ޑރ. މުހައްމަދު މުއިއްޒު މިއަދު އއ. މަތިވެރިއަށް ސީޕްލޭންގައި ވަޑައިގަންނަވަނީ --- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 އޯގަސްޓް 2025 - 17:09
އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭން ހިދުމަތް ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އއ. އަތޮޅަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި ތޮއްޑުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބޭ ޓޫރިޒަމް ދާއިރާ އާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އެންމެ ކުރީ ސަފުގައި ދެހާހެއްހާ މީހުން ދިރިއުޅޭ ތޮއްޑޫ ފާހަގަކުރެވޭ ކަމަށެވެ.
އެ ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށް ސަރުކާރުން ކޮށްދޭ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސީޕްލޭން ބޭސްއެއް ތޮއްޑޫގައި ގާއިމު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު މިއަދު ތޮއްޑު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.
ރައީސް ވިދާޅުވިގޮތުގައި، އޭގެ ސަބަބުން ވިއްސާރަ ދުވަސްތަކުގައި ދަތުރު ކުރުމަށް ދިމާވާ ދަތިތަކަށް ހައްލު ލިބި، ޓޫރިސްޓުންނަށް ދަތުރުފަތުރުގެ ނިޒާމު ވެސް އިތުރަށް ހަރުދަނާ ކުރެވޭވާނެ އެވެ.
ރައްޔިތުން އެދޭ ގޮތަށް ކުރާ މަސައްކަތުން ނުކުންނަ ނަތީޖާ ރަނގަޅު ވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ ސަރުކާރުން އަބަދުވެސް ރައްޔިތުންނާ ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.
އަދި އެ މަނިކުފާނު ވަނީ އެއްވެސް ރައްޔިތެއްގެ ކަންބޮޑުވުމެއް އޮތް ނަމަ އެކަން ހުށަހެޅުމަށް ވެސް އެދިވަޑައިގެންފަ އެވެ.
އައިލެންޑް އޭވިއޭޝަނުން ކުރިން ބުނެފައި ވަނީ ތޮއްޑުއަށް ސީޕްލޭން ފެށުމުގެ އެންމެ ބޮޑު ބޭނުމަކަށް ވަނީ ރިސޯޓްތަކަށް އެކަނި ހިދުމަތް ދިނުމުގެ ބަދަލުގައި، ގެސްޓް ހައުސް ވިޔަފާރިތަކާއި އާއްމު ރައްޔިތުންނަށް ވެސް ހިދުމަތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
1828
21 August 2025
އެތައް މިލިއަން ޑޮލަރެއް ޚަރަދުކޮށްފައި އެއަރޕޯޓް އެޅުމުގެ ބޭނުމެއްނެތް. ސީޕްލޭންގެ ޚިދުމަތް ރަށްތަކަށް ފުޅާކުރާމައި ނިމުނީ.
ބަކުރިއްޔާ
21 August 2025
ޝުކުރިއްޔާ ރ.ސޯލިހް، ރައްޔިތުންގެ ޖީބަށް ޑޯލަރު ވައްދަދޭން ތިޔަ އަޅުއްވާ ފިޔަވަޅުތަކަށް
ކަރާފެޅޭ
21 August 2025
ސީޕްލޭން
ހަވާ އާ ކުލަބޮކިން އެކަނި ފާސްވީ
20 August 2025
ރިޔާސީ އިންތިޚާބްގަ އެވަރަށް ފޮނިކަނޑައިފަ ރައްޔިތުން ކަައިރިއަށް އެއްވެސް ކަމެއް ނުކުރެވި، އަންނަން ކެރޭތީ. އަންތަރީސް ވަން.
2025
20 August 2025
ތޮއްޑޫކުދުން ކަރާކައިކައި ހައުދަ ރިވެތިއޭ..... ބޮއިހަލަކި