވޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނިއު ޔޯކުގައި ތިބޭ އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލުކޮށް، އެ ގައުމުތަކުގެ ތާއީދު ލިބޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވި ކަން އޭނާ ފާހަގަކުރެއްވި އެެވެ.
ނަސީރު ވިދާޅުވީ މިހާތަނަށް ކުރެއްވި މަސައްކަތްތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އދ. ގައި ނިންމުންތައް ނިންމާއިރު އެކަންކަމުގައި ރާއްޖެއަށް ބައިވެރިވެވޭނީ ކިހިނެއްތޯ، އެ ވާހަކަތައް [ސަފީރުންނަށް] ކިޔައިދީފައި އެ ގައުމުތަކުގެ ތާއީދު ހޯދުމުގެ މަސައްކަތް މިކުރަނީ. އެ މަސައްކަތް މިހާތަނަށް މި ގެންދެވުނީ ފުދޭވަރެއްގެ ހިތްހަމަޖެހުމަކާ އެކު. ގައުމުތަކުން [އެކަން] ބަލައިގަނޭ،" ނަސީރު ވިދާޅުވި އެވެ.
"ރާއްޖެ އަކީ އދ.ގެ ޗާޓަރުގެ އުސޫލުތަކާއި ހަމަތަކާއި ޝުއޫރުތަކާ އެކީގައި އދ.ގެ މަސައްކަތްތައް ވަރަށް ހިތްވަރާ އެކީ ކުރާ ގައުމެއް."
އދ.ގެ ސަލާމަތީ ކައުންސިލްގެ ގޮނޑިއެއް 2019 ގައި ހޯދަން ރާއްޖޭން ކުރިމަތިލާތީ އެހެން ގައުމުތަކަށް މައުލޫމާތު ދޭން ބާއްވާ މި ބައްދަލުވުމުގައި އަށް ގައުމެއްގެ އެމްބެސެޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. ފޮރިން މިނިސްޓަރު އާސިމް ދާދި ފަހުން ވަނީ އެކި ގައުމުތަކަށް ވަޑައިގެން ވޯޓުގައި އެއްބާރުލުން ދޭން ވެސް އެދިވަޑައިގެންފަ އެވެ.
ނަސީރު ވިދާޅުވީ އދ.ގެ މެމްބަރު ގައުމެއްގެ ގޮތުން ރާއްޖެ ހޭދަކުރި 52 އަހަރުގެ ތެރޭގައި ދުނިޔޭގެ ސަމާލުކަމަށް މުހިއްމު މައްސަލަތަކެއް ގެނެސްފައި ކަމަށެވެ. އަދި އދ. އަށް ރާއްޖޭން ހުށަހަޅާ މައްސަލަތަކަށް ގައުމުތަކުގެ ތާއީދު ލިބިފައިވާތީ އެކަންކަން އެ ގައުމުތަކުން ބަލައިގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޯސަން
12 November 2017
އދ ގެ އެކި އިދާރާ ތަކުންރާއްޖެއާ ދެކޮޅު ބަޔާންތައް ނެރޭ އިރު ކީކޭ މި ކިޔަނީ..މަނީ ލޯންރިންގެ ދަލުގަ ޖެހި ބެދުނީމަ ވާނީ ތިހެން!
ހަބޭސްބބބބ
12 November 2017
ނިހާނު، ރިޔާޒު ރަޝީދުގެ ތާއީދު އޮތްނަމަ ތިކަމން ވާނެ ؟
އަކުޑަހަސަންލިބެ
12 November 2017
ދޮގުހަދައިގެން އޮޅުންތައް އޮޅުވައިލައިގެން ރައްޔިތުންގެ ސަޕޯޓް ހޯދަން ނޫޅުއްވާ. ރާއްޖޭގެ ޑިމޮކްރަސީގެ އަލިކަން ފަނޑުވަމުންދާ ދަޑިވަޅެއްގައި ތިޔަދައްކަނީ ހެއްވާ ވާހަކައެއް.
އަލީ ނާޒިމް
12 November 2017
ހަހަހަ...ދެން ހެއްވަން ނުހަދާ! އެވެރިން އެބައުޅޭ ދޯ ހޭބުރާންތި ވެގެން؟ ދިވެހިންނައް ނޭނގުނަސް، އެވެރިންނައް އެބަ އެގެޔޭ އަހަރުމެންގެ މުޅި ގައުމުން އަތްފުނާ އަޅައިގެން ހޮވާފަ ތިތިބަ މަޖްލިސް ގެ މެމްބަރުން ގެ ފެންވަރު. އަޙްލާގު ގެ. ތައުލީމީ. އިޙްލާސް ތެރިކަމުގެ، ތެދުވެރި ކަމުގެ ފެންވަރު. މަށައް ހަމަ ހިނި އަންނަނީ، އަހަރުމެންގެ މަޖްލިސް ބައެއް މެމްބަރުން ތިކަހަލަ ތަނެއްގަ ކިޔާފާ ނެ އެއްޗަކާ މެދު.....!!! ގައުމުގެ ނިސްބަތުން މަޖްލިސް އެއީ ދިވެހިންގެ އެވަރެޖް މީހުންތާ!
ހަބޭސް222
12 November 2017
ނަސީރޫޫ......! ތީހަމަ ތެދެއްތަ! ނަސީރު އަޅެ ލަދެއްވެސް ނުގަނޭތަ އެމީހުންކައިރިއަށް ވޯޓު ހޯދަންދާން..! މިހާ ކުރިއަރާފަ އޮތް ޤައުމެއް ބޭނުމެއްނުވާނެ އެމީހުންކައިރިއަށް ވޯޓު ހޯދަން ދާކަށް......!
ބުހުތާނު
11 November 2017
ކަލޯ ހަމަ ވާހަކަ ދައްކަ ބަލަ، ތިޔަ އިނގެނީ ކުފޫ ހަމަނުވާކަން ކަލޯމެން
ޖޯޖު
11 November 2017
ބަލަ ވީޓޯޕަވަރުވެސް ދީފާނޭކިޔާގެން ވައިވެއްދޭތޯ ބަލާ. އަދިވެސް ތިވިސްނަނީ ފަސްކުޅަދު މަދުކަމަށްތަ
ރާބޮޑޭ
11 November 2017
އަޗާ ވައިސަރީ ވާ ! އެޔޮތީ ގޮޑިލިބިފަ ! ދެންބާރަށް އަތްޖަހާ !
ހުމަމް
11 November 2017
އަލިނީއަށް ތިކަންވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު. ވަރަށްހީނުވޭ ތިކަން ވެދާނެހެން.. ހައްހައް
ހިސްޓޯ
11 November 2017
ނަސީރޫ.. ނާހަމަ ތެދެއް؟