ޖާބިރު: އޭނާގެ ޕާސްޕޯޓް ކެންސަލްކުރި މަައްސަލަ ކޯޓުން ބޭރުކޮށްލީ ބަދަލުގައި މީހަކު ހާޒިރުނުވުމުން
16 ނޮވެމްބަރ 2017 - 13:02
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރި މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލުމުން އެ މައްސަލަ އޭނާގެ ފަރާތުން އަނެއްކާވެސް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ޖޫން މަހު ޖާބިރު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އިމިގްރޭޝަނުން ޕާސްޕޯޓް ކެންސަލްކުރި މައްސަލާގައި އިމިގްރޭޝަނަކާ ދެކޮޅަށް ޖާބިރުގެ ފަރާތުން ކުރި ދައުވާ މިދިޔަ ހަފުތާގައި ކޯޓުން ބޭރުކޮށްލީ ޖާބިރުގެ ބަދަލުގައި އެއްވެސް މީހަކު ކޯޓަށް ހާޒިރު ނުވުމުންނެވެ.
އެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން ޖާބިރުގެ ފަރާތުން އަނެއްކާވެސް ހުށަހެޅުމުން ކޯޓުން ބަލައިގެންފައިވާ ކަމަށް ޖާބިރުގެ ވަކީލުން ބުންޏެވެ.
ވަކީލުން ބުނި ގޮތުގައި ކުރީގެ އަޑުއެހުމަށް ހާޒިރު ނުވެވުނީ އިދާރީ އޮޅުމަކުންނެވެ.
ޖާބިރުގެ ޕާސްޕޯޓް ކެންސަލްކުރީ އޭނާގެ ޕާސްޕޯޓް ކެންސަލް ކޮށްދޭން ފުލުހުން އިމިގްރޭޝަންގައި އެދިފައި ވަނިކޮށެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އެގޮތަށް އިމިގްރޭޝަންގައި އެދުނީ ޖާބިރާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަން ފުލުހުން ހާމައެއްނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަައަލިހަވާ
16 November 2017
މިއީ ހާދަހާވާ ހެއްވާ ވާހަކައެކެވެ. އެއްކޮޅުން ފުލުހުން އެބުނީ އަނާށޭ. އަނެއްކޮޅހުން މި އެދެނީ ޕާސްޕޯޓު ކެންސަލް ކޮށްދޭށޭ. ޕާސްޕޯޓު ކެންސަލް ކުރީމަ ކިހިނެތް ދަތުރު ކުރަނީ؟؟؟