މޯލްޑިވިއަން އެއާލައުނުން އއ. ތޮއްޑޫ އަށް ސީޕްލޭންގެ ދަތުރުތައް ފަށަން ނިންމައިފި އެވެ.

ޓޫރިސްޓުންގެ މެދުގައި މަގުބޫލު ތޮއްޑު އަށް ސީޕްލޭން ދަތުރުތައް ފަށަން ނިންމީ އަންނަ މަހުގެ 12 އިން ފެށިގެންނެވެ. 

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މިއަދު ބުނީ، އެ ސަރަހައްދަށް އޮތް ޑިމާންޑު މިހާރު އިތުރު ކަމަށެވެ. ސީޕްލޭންގެ ދަތުރުތަކާ އެކު، ރަށްރަށަށް ދާ ޓޫރިސްޓުންނަށް މިހާރަށް ވުރެ ފަސޭހައިން ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީޕްލޭންގެ ދަތުރުތައް ތޮއްޑު އަށް ބާއްވަން ނިންމާފއި ވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު އެވެ.

ކޮންމެ ދަތުރެއްގެ އަގަކީ 799ރ. އެވެ.

މޯލްޑިވިއަން އިން ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބ. ކަމަދު އަށް ވެސް ދަތުރުތައް ފަށައިފަ އެވެ. 

ލޯކަލް ޓޫރިޒަމް އޮތް ބައެއް އެހެން ރަށްރަށަށް ވެސް ސީޕްލޭން ދަތުރުތައް ފަށާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އިއުލާން ކުރައްވައިފައިވެ އެވެ. ތޮއްޑޫގެ އިތުރުން އއ. އުކުޅަަހާއި ނ. ވެލިދު އަށް ދަތުރުތައް ފެށުމަށް ޕްލޭން ކޮށްފައި ވެ އެވެ.