ޖަޕާންގެ ސެޓާޗީން ރާއްޖޭގައި ބޭނުން ކުރަން ނިންމާފައިވާ ކޯޑިއެކް 100 މަރުކާގެ ސީޕްލޭނެއް.
11 ނޮވެމްބަރ 2017 - 19:44
ރާއްޖޭގެ ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ޖަޕާނުގެ މަތިންދާބޯޓު އުފައްދާ ސެޓާޗީ ހޯލްޑިންގްއާ ގުޅިގެން ރާއްޖޭގައި ސީޕްލޭން ހިދުމަތް ދޭން އާ ކުންފުންޏެއް ހަދަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެފި އެވެ.
މޯލްޑިވިއަން ހިންގަމުން އަންނަ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް "މިހާރު" އަށް ވިދާޅުވީ އެ މަޝްވަރާތައް ފެށީ ސެޓާޗީ ހޯލްޑިންގް އިން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވެގެން ކަމަށެވެ.
"އަދި ޑިސައިޑެއް ނުކުރަން މޯލްޑިވިއަން އިން މިހާރު ހިންގާ ސީޕްލޭނާ ވަކިން ކަމެއް [ނުވަތަ އެއްކޮށްލައިގެން ކަމެއް] ކުރިއަށް ދާނީ. މިއީ ޖަޕާނުގެ ވަރަށް ވަރުގަދަ ކުންފުންޏެއް،" ހާރިސް ވިދާޅުވި އެވެ.
"އެ ބޭފުޅުން ބޭނުންވަނީ ރާއްޖޭގައި އިންވެސްޓް ކުރަން. އެހެންވެ އަޅުގަނޑުމެން މަޝްވަރާތައް އެބަ ކުރިއަށް ގެންދަން."
އޭނާ ވިދާޅުވީ ސެޓާޗީއާ އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ މައުލޫމާތު ވަރަށް އަވަހަށް މީޑިއާއާ ހިއްސާކުރައްވާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގެ ނަތީޖާ ވެސް ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ވިދާޅުވި އެވެ.
މޯލްޑިވިއަން އިން މިހާރު ވެސް ނުވަ ސީޕްލޭން ދުއްވާ .-- ފޮޓޯ: މިހާރު
ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ސެޓާޗީ ހޯލްޑިންގް އާއި މޯލްޑިވިއަންއާ ދެމެދު ޖޮއިންޓް ވެންޗާ އެގްރިމެންޓެއްގައި ސޮއިކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި އެގްރިމެންޓްގެ ދަށުން ސްކައި އެޓޯލް ޕްރައިވެޓް ލިމިިޓެޑުގެ ނަމުގައި ރާއްޖޭގައި އާ ކުންފުންޏެއް އުފައްދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސްކައި އެޓޯލްގެ ވިޔަފާރި ފަށައިގަތުމަށް ކޯޑިއެކް 100އެސް މަރުކާގެ ހަތަރު ސީޕްލޭން އަށް އޯޑަރު ދީފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުގައިވެ އެވެ.
ސެޓާޗީ ހޯލްޑިންގްސްގެ ދަށުން ހިންގަމުން އަންނަ ކުއެސްޓް އެއާކްރާފްޓް ކޮންޕެނީގެ ސީއީއޯ ރޮބް ވެލްސްއާ ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވަނީ، ކޯޑިއެކް 100އެސް މަރުކާގެ ސީޕްލޭން ރާއްޖޭގައި ބޭނުންކުރަން ނިންމީ ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށެވެ. އެއީ ރާއްޖޭގަައި ބޭނުންކުރަން އެންމެ އެކަށީގެންވާ ސީޕްލޭން ކަން އިވެލުއޭޝަންތަކުން ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޯޑިއެކް އަކީ ކުއެސްޓް އެއާކްރާފްޓް ކޮންޕެނީން އުފައްދަމުން އަންނަ ސީޕްލޭން މަރުކާގެ ބޯޓެކެވެ. ލަގްޒަރީ މި ސީޕްލޭންގައި އޮންނަނީ 10 މީހުންގެ ޖާގަ އެވެ.
މޯލްޑިވިއަނުން ސީޕްލޭންގެ ގޮތުގައި މިހާރު ބެނުން ކުރަމުން އަންނަނީ ޓްވިން އޮޓާ ބްރޭންޑުގެ ޑީއެޗްސީ6 ސީރީޒްގެ ބޯތުތަކެވެ. އެ ކުންފުނިން މިހާރު ވެސް 15 މީހުންގެ ޖާގައިގެ ނުވަ ސީޕްލޭން ބޭނުންކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސެން
12 November 2017
ބޯޓަށް އޯޑަރު ދިނީމަ ތިއޮތީ މަޝްވަރާކޮށް ނިމިފަ
އަލީ ނާޒިމް
12 November 2017
ޔާރައްބީ! ޖަޕާން މީހުންނަކީ ތެދުވެރި އަދި އިހްލާސް ތެރި ކަމުގެ ނަމޫނާއެއް. ދިވެހިންނަނީ އޭގެ އިދިކޮޅު. ހަދާ ދެރައެކޭ ތި ޖަޕާނު މީހުންނައް ތިދެނީ. އެވެރިންގެ ދުވަސް ދުއްވާލަނީ، ކީއްވެ! އެވެރިން ކީއް ކުރީތަ ތިހާ ބޮޑު ގެއްލުމެއް ދޭން ތިރާވަނީ؟ ޖަޕާން މީހުން މި ވަބާއިން މާބޮޑު ގެއްލުމެއް ނުވެ ސަލާމަތް ވާނެ ކަމައް ދުއާ ކުރަން.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
12 November 2017
ދެވަނަ ނަސަންދުރަ ޕެލަސް ނުވަތަ އެއްކަލަ ސައިފަތް ދަނޑު ފަދަ ޑީލަކާ ވައްތަރު. އިންޑިޔާ ޖަޕާން ގުޅިގެން ސީޕްލޭން ފްލީޓް ވަރުގަދަ ކުރާތާ ދުވަސް ކޮޅެއްވެއްޖެ. މިއީ ބަރިޖް ޕްރޮޖެކްޓް އަށް ލޮޅުން އަރާފަދަ ކަމަކަށް ވުން އެކަށީގެންވޭ.
އަހުމަދުބެ
11 November 2017
ކަޓަށް ނުބަލާ ގައުމަށް ފައިދާހުރި ގޮތަކަށް ނިންމުމަށް އެދެމެވެ.
ކޯޑިއެކް100އެސް
11 November 2017
ތީ ބޯޓު ވިއްކާ ކުންފުންޏަށް ކޮށްދޭ ކަމެއް. މޯލްޑިވިއަން އިން ފަހަތައް އަޅާފިޔަވަޅަކާ ވައްތަރީ. 15 މީހުންގެ ޖާގައިގެ ބޯޓުން ތާކަށް ދާން ޖެހުނަސް ޖާގައެއް ހޯދަން އެހާ އުދަގޫ. ދެން ނުވިތާކަށް ޑޭޝް8 ގެ ބަދަލުގަ ޑޯނިއަރ228 ގެނައުން ކަހަލަ ކަމެއްތީ. ވާގޮތް ބަލަމާ ދޯ.
ޖަޕާނުގެ
11 November 2017
ހޮންޑާ ކުންފުންޏާ ގުޅިގެން ބޮޑު އެއަރ ކްރާފްޓް ފްލީޓެއް ގެނެސް ބަލަ އެމީހުން ވެސް މިހާރު އެއަރކްރާފްޓް އުފައްދަޔޭ
އަލީ.
11 November 2017
މަރުހަބާ ތީވަރައް އުފާވެރި ހަބަރެއް
މެންޓަލިސްޓް
11 November 2017
އަނެއްހެން ތިޔައީ މުޅި ޓްއަރިޒަމް އިންޑަސްޓްރީއަށް ބަލާއިރު ހެލްދީކަމެއްކަމުގައި ދަންނަވަންއެބަޖެހޭ ،،،، އެއީ މިހާރު ޓީއެމްއާއި އެއަރޓެކްސީ އެކުވެގެން ހިނގާއޮޕަރޭޝަންއަކީ މޮނޮއްޕޮލީއެއް ،،،، އެމީހުންގެ ޕްރައިޒްރޭންޖްގައި ޖެހެނީ ކޮންމެގޮތެއްވިޔަސް ދަތުރުކުރަން ،،، އަސްލުގައި ބައެއްސެކްޓަރތަށް ވަރަށް އަގުބޮޑޭދެންނެވޭނީ ،،، އެކަމާއި ހެދި އޮކިއުޕަންސީ މެއިންޓެއިންކުރަން މާރކެޓްކުރަން އުނދަގޫތަކެށް އެންމެނާވެސް ދިވާޥޭ ،،،، މޯލްޑިވިއަންއިން އެސްކޭލްގެ އޮޕަރޭޝަންއެއް ފެށީމައި ވާދަވެރިކަމުގައި އަގުތަށް ހެތޮވެގެންދާނެ ކަމީ ޝައްކެއްއޮތްކަމެއްނޫން ،،، މިސާލަކަށް ދިރާގުން މިނެޓަކަށް 3 ރުފިޔާނަގަނަގާ ހުއްޓާ ވަތަނިއްޔާ ކިޔާބަޔަކު އައީމައި އަގުތަށް ތިރިވެގެން ދިއައުސޫލުން ތިޔަކަންވެސް ހިނގާނެ ،،،،، ވަރަށްވެދުން
ޢަލީ100އެސް
11 November 2017
މިހާރުވެސް މޯލްޑިވިއަން އިން ސީ ޕްލޭން ގެ ހިދުމަތް ދެޔޭ. ކީއްވެ އަގު ހެޔޮނުވެގެން އުޅެނީ. އަމިއްލަ ފައިދާ އާއި އެއްވަރަށް ރައްޔިތު މީހާ އަށް ނުވިސްނާތީ. ސަރުކާރު ވިޔަސް. ނޫނީ އެހެން ބަޔަކަށްވިޔަސް